ފަންވަތް ދިވެހި ޅެންބަހުރުވަ ފޮނިފޮނި، ހިތިހިތި އިންތިޒާރު
ބެލި ޢަދަދު: 1898
ފޮނިފޮނި، ހިތިހިތި އިންތިޒާރު ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 2
ދެރަވަރަށްމޮޅު 
ދިވެހި - ވަޒަންބަހުރުވަ
04 އެޕރީލް 2010، 20:15 އާދީއްތަ

އާޅެން


މުޙަންމަދު ޝާހިދު ޙަލީމް

އިންތިޒާރަކީ،

ފޮނިފޮނި އެއީ ލައްޒަތެއް ލިބޭ ފިނިފިނި

ފިނިފިނި އެހައި ރާޙަތެއް ނުވާ ގިނިގިނި

ގިނިގިނި ނިވޭ ޙާލަތެއް ވެގެން ކަނިކަނި

ކަނިކަނި ނުވާ މާމުޔެއް އެއީ ފޮނިފޮނި



އިންތިޒާރަކީ،

ހިތިހިތި އެއީ ހިނދުތަކެއް ހިނގާ ދަތިދަތި

ދަތިދަތި އެހައި ރޭގަނޑެއް ދުވާ ނެތިނެތި

ނެތިނެތި ނަޖާ މާކަނޑެއް ފުނަށް ފެތިފެތި

ފެތިފެތި ކަނޑަށް ކޯވަރެއް ބޮވޭ ހިތިހިތި

(ނިމުނީ)
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (3)Add Comment
...
ލިޔުނީ އިޒްއިލާން, 2010-04-06 14:57:35
ހިތިހިތި ހިތި ކޯވަރެއް ކަރުތެރޭ ފިތިފިތި
ފިތިފިތި ފޮދުވަރެއް ކަރުތެރޭ ދަތިދަތި
ދަތިދަތި ހިންދިރުވުމެއް އަރުތެރޭ ކަތިކަތި
ކަތިކަތި އަސަރެއް އަރުތެރޭ ..........
...
ލިޔުނީ ޝާޢިރެއް, 2010-04-08 11:47:48
ފަރިފަރި ހިނގުމުން ވެޔޭ ހިތްމި ކަތިކަތި
ކަތިކަތި ނަޒަރުންވެޔޭ މިހިތް ދަތިދަތި
ދަތިދަތި އުޅުންވެޔޭ ހިތް އިރުއިރަށް ކެކިކެކި
ކެކިކެކި ދެޔޭ މިހިތްފެނި ޗާލު ހަށި ތިޔަ ފަރިފަރި
...
ލިޔުނީ ޝާޢިރު, 2010-04-09 00:45:10
މި ޅެމަކީ އައު ޅެން ތަކުގެ ތެރެއިން މިހާތަނަށް ކިޔުނު ވަރަށް ތަފާތު ޅެމެކެވެ. ތަފާތު އުސްލޫބަކުން ބުގިސް ކުރެވިފައިވާ ޅެމެއްކަން ފާހަގަ ކޮށްލަމެވެ.

ހަމަ އެހެންމެ އަޅުގަނޑު ކުރިންކޮށްފައިވާ ކޮމެންޓްގައި ނަން ލިޔެފައި އިންނާނީ މި ކޮމެންޓްގައި ލިޔެފައި އިންގޮތަށް "ޝާޢިރު" މިހެންނެވެ. ކޮމެންޓް ޕޯސްޓް ކުރެއްވުމުގެތެރޭގައި އެމައްސަލަ ޖެހުނީކަމަށް ލަފާ ކުރެވެއެވެ. ވުމާއެކު މަޢުލޫމާތަށްޓަކައި ދަންނަވާލީއެވެ.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1898
extra avandia and congestive heart failure