މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ތަފާތު ސައްބީސްގެ |
|
|
| ދިވެހި - ވަޒަންބަހުރުވަ | |||
| 04 ޖުލައި 2010، 00:07 އާދީއްތަ | |||
|
އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ (2000) (ޝާޢިރުލްމަޤުތޫލު) މާބޮޑަށް ބަނޑުހައިވުމުން ވަދެވޭނެ ދުވެގޮސް ބަދިގެޔަށް، މާބޮޑަށް ބޯ ހަރުވުމުން ވައްދާނެ ގެންގޮސް ހުރަގެޔަށް، ކިޔެވުމަށް އުފަލާއެކީގައި ދާންޖެހޭނެ އެދުރުގެޔަށް، ކިޔެވި ޢިލްމުން ގޯސް ހަދާނަމަ ލާނެ ވަގުތުން އަށިގެޔަށް، ކިޔެވެނިން އިރުވަރު ބަލައިފަައި ގޮސްވަދޭ ކިޔެވެނިގެޔަށް، ކެޔޮޅުވެސް ބަލިވެއްޖެ ނަމަ ވަދެލަންޖެހޭ ޑަކުޓަރުގެޔަށް، ހޯދުމަށް މީހަކު ދަނީނަމަ ދޭށެ އިސްކަން މައިގެޔަށް، ބޯދެމުން ހިންދިރުވަމުން ނުމެދާށެ ވަދެގެން ކާގެޔަށް، ރަށުގެ ބޮޑެތީން ފޫހިފިލުވާލަން ދަނީ ރަށްވެހިގެޔަށް، ކަށުކަމާކެމި ނިންމުމަށް، މީހުންލަނީ ހިނަވާގެޔަށް، ވަދެލިޔަސް ރަޙްމަތްތެރިން ބައްދަލުކުރަން އައިސް މެދުގެޔަށް، ވަދެ އުޅެންވާނީ އެކަނި ޢަޞަބަތްތެރިންނެ އެތެރެގެޔަށް، ދޯނި އެހެލައިފައި ލަނީ އެންމެންވެގެން އޮޑިހަރުގެޔަށް، ގޯނިގޯނީގައި ގެނެސް އުނބުދަރު އަޅާނީ، އުނބުގެޔަށް، މަދިރިޔަށް ފިލުމަށް ނިދަން ގޮސް ވަދެވިދާނެ މަދިރިގެޔަށް، ކުދިވެރިން ބަސްނޭހުމުން ނިސްބަތް ކުރާނެ ވަކަރުގެޔަށް، މާވަޑިން ހޯދަން ހިނގާނަމަ ދާޖެހޭނެ ވަޑާންގެޔަށް، މާރަނގަޅު އަގުހުރި މުދާނަމަ ލާންޖެހޭނެ ބަނޑަހަގެޔަށް، ޚަންޖަރާ ވަޅިޔާ ނަގިލި ހައްދަން ނުދޭ ތިލަފިހިގެޔަށް، ރަންރިހިން ގަހަނާ ހަދަން ގޮސްގެން ނުވާނެ ކަނބުރުގެޔަށް، އަތޮޅުވެރިޔާ އަރިހުގައި ދުރުވޭ ކަތީބު އަތޮޅުގެޔަށް، ކަތަކު މަރުވީމާ އިހަށް ގެންދާނެ އޭނާ ކަށްގެޔަށް، ރަސްގެފާނު ވަޑައިގަނޭ ''ކުޅިވަރު ކުޅުއްވަން'' މަތިގެޔަށް، އަސްލު އެކަމަކު ކުޑަކުދިން ދާނީ ކުޅެންވެސް ކުޑަގެޔަށް، ހަރުދަނާ މާތް ފަހުލަވާނުން ރަނގަޅުވާނެ ސިފައިންގެޔަށް، މަރު ޖިހާދުގެ މަގުމަތިން ވީމާ ދެވޭނެ ސުވަރުގެޔަށް، ------------------ 19 އޮކްޓޯބަރު2000 (ނިމުނީ) މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (6)
![]()
...
ލިޔުނީ އޭފް, 2010-07-04 05:26:41
ޚިޔާލަކީ ރަނގަޅު ޚިޔާލެއް. މިއީ ގެއްލެމުންދާ ބައެއް ބަސްތައް ދަސްކޮށްދިނުމަށް ބޭނުން ހިފިދާނޭ ޅެމެއް. ނަމަވެސް ޅެމުގެ ބައިތުތައް ހުށައެޅުމުގައި ޞަދުރާއި ޢަޖުޒުގައި ދައްކާ ވާހަކަތައް ގުޅުވާލައިގެން ގެނެވުނުނަމަ ވަރަށް ފުރިހަމަވީސްކަމަށް ޤަބޫލުކުރެވޭ. އެގޮތަށް ބައެއް ބައިތުތައް ހުރިވެސް މެ.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|