ފަންވަތް ދިވެހި ޅެންބަހުރުވަ ފިޔަވަޅު
ބެލި ޢަދަދު: 915
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
ފިޔަވަޅު ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 5
ދެރަވަރަށްމޮޅު 
ދިވެހި - ވަޒަންބަހުރުވަ
12 މާރޗް 2011، 22:25 ހޮނިހިރު

ނަސީމާ މުޙަންމަދު

މެންދަމުގެ ސަނދުވާ، މަތީގައި ފެތުރިފައި ވެއެވެ.
އޭގެ އެތަން މިތާނގައި ވަނީ ތަރީގެ ޖަރީތަކެވެ.
ޚިޔާލުގެ ދުންފިނީގެ ތެރެއަށް އިންސާނާ ގެއްލިފައި ވެއެވެ.           
ޒަމާންވީ ހިޔަނިތައް ހަނދާނުން ދައުރުވާން ފަށައިފިއެވެ.

އަނދިރި ހޮހަޅައިގައި އަންދަމުންދާ ހޫނު އަލިފާނެވެ.
ޖަނަވާރު ހަމުން ހަށިތައް ނިވާކުރި ބަޔެކެވެ.
ހޮހަޅައިގެ ބިތުގައިވާ ކުޅަދާނަ ސިއްތަރަތަކެވެ.
ސިންގާގެ ނާމާން އަޑު ޖަންގަލިން އިވެމުންދެއެވެ.

ވެސްނޫ ކުލައިންވާ މެދުތެރޭ ކަނޑުގެ އައްސޭރިއެވެ.
މަރުމަރީ ހިލައިން އުފައްދާ ފުރިހަމަ ބިނާތަކެވެ.
އަކުރިސްގެ އެހީގައި ދޫނިހެން، ކަނޑުގައި އުދުހިދާ ނައުތަކެވެ.
އިންސާނުން ދުނިޔޭގެ މައްޗަށް ވެރިވާން ފެށި ތަނެވެ.


އުދަރެސް ހުރަސްކޮށް ދަތުރުކުރާ އަލަތޭރި ވާހަނަތަކެވެ.
ވިލާތަކު ތެރޭގައި ނިވާވާ އުސްހައި ބިނާތަކެވެ.
ހޯދަމުންދާ ޢިލްމާއި އެންމެހައި ވަބާގެ ފަރުވާތަކެވެ.
ސިއްރަކަށް ފަހު ސިއްރެއް އޮޅުންފިލަމުން ދާ ތަނެވެ.


ދެން ދަހަދޭހަޔަށް އިންސާނާ ބަލައިލިއެވެ.
ފަތަޙަކުރާނީ ދެން ފަހެ ކޮންކަމެއް ބާވައެވެ؟
މެންދަމުގެ ތަރިތައް ޖަވާބު ދިނެވެ. އިންސާނާއެވެ!
ނޭނގޭހެއްޔެވެ؟ ކަލޭ ދެން ހިނގާނީ ތަރިތަކުގެ ތެރޭގައެވެ.
-----------
(ނިމުނީ)

މި ލިޔުން:

     ފޮނުވުން: އަލްފާޟިލާ ނަސީމާ މުޙަންމަދު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
     އަލުންބެލުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
     ޝާއިޢުކުރުން:  ''         ''


މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (1)Add Comment
...
ލިޔުނީ ކިޔުންތެރިއެއް, 2011-03-16 15:21:30
ވަރަށް ރީތި ޚިޔާލެއް. ހުށަހަޅުއްވައިފައި އޮތް ގޮތް ވަރަށް ފުރިހަމަ. ހޮހަޅައިގައި ދިރިއުޅެމުން އައި އިންސާނާ ތަރައްޤީވެ ތަރިތަކަށް ދަތުރު ކޮށްފި. އާ އީޖާދުތައްކޮށްފި. ދުނިޔޭގެ މި ދިގު ދަތުރުގައި އިންސާނާ ހޯދި ކާމިޔާބީއާއި އޭނާގެ ފުރަތަމަ ދައުރުގައި އުޅުނު ސާދަ ދިރިއުޅުން ވަރަށް ފަށުއި އިބާރާތުން ބަޔާންކޮށްދެއްވައިފައިވޭ.

ނަސީމާގެ މި ފަދަ ލިޔުއްވުންތަކަށް ވަރަށް ޝައުޤުވެރިވަން. އަޅުގަނޑަށް އެންމެ ކަމުދިޔައީ މި ޚިޔާލު ގެނެސްދެއްވާފައިވާ ގޮތް.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 915
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone