މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ދެނެއް ނުވާނެ/ ގިފްޓެއް ނުލިބޭނެ |
|
|
| ދިވެހި - ވަޒަންބަހުރުވަ | |||
| 06 މާރޗް 2011، 18:36 އާދީއްތަ | |||
|
ކަނީރު ޢަބްދުއްރަޙީމް ކާބަފައިން ކަންކުރި ގޮތަށް މިއަދަކު ދެނެއް ނުވެވޭނެޔޭކާ، ބަނދި ހަދާ، ރައިވަރާ ފަރިހިން ކަމަކު ނުމެ ދާނެޔޭ ބަދަލުވާ ދުނިޔޭގެ ސުންނަތް އޭގެ ފުރިހަމަ ބާރުގައި އަދަކު އިއްޔެގެ ގޮތްތަކަށް ތަރުޙީބު ދީ ނު އުޅޭ ނެޔޭ ކޮށްލަމާ ކުޑަކޮށްދިރާސާ ބަދަލުތައް އައި ގޮތް ބަލައި އޮށްފަޅައި މަދު ނުނެގިޔަސް ފުދިދާނެ ހެން ހީވާނެޔޭ ބުދައަ ރިވެކަން ނުތުނެހީމާ އޭރުއެގޮތަށް މޮޅުވެފައި "އަދަބު ވެރިކަން ނެތުނު މީހާ" ވެސް ރަނގަޅުކުރެވޭނެޔޭ ފެނި ޢަޖާއިބު ނެގި ޙިޖާބާ މާވަރާ ގެ ނިޤާބު ވެސް ގުނި ނިކަން ލާޝައްކު ޖައްޔިދު ގައި އެ ވެސް ހިމެނޭނެޔޭ ދެންމިއަދު ޕޮއެމެއްހަދާއިރު އިންގްލިޝްވޯޑެއް ލުމުން އެންމެނަށް، ޔޯތް! ބޭރުބަހެކޯތް! "ހައްގަކުން" ނުގޮވޭނެޔޭ މާދަމާ " ހަމަ ލޯބި ބުނަމޭ ކަންފަތުގަ އަހަނީ ބުނާ" ހާދަހާ ފޮނިއަސަރު ތައް އެ ގޮތުން ޔަގީންކުރުވާނެޔޭ އިފްޓްޑޭ ވީ ހޭޓް ސޯ ސޯ...ތިބެ ނުވިސްނާ ޑީޕްކޮށް ގިފްޓް ތައް މި ކަމުން ތުރޫ ވާ ނުލިބުމުން ދެރަވާނެޔޭ ----------------- (ނިމުނީ)
|
| ހަމަ މި ގަލަމުން |
|---|