ފަންވަތް ދިވެހި ޅެންބަހުރުވަ ހުކުރު ހަތްދުވަސް
ބެލި ޢަދަދު: 1669
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
ހުކުރު ހަތްދުވަސް ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 6
ދެރަވަރަށްމޮޅު 
ދިވެހި - ވަޒަންބަހުރުވަ
12 ޖުލައި 2010، 08:43 ހޯމަ


މުޙަންމަދު ޝާހިދު ޙަލީމް

ނުކުރު އަޙްމަދު   ހުކުރު ދުވަހަކު   ފިކުރު ކުރިއޭ   ހަކުރު ކައްކަން
    ހުކުރުކޮށްގެން  ޝުކުރުކޮށްފައި   ތަކުރު ކާ ހެން   ދެ ކުރު ކައިލަން

ނުދިގު ފާޚިރު   ދަތުގެ  މާހިރު   މަހުން  އާޚިރު   ދުވަހު ހޮނިހިރު
    މުދިމު  ޒާހިރު    ބަލައި  މޯހިރު    ކުރީ  ތާހިރު   ގިރޭތީ  ހިރު

ނުކުޑަ  ހާދީ   ދުވަހު  އާދީ    ގެނެސް  ބޭންދީ   ރިވެތި  ބާނދީ
    ކުކުޅު  ކާންދީ  ސޮޑާ  ބޯންދީ  އެ  ފަހު  ރަން  ދީ  ކުރީ  ޝާދީ

ނުކަޅު ޢައްބާސް ނުވާ ކަން ފާސް އެނގުނު މި ދުވަސް ވި ހޯމަ ދުވަސް
    ނުކާން ފަރުމަސް  ކެއީ ގެރިމަސް  ކަމަށް ކަނޑުމަސް  ވެގެން ބޯހާސް

ނުއަލި ތައްޚާން  ދުވަސް ވި އުފަން  ޚައިރު ލާ އަން މަހުން ޝަޢުބާން
    ނުއައެ އިންނާން  އެނގުނު ހިނދު ކަން  ކަނޑާށޭ ރަން ކިޔައި ބީފާން

ނުގުދު މޫސާ   ދެ ބަދަ ގުޑިޔަސް   ބަދަލި ހިއްޕީ   މި ބުދަ ދުވަހަށް
    ނަގުދު ދީފައި އެ ބޮނދި ގަނެގެން  އަބަދު އިނދެގެންނެ ބަނދި ކިޔުމަށް

ނުކުޑަ  އިބުރާ    ބުރާސްފައްޗަށް    ޖަމާކުރިއޭ    އެކީ   ދައްޗާ
    ނުކުޑަދައްޗާ     ނުކުރުދައްޗާ      ނުބޮޑުދައްޗާ     ނުހުދުދައްޗާ

ނުކުރު އަޙްމަދު   ނުދިގު ފާޚިރު    ނުކުޑަ ހާދީ   ނުކަޅު ޢައްބާސް
    ހުކުރު  ހޮނިހިރު  ދުވަހު ނޫނީ   އެކީ  އުޅެޔޭ   ކުޅެން ޑިގު، ތާސް

ނުއަލި  ތައްޚާން  ނުގުދު  މޫސާ   ނުކުޑަ  އިބުރާ  ވަރަށް  ގުޅެޔޭ
    މި  އާދީ   ހޯމަ   އަން   ބުދަޔާ   ބުރާސްފައްޗާ   ވޮލީ  ކުޅެޔޭ
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (5)Add Comment
...
ލިޔުނީ މުޞްލިޙު މުޙައްމަދު އިސްމާޢީލް, 2010-07-12 16:34:26
އަޅުގަނޑަށް ހީވަނީ މިޅެމުގައި ބޭނުންކޮށްފައިވާ ނަފީ ކުރުމުގެ އުސޫލަކީ ދިވެހި ބަހުގެ އުސޫލަށް ބަލާއިރު ހަމަ ގޮތެއް ނޫން.
ނަޞީރުގެ ޙިޔާލެއް ލިބޭނެ ކަމަށް އުއްމީދު ކުރަން.
...
ލިޔުނީ ލައިފްލައިން, 2010-07-13 04:46:13
ޝާހިދު ލިޔުއްވިޔަސް، މިޒަމާނުގެ ޅެމަކަށް މިއެއް ނުފުދޭ. އެހެންނޫނަސް ޅެމުގެ ހަމަތަކަށްވެސް ނުފެތޭ. އަދި ބަސްއޮޅުވާލުންތައް ގިނަކަމުން ޅެމުން އެއްޗެއް ދޭހަވާވަރެއްވެސް ނޫން. "ހަފްތާގެ ހަތްދުވަސް" ވަރަށް ރީތި ދެ ޅެންބައިތުން ބަޔާންކޮށްދީފައި ވަނިކޮށް އަޅުގަނޑު ދުށިން. އޭގައި ވަނީމިފަދައިން:-

ސިއްތިފުޅު ވިހެއީ ހުކުރުގައި، ނަން އެކީ ހޮނިހިރުގައޭ
މީހަކާ ކައިވެނިކުރީ ދެން އައި އެ އާދީއްތާގައޭ.
ހޯމަދުހު ބަލިވެއްޖެޔޭ، އަންގާރަ ދުހު ހާލެއްނެތޭ،
ބުދަދުވަހު މަރުވެއްޖެޔޭ، ވަޅުލީ ބުރާސްފަތި ދުވަހުއޭ.

މިއީ، ހަފްތާގެ ހަތްދުވަސް ދަސްކުރަން ބޭނުންވާ ކުދިންނަށް ވަރަށް ޝައުޤުވެރި ދެބައިތުކަމަށް ފެނޭ.
...
ލިޔުނީ މަނިކު, 2010-07-13 14:29:46
ޝައުގުވެރިކުރުވި ޅެމެއް. ބައިތުތަކުގެ ވަޒަނުގެ ތައްގަނޑުތައް އެއްގޮތްކޮށްފާ ހުރި ގޮތުން އިތުރުމިޔުޒިކެއް އުފައްދާ. ކޮންމެ ބައިތެއް މީހެއްގެ ނަމަކުން ފެށުމާއެކު އެނަމުގެ ފުރަތަމަ ލަފުޒު ނަފީގެ ނޫނުބޭނުންކޮށްގެން އިދިކޮޅުމާނަ ގެނެސްފައި އޮތުމަކީ ވެސް ފާހަގަކޮށްލެވޭ ކަމެއް. އަދި ހަތްވަނަ ބައިތުގާ ވެސް އެކި ވައްތަރުގެ ދަތީގެ ނަންތައް ގެނައި އިރު ނު ބޭނުންކޮށްގެން އިދިކޮޅު މާނަ ވަނީ ގެނެސްފައި. އަދި މި ބައިތުގެ ދެ ފޮޅުވަތުގަ ދަތި ދެ މާނައިގަ ބޭނުންކޮށްފަ އޮތުމަކީ ވެސް ފާހަގަކޮށްލެވުނު ކަމެއް.
ޅެމުގަ ދެބައިތެއްގަ ވަޒަނުގެ ތައްގަނޑުތަކުގެ އެއްގޮތްކޮށްފަ ހުރީ ފެށޭ އަކުރުތަކާފިލިތައް. އެހެން ބައިތުތަކުގަ ނިމޭ ކާފިޔާތައް. ހުރިހާ ބައިތެއްގަ މި ކަން އެއްގޮތް ވިނަމަ އިތުރަށް ފުރިހަމަވީސް. އަދި ހުރިހާ ދުވަހެއްގެ ނަން ފުރިހަމައަށް ގެނެވިފާ ނެތުމަކީ ވެސް އުނިކަމެއް. މިހެން ދިމާވީ ޅެން ހަދާފައި އޮތް ވަޒަނުގެ ސަބަބުން ހެން ހީވޭ
...
ލިޔުނީ ޒ, 2010-07-17 03:42:22
ހުނަރުވެރިކަމާއެކު ހަދައިފައިވާ ޅެމެއް!
...
ލިޔުނީ މަނިކު, 2010-08-05 19:21:59
އަޅުގަނޑު ކުރިން ކޮމެންޓެއް ލިޔުނު އިރު "ލައިފް ލައިން"ގެ ކޮމެންޓު ފެންނާކަށް ނެތް. އެ ކޮމެންޓު ފެނުމުން "ލައިފް ލައިން"ގެ ޚިޔާލަށް އިޙްތިރާމުކުރަމުން، އެކޮމެންޓުގެ ބައެއް ނުކުތާތަކާމެދު އަޅުގަނޑުގެ ޚިޔާލު ދަންނަވާލާނަން. އާދެ، ޚިޔާލަކީ ބައެއް ފަހަރު ތަފާތު އެއްޗެއް. އެހެންކަމުން "ލައިފް ލައިން"ގެ ނަޒަރުގައި މި ޅެމަކީ މި ޒަމާނުގެ ޅެމަކަށް ނުފުދުމަކީ މައްސަލައެއް ކަމަކަށް އަޅުގަނޑު ނުދެކެން.
އެކަމަކު މި ޅެން "ޅެމުގެ ހަމަތަކަށްވެސް ނުފެތޭ" ކަމަށް ވިދާޅުވެފައި ވާ ގޮތަކާ މެދު ސުވާލު އުފެދޭ. އެހެނީ މި ޅެމަކީ ވަޒަނަށް ފެތޭ ޅެމެއް. ޅެން ހަދައިފައި ވަނީ "ކިރަން ބަސްތައް" މި ތައްގަނޑު ކޮންމެ ބައިތެއްގައި 8 ފަހަރު ތަކުރާރުކޮށްގެން. ޅެމުގެ ބަނޑުވައްއަކުރު މުޅިންހެން އެއްގޮތް. ޅެމުގެ 9 ބައިތުގެ ތެރެއިން 2 ބައިތުގެ ބަނޑުވައްއަކުރުގެ ފިލި ތަފާތުވި އިރު ތަފާތުވެފައިވަނީ އަބަފިއްޔާއި އާބާފިލިން ކަމަށް ވާތީ އެ ތަފާތު އެހައި ބޮޑަކަށް ފާޅެއް ނުވޭ. ޅެމަކީ ކާފިޔާ ހަމަ ޅެމެއް. ބަނޑުވައްއަކުރާއެކު ފިލިކޯޅި ވެސް 7 ބައިތުގައި އެއްގޮތް. 6 ވަނަ ބައިތުގައި މުލައަކުރު އެއްގޮތްވެފައި ބަނޑުވައްއަކުރާ ޖެހިގެން ފަހަތަށް އޮތް އަކުރާއި ފިލި ޞަދުރާއި ޢަޖުޒުގައި އެއްގޮތްވުމުން އެ ބައިތުގެ ފިލިކޯޅި ތަފާތުކަމެއް ފާޅެއް ނުވޭ. އެންމެ ފަހު ދެބައިތުގައި ޅެމުގެ ފުރަތަމަ ހަތް ބައިތުގައި ގެނެސްފައިވާ ހަތް މީހުންގެ ނަމާއި، ހަތްދުވަހުގެ ނަން ގެނެސްފައި ވާތީ ފަހު ބައިތުގެ ފިލިކޯޅި ހަމަނުވީ ކަމަށް ފެނޭ. އެކަމަކު ފިލިކޯޅި އެއްގޮތް ނުވުމަކީ ޅެމުގެ ހަމަތަކާ ޚިލާފު ކަމެއް ނޫން. ފިލިކޯޅި އެއްގޮތް ވުމަކީ ޅެން އިތުރަށް ފުރިހަމަ ކުރާ ކަމެއް. މުޅި ޅެމުގައި ވެސް ވަޒަނުގެ ކޮންމެ ތައްގަނޑެއްގެ ފިލިކޯޅި ނުވަތަ ކާފިޔާ ނުވަތަ އަކުރުކޯޅި އެއްގޮތް ކޮށްފައި ހުރުމުން ޅެމަށް އިތުރު ފުރިހަމަކަމެއް ލިބޭ.
މި ޅެމަކީ ބަސްއޮޅުވައިފައި ހުރި ޅެމެއް ކަމަކަށް ވެސް އަޅުގަނޑަކަށް ފާހަގައެއް ނުކުރެވުނު. ޅެމުގެ ބަސް އޮޅުވުމަކީ ލަފުޒެއް ބުރިކޮށްލައި ފަސޭހައިން ދޭހަނުވާ ގޮތަކަށް އެ ދެ ބައި އިސްފަސް ކުރުން. ނޫނީ ލަފުޒެއް ބުރިކޮށްލައި، ފަސޭހައިން ދޭހަނުވާ ގޮތަކަށް އެ ދެ ބައިގެ ދެމެދަށް އެހެން ލަފުޒެއް ނުވަތަ ލަފުޒުތަކެއް ގެނައުން. "ޚައިރު ލާ އަން" ނޫނީ އެ ކަހަލަ ތަނެއް ފާހަގައެއް ނުވޭ.
"ލައިފް ލައިން" މިސާލެއްގެ ގޮތުން ގެންނަވާފާ އޮތް 2 ޅެން ބައިތާ މި ޅެން ހަދައިފައި ވަނީ ތަފާތު ދެ އުސްލޫބަކުން ކަމަށް ލަފާކުރެވޭ. ޅެންވެރިކަމަށް ބަލާއިރު އެ ދެބައިތަށްވުރެ އަޅުގަނޑަށް ފުރިހަމައީ މި ޅެން. އެއީ އެ ދެ ބައިތުގައި ބަނޑުވައް އަކުރު އެއްގޮތެއް ނޫން. ފިލިކޯޅި އެއްގޮތެއް ނޫން. ވަޒަންހަމަކުރުމުގެ ގޮތުން ދުވަހުގެ ވާވު ދެ ތަނެއްގައި ދޫކޮށްލާފާ އެބަ އޮތް. ލަފުޒު ބުރިނުކޮށް ތައްގަނޑުތައް ބައިކޮށެއް ނުލެވޭ. އެކަމަކު "ލައިފް ލައިން" ވިދާޅުވިހެން އެ ދެ ބައިތަކީ ހަފުތާގެ ހަތްދުވަސް ދަސްކޮށްދޭން ކުދީންލައްވާ ކިޔުއްވަން ރަނގަޅު 2 ބައިތަށް ވެދާނެ.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1669
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone