ފަންވަތް ދިވެހި ޅެންބަހުރުވަ ދަންނާށެވެ!
ބެލި ޢަދަދު: 1070
ދަންނާށެވެ! ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 4
ދެރަވަރަށްމޮޅު 
ދިވެހި - ވަޒަންބަހުރުވަ
29 ޖޫން 2010، 20:31 އަންގާރަ

ޢާއިޝަތު ނީޒާ

އޭ އިންސާނާ އެވެ!
 ތިބާއަކީ ތެދުވެރިކަމަށް ލޯބިކުރާ މީހެއް ހެއްޔެވެ؟
 ތިބާގެ ތިޔަ ދަޢުވާއަކީ ތެދުކަމަށް ވާނަމަ، ތިބާ ދޮގުބަހުން މުޢާމަލާތު ނުކުރާށެވެ.
  ދޮގުވާހަކަތަކަކީ ތިބާގެ ކަންފަތުގެ މިޔުޒިކު ކަމުގައި ނަހަދާށެވެ.

އޭ އިންސާނާ އެވެ!
 ތިބާއަކީ އިންސާފަށް ލޯބިކުރާ މީހެއް ހެއްޔެވެ؟
 ތިބާގެ ތިޔަ ދަޢުވާއަކީ ތެދުކަމަށް ވާނަމަ، ތިބާ، ތިބާގެ އުޚްތުންގެ މެދުގައި ފަރަޤު ނުކުރާށެވެ.
 އިންސާފު ގާއިމުކުރުމުގައި، ޖެހިލުން ނުވާށެވެ.

އޭ އިންސާނާ އެވެ!
 ތިބާއަކީ އަމާނާތްތެރިކަމަށް ލޯބިކުރާ މީހެއް ހެއްޔެވެ؟
 ތިބާގެ ތިޔަ ދަޢުވާއަކީ ތެދުކަމަށް ވާނަމަ، ތިބާގެ މަސްއޫލިއްޔަތުގެ ޒިންމާ ހަރުދަނާ ކުރާށެވެ.
 ތިބާގެ ޙިމާޔަތުގެ ދަށުގައިވާ މީހުންނާއި އެމީހުންގެ މައްޗަށް ތިބާ ކޮށްފައިވާ ވަޢުދުތަކަށް ޙުރުމަތްތެރިކޮށް ހިތާށެވެ.

އޭ އިންސާނާ އެވެ!
 ތިބާއަކީ ޤަދަރުވެރިކަމަށް ލޯބިކުރާ މީހެއް ހެއްޔެވެ؟
 ތިބާގެ ތިޔަ ދަޢުވާއަކީ ތެދުކަމަށް ވާނަމަ، ތިބާ، ތިބާގެ އަޚާ ނިކަމެތިކޮށް ނުލާށެވެ.
 ކިބުރުވެރިކަމާއި ބޮޑާކަމުގެ ކަސްތޮޅުތަކުން ތިބާގެ ނަފުސު ޙިމާޔަތް ކުރާށެވެ.

އޭ އިންސާނާ އެވެ!
 ތިބާއަކީ އޯގާވެރިކަމަށް ލޯބިކުރާ މީހެއް ހެއްޔެވެ؟
 ތިބާގެ ތިޔަ ދަޢުވާއަކީ ތެދުކަމަށް ވާނަމަ، ތޫނު ހަތިޔާރުތަކެއްފަދަ ބަސްތަކުން ތިބާގެ އަޚާއާ މުޚާތަބު ނުކުރާށެވެ.
 ތިބާގެ ޢަމަލުތަކުން އަނެކާ ނިކަމެތިކޮށް ނަހަދާށެވެ.

އޭ އިންސާނާ އެވެ!
 ތިބާއަކީ ތަޤުވާވެރިކަމަށް ލޯބިކުރާ މީހެއް ހެއްޔެވެ؟
 ތިބާގެ ތިޔަ ދަޢުވާއަކީ ތެދުކަމަށްވާނަމަ، އެކަން ޢަމަލުން ދައްކާށެވެ.
 ތިބާގެ ވަށައިގެން ލެވިފައިވާ މަކަރާއި ޙީލަތުގެ ފަރުދާއިން ނުކުންނާށެވެ.

އޭ އިންސާނާ އެވެ! އިހްތިރާމާއި ޤަދަރަކީ، ބާރުގެ ބޭނުންކޮށްގެން ލިބޭނެ އެއްޗެއްނޫނެވެ. އެކަން ތިބާ ދަންނާށެވެ.

(ނިމުނީ)

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (0)Add Comment

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1070
extra avandia and congestive heart failure