ފަންވަތް ދިވެހި ޅެންބަހުރުވަ ލާމެހިފައިވާ ފިޠުރަތު
ބެލި ޢަދަދު: 1316
ލާމެހިފައިވާ ފިޠުރަތު ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 3
ދެރަވަރަށްމޮޅު 
ދިވެހި - ވަޒަންބަހުރުވަ
08 އެޕރީލް 2010، 01:58 ބުރާސްފަތި

އާދަމް ޢަބްދުއްރަޙްމާނު (އުތީމު)

އަރާފައި އިރު ނުއޮއްސެއްޏާ ކޮބައި ރޭގަނޑުގެ ފުރުޞަތަކީ؟
    މަރާފައި ލޯ ނުހުޅުވެންޏާ ކޮބައި މަންޒަރުގެ  ޢިބްރަތަކީ؟

ޖެހޭ ގަދަ ބާރު ވައިގެތެރޭ މުލުން ރުއްގަސް ބިމުން ލުހުނަސް،
    ވެހޭ ވާރޭ  ނުހުއްޓެންޏާ ކޮބައި  މި ތަނުގެ  ޠަބީޢަތަކީ؟

ނުވާ ޝައްކެއް މަގުން ކަނޑުގައި، ދަމާ ގަދަބާރު އޮއި  ދެމެމުން
    ނުވާނަމައީ ބަދަލު  ދިޔަވަރު  ކޮބައިބާ  އޮއިގެ   ޙިކްމަތަކީ؟

ދިފާޢު ވިޔަސް ބަލިން ޖެހިދާ  ތަފާތު ދެ ގޮތް ނު ފެންނަންޏާ،
    ޝިފާގައި ހުރި އުފައުވެރިކަން ކޮބައި   އެނގިދާނެ ލަމްޙަތަކީ؟

މިތާ ވޭނާ އުފާ ހިމެނޭ، ޙަޔާތުގެ  ދަންފަޅީގެ  ތެރޭން
    ހިތާމަ ވަޒަން   ނުކުރެވެންޏާ   ކޮބައި  އުފަލެއްގެ ރާޙަތަކީ؟

ބަލާޔާ، އާފަތާ ހިމެނޭ    ޙަޔާތެއްގައި   ނުއުޅެވެންޏާ،
    ސަލާމަތްކަން ވަޒަން ކުރުމަށް ކޮބައި    ބެލިދާނެ ނިސްބަތަކީ؟

އުރާ، ކާންދީ، ބަލައި ބޮޑުކޮށް  ފުރާ ފުރިހަމަ ވުމުން ދަރިޔާ،
    އުރައިގެން މަންމަ ނުހިނގަންޏާ    ކޮބައި ޢުމުރުގެ ޙަޤީޤަތަކީ؟

މަލުން އޮށަކަށް، އޮށުން ގަހަކަށް، ގަހުން އުފެދޭ ފަހުން މަލަކަށް
    އަލުން ފުރުޞަތު    ނެތީވިއްޔާ    ކޮބައިހޭ އޭގެ ފިޠުރަތަކީ؟ 

(ނިމުނީ)
 

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)Add Comment
...
ލިޔުނީ ސޮފީ, 2010-04-08 09:32:31
ވަރަށް ރީތި ޅެމެއް. މިކަހަލަ ރީތި ޅެންތައް ފެންނަލެއް ވަރަށް މަދު . އިތުރު ޅެމަކަށް އިންތިޒާރު ކުރަން.
...
ލިޔުނީ mashallah, 2010-04-08 11:22:32
marehnu mee.
v salhi

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1316
extra avandia and congestive heart failure