މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ޙާލިސް ތަޢުރީފު |
|
|
| ދިވެހި - ވަޒަންބަހުރުވަ | |||
| 18 އޮގަސްޓް 2010، 14:24 ބުދަ | |||
|
މުޙަމްމަދު ނަސީމު (ތަރުވާޒު) އައިބެއް ނުވާ ޖިސްމުން ދުވާ ހައިކަން ފިލާފަދަ މީރުވަސްވައިރޯޅިއާ އެކު ފެތުރުމުން ހައިރާންވެއޭ ޅެންވެރިޔަކަސް ފިނިފެންމަލެއް ފަދަ ނަލަ ޕަރީ ހިނިތުންވެލައި ފިއްޔާ ތެދޭ ފިނިކަން ހިތަށް ލިއްބައިދެއޭ ގިނިހިތުތެރޭ އަނދަމުން ދިޔަސް އިރިގެން ހިތާ އަދި މޭ އެކީ ވިރި އޮހޮރި ދާހެން ހީވިޔޭ ދިރިހުރުމުގައި އުނދަގޫވެޔޭ ކިރިޔާ ލޮލަށް ފެންނަން ނެތަސް ފިރުމާލުމާއެކު ތިޔަ އަތުން ދިރުމެއް ލިބޭނޭކަން ޔަޤީން ނިރުތައް އަލުން ހަމަރޯވެގެން ދިރުމެއް ނުވާ ހިތަކަށް ވިޔަސް މަސްތީ ލޮލާ އެސްފިޔަތަކާ ރަސްރީތި ތިޔަ ތުނި ތުންފަތެއް އަސްތާ ނުކުރެހޭނޭ ޔަޤީން ތަސްވީރު ކުރަހާ މީހަކަސް އުނިގަހު މަލެއް ފަދަ ނާޒުކީ ތުނި ޖިސްމު ފެނުނީމާ ތިއީ ދުނިޔޭގަ ލެއްވެވި ހޫރެކޭ ބުނެވޭނެއޭ ފަންމިންޏަކަސް ފަނޑުވުން ނުވާ އަލިނޫރަކުން މަޑުމަޑު ތި ކޯތާފަތުގަވާ ރޭގަނޑު ބިމަށް އަލިކޮށްދެއޭ އުޑުގައި ހަނދާ ތަރިތައް ނެތަސް މަލަކާގެ ފުރިހަމަކަން ބަޔާން ގަލަމާ ދުލުން ކުރެވޭނެހޭ ނަލަކަން ފެނިފަ ފަރުދާވެޔޭ ފަލަކުގަ ވިދާހާ ތަރިޔަކަސް މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (5)
![]()
...
ލިޔުނީ ޕަރީ, 2010-08-18 16:28:03
ތަރުވާޒު! ފަންވަތަށް މަރުހަބާ.. :) ވަރަށް ވަރަށް ރީތި ތި ޅެން... ތިކަހަލަ ރީތި ޅެންތައް އަދިވެސް ފެނިގެން ދާނެކަމަށް އުއްމީދުކުރަން..
...
ލިޔުނީ މީރާ, 2010-08-19 00:16:31
އޭ. ނަސީމް ސަރ މިހާ މޮޅުކަމެއް ކުރިއަކުން ނޭނގެ. ވަރަށް ފުރިހަމަ ޅެމެއް
...
ލިޔުނީ m, 2010-08-19 16:10:02
ދުނިޔޭގަ ލެއްވެވި ހޫރެކޭ ބުނެވޭނެއޭ ''ފަންމިންޏަކަސް'' މިތަނުގައި އޮންނާނީ ފަތްމިންޏަކަސް މިގޮތަށް. ފަންމިނި އެއީ ކިޔާއެއްޗެއް ނޫން.
... ލިޔުނީ ޝިޔާދު އަބުދުއްރަޝީދު, 2010-08-20 14:41:25
ފަންވަތަށް ވަރަށް ހޫނު މަރުހަބާއެއް ކިޔަމެވެ. މިކަހަލަ ފެންވަރު ރަނގަޅު ޅެންތައް ވީހާވެސް ގިނައިން ފެންނާނެ ކަމށް އުންމީދު ކުރަމެވެ. މިކަހަލަ ޅެމަކާއއެކު އެޅެމަކާގުޅޭ ޚުލާޞާ ޝަރަހައެއް ހިމުއްވައިފިނަމަ ކިޔުންތެރިންނަށް ފަސޭހައިން އެޅެމުގއި ބުނާވާހަކައެއް ފަސޭހައިން އެނގިގެންދާނެ ކަމަށް ފެނެއވެ. އަދި މިފަދަ ޅެންތަކަށް ގިނަބަޔަކު ޝައުގުވެރިކަމާއެކު ތަރުހީބު ދެއްވާނެ ކަމަށް ފެނެއެވެ.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|