މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ބައްދަލުވި ހިނދު! |
|
|
| ދިވެހި - ވަޒަންބަހުރުވަ | |||
| 15 އެޕރީލް 2010، 18:04 ބުރާސްފަތި | |||
|
ނައިފަރު ޢަބްދުއްރައްޒާޤު މުޙަންމަދު (1983) ބައްދަލުވި ހިނދު ހިތަށް އެރި ލޯބީގެ ހާސް ސުވާލްހައްދައިފި ރާޅު އޮއިވަރު ކޯރުގެ މި ފުން ޚިޔާލް އޮފުދާރު ކަޅު ވިލާގަނޑު ލަދުރަކިވެ ފެތުރިފައި އުފުލާލި ނޫރު ކަނދުރާފުޅަކީ، މަގޭ ސުވާލް އަނދިރީގެ ސާލު ކަޅުފޮއި ވީދާ އުކައިލުމަށް، އަދި ވެސް އެތައް ޙިޖާބެއް ކުރިމަތި ކުރޭ އެ ޙާލް ކަޅިރަވަ އެ ތޫނުފިލި ޖެހި ދެ ފަރާތްވި އިއްތިފާޤު މުޅި ޢުމުރަށޭ ބުނާ ފަދަ ބެލުމެއްމެ ބޭ މިސާލް އުދަވެއްޖެ އެންމެ ފުރިހަމަ ހަނދު ޗާލު އުދަރެހުން ޤުދުރަތް އެ ނޫރު ލެއްވެވި އިރަކީ މަގޭ ސުވާލް މުޅި ކާއިނާތު ޢާލަމް ކުރަނީ އެއިން ޖަރީ ގުޅިފައިވި ބާރަކުންނެ މުޤައްދަސްވި މާތް ޖަލާލް ހަނދު ނަލަކުރީ އިރުގެ ޢިޝްޤުން ނޫރު ޤުދުރަތީ ހަނދުވަރުގެ ބޭނުމެއް ނެތެ އިރު އަލިކަމުގެ ދުވާލް ވީިއިރު މި ޢިޝްޤު- ޢިޝްޤުގެ މަސްތުން އުތުރިއަރާ މީ އިންތިޒާރު ލިބިދޭ ލޯބީގެ ހިތްހަލާލް ވަޢުދެއް، އަމާނަތެއް، ޝަރަފެއް، ވަކި ކިޔާކަށެއް އަޙުދެއް ވުމެއްނެތޭ މަޒުހަބު ސާފު ފަދައެ ލާލް ގޯހީ ކިޔެއްވެތޯއޭ ފިތުރަތުގެ ލޯބިވުން، ލޯބީގެ ކަރުގަނޑަށް އައި ޝަބްނަމް ކުރޭ ސުވާލް އޮޅިފައިވި އޮޅުމަކީ މޮޅިވެރި ތޮޅިލުމޭ ބުނޭ، ކޮޅިގަނޑުގެ ވައި އެއީ އެ! ޙަޔާތުގެ މި މުޅި ސުވާލް (ނިމުނީ)
|
| ހަމަ މި ގަލަމުން |
|---|