މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ރޯނޭހެން ނޫޅެއްޗޭ! |
|
|
| ދިވެހި - ވަޒަންބަހުރުވަ | |||
| 07 މާރޗް 2010، 11:13 އާދީއްތަ | |||
|
އާޅެން މުޙަންމަދު ޝާހިދު ޙަލީމް "ދުނިޔެއީ ވާ ތަނެކޭ" ރުއިމާ ހުނުމާ ގެތިފައި،އުނިކަމޭ މީ މި ކިޔާ ދުނިޔޭގައި ހުރި ފެވިފައި، އުނިކަމެއް ނާދޭ މޮޅު ދެރަޔަށް ވީމާ ބެހިފައި، "ދުނިޔެއީ ވާ ތަނެކޭ"، ރުއިމާ ހުނުމާ، ރުއިމާ ހުނުމާ، ރުއިމާ ހުނުމާ. ދުނިޔެއުޅުމަށް ލިބުނަސް ޖާހާ ބޮޑު ޢިއްޒަތުގައި، ފުނިޖަހައިފައި މުދަލާ ފައިސާ ހުއްޓަސް އަތުގައި، ތުނި ލަޠީފީ އަތްތައް ފިރުމައި ހެދިޔަސް ހިތުގައި، މުނިއަވަސް މިތުރުން ފިލުވައިދިނަކަސް އެއް ގޮތުގައި، މުނިދަރީންނަށް ދަންދެން އެކު އުޅުނަސް އެއް ވަތުގައި، "ދުނިޔެއީ ވާ ތަނެކޭ"، ރުއިމާ ހުނުމާ، ރުއިމާ ހުނުމާ، ރުއިމާ ހުނުމާ. އެކަމަކު؛ ދުނިޔޭގައި ރޮވުނަސް ހެޔޮ! ރޮއިރޮއި ގިސްލެވުނަސް ހެޔޮ! ގިސްލައިލައި ހިނދުނަސް ހެޔޮ! ނަމަނަމަ، ދުނިޔެއިން ދިއުމަށް ފަހު ރޯނޭހެން ނޫޅެއްޗޭ! ބުނި ބަހޭ ޝާހިދު، "ގޯހެކެ މަކޮޔާ ނުހިތައްޗޭ!" (ނިމުނީ)
|
| ހަމަ މި ގަލަމުން |
|---|