ފަންވަތް ދިވެހި ޅެންބަހުރުވަ ވިކަންތައް ވެނިމުނީ - އަލުން އައުކޮށް ފަށަންވީ
ބެލި ޢަދަދު: 1139
ވިކަންތައް ވެނިމުނީ - އަލުން އައުކޮށް ފަށަންވީ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 2
ދެރަވަރަށްމޮޅު 
ދިވެހި - ވަޒަންބަހުރުވަ
02 ޖުލައި 2010، 16:55 ހުކުރު

ކަނީރު ޢަބްދުއްރަޙީމު


ގައުމުދެކެ ލޯބިވާންވެއްޖޭ ގައުމުކުރިއަށް ނެރޭން ވެއްޖޭ
           ފައުޖުތައް ރުކުރުވާން ވެއްޖޭ ގައުމުގެ ގޮވުން އަހާން ވެއްޖޭ

ކިހާ ކޮންފަދަ ނަސީބެއް ހޭ  ކިހާ އުފަލާ  އަރާމެއް ހޭ
           މިހާމަދު މީސްކޮޅެއް އުދުހޭ   މިހާރު ޔަގީން ކުރާން ވެއްޖޭ

ދުނިޔެވީ ވެށި ބަލައިލާއިރު ހުނިޖެހޭ  ގައުމަކަށް ވީއިރު
           ފުނިފުނިންރަނގަޅު މޮޅުއޮތްއިރު އުނިނުވާމަގުހިނގާން ވެއްޖޭ

ވަސީލަތްތައް މަދޭ ނުކިޔާ   ދަށޭ ދެރައޭ އަބަދު ނުގޮވާ
           ވަސީލަތްހުރިނެތެއް ނުބަލާ   ފަސޭހަ ނުކޮށް އުޅޭން ވެއްޖޭ

ވަށައިއޮތްކަނޑު މިކުދިރަށްތައް ފަޅާއިމޫދާ އަތިރިމަތިތައް
           ވަށައިގެން ހުރި މި ހަދިޔާތައް މޮޅަށް ބޭނުން ކުރާން ވެއްޖޭ

ނިކަންހިތްހެޔޮކަމާއިއެކުގައި މިކަންމިގޮތަށްކުރަންހިތުލައި
           ވިކަންތައްވެ ނިމުނީއެ ކިޔައި އަލުން އައުކޮށް ފަށަން ވެއްޖޭ

ނެތޭބުނެވޭކަށެއް ނެތް ނެތް  ގޮތޭ ކަންއޮތް ކިއޭކަށްނެތް
           ފެތޭތީ ހަން ޖެހޭކަށް ނެތް ސަތޭކައިން ގައިމުވާން   ވެއްޖޭ

އަމިއްލައެދުން އިހަށްބާއްވާ! އަމިއްލަ ގައުމު އަމިއްލަހުވާ
           އަމިއްލަގޮތުން ވަޒަންކޮށްލާ ދަމެއް ނުޖެހޭން އުޅޭން  ވެއްޖޭ

މަގޭ ގައުމޭ ދިވެހިގައުމޭ  ދިވެހި އެއްމެންގެވެސް ގައުމޭ
           އިނގޭ! ތެދެކޭ ދިވެހިއެއްމެން  ގައުމުގެ މިއަޑު އަހާންވެއްޖޭ



މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (1)Add Comment
...
ލިޔުނީ ޒަވިޔަނި, 2010-07-05 16:52:54
މިޅެން އެހާ ކަމަކު ނުދޭ.. ވަޒަނަށް ނުފެތޭހެންވެސް ހީވޭ.. އަޅުގަނޑަށް ހަމަ ގައިމުވެސް ވަރަށް އުނދަގޫ ބައެއް ތަންތަން ވަޒަނަށް ފައްތައިގެން ރާގުގައި ކިޔަން.. ކަނީރުމެން ފަދަ ބޭފުޅުން ހައްދަވާ ޅެމުގައި މިއަށްވުރެ އޮއްޓަރު ރަނގަޅުވާން ވާނެ ކަމަށް އަޅުގަނޑު ދެކެން.. ޚިޔާލު ރަނގަޅު،، އެކަމަކު ހުށައެޅުން އެހާ ހިތްގައިމެއްނޫން މިފަހަރު..ހަމަ އެކަނި ރަނގަޅޭ ބުނެފައި ފުއްދާލުމަކީ ބިނާ ކުރަނިވި ފާޑު ކިއުން ކަމަށް އަޅުގަނޑަށް ގަބޫލު ނުކުރެވޭތީ ފެންނަގޮތް ހަމަ ދަންނަވާލީ.. ގޯސް އެއްޗެއް ދެންނެވިފައި ވާނަމަ މައާފަށް އެދެން...ޝުކުރިއްޔާ

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1139
extra avandia and congestive heart failure