މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| އުޅެންވީ ގޮތް އެނގެންވާނޭ |
|
|
| ދިވެހި - ވަޒަންބަހުރުވަ | |||
| 20 މާރޗް 2011، 18:53 އާދީއްތަ | |||
|
އަޙްމަދު ޝާހިދު ޙަލީމް (ޝާމް) ހިތާ ނަފުސުން އެދޭހާ ކަންކަމެއް ކޮށްގެން ނުވެސްވާނޭބަޔަކު "ކުޅިވަރު މަޖާކޮށް" ދުނިޔެ ރަންކޮށްގެން އުޅުނު ނަމަވެސް، ގަޔަކު ދިވެހިންގެ އެފަދަ ކަމެއް ހުރުން ބަލަ! ހެޔޮ ނުވެސް ވާނޭ ގޮތެއް އެއްވެސް މުޅިން ނެތިގެން، މައެއް ދަރިއެއްމެ ވަކި ނުވެގެން، ފޮތެއް އޮތްކަން ނުވެސް އެނގިގެން އުޅެން ބަލަ ދެން ނުވެސް ވާނޭ ދިމާވާ މީހުނާ މަގުމަގުމަތީ ތިބެގެން ދިމާކުރުމީ ދިމާއަށް ހުރި ނުބައި ކަމެކޭ، ތިމާ ހީކޮށް ދެކެން ވާނޭ ޒުވާންކަމަކީ ތިމާ ހިތުހުރި ގޮތަށް އުޅުމޭ މުޅިން ހީކޮށް ޒުވާން އުމުރުގެ ދުވަސް ބޭކާރު ކުރުމީ ގޯހަކަށް ވާނޭ ތެދޭ، ހިތް އެދި ގޮވާ ގޮވުމަށް ޖަވާބެއް ދޭނަމޭ ހީކޮށް، ނިދޭ ފަދަ މަސްތަކުން "ޢާލަމް" ޖަރީކޮށްގެން ނުވެސްވާނޭ ސަލާމަތް ބުއްދި ލިބިގެންވާ، ސަތޭކަ - ސަތޭކަ ބަޔެކޭމީ! ޙަލާލު، ޙަރާމަކަށް ނުބަލާ އުޅޭކަށް ހެޔޮ ނުވެސް ވާނޭ އިވޭ ހުރިހާ ނަސޭހަތް އަޑުއަހާ، އެއްކަންފަތުން ވަދެގެން ދެވޭހެން ފޫއަޅާ ނުކުމެވި، ތަނެއް ދީގެން ނުވެސް ވާނޭ ހިތާމަކުރަން ޖެހޭހާ މިންވަރަށް އަޚުލާޤު ދަށްވީމާ، ހިތާށޭ! ރަނގަޅު އެންމެ ގޮތެއްވިޔަސް ޢަމުދުން ނުފެންނާނޭ މި އެންމެން އަތުގުޅާލައިގެން، އެކީ އެއްހަމައަކަށް ހިނގިގެން، ކިއެންވީ ލަވަ މޮޅަށް ކިއިގެން، އުޅެންވީގޮތް އެނގެންވާނޭ ---------------------- (ނިމުނީ)މި ލިޔުން: ފޮނުވުން: އަލްފާޟިލް އަޙްމަދު ޝާހިދު ޙަލީމް (ޝާމް) އަލުންބެލުން: މުޙަންމަދު ޝާހިދު ޙަލީމް ޝާއިޢުކުރުން: މުޙަންމަދު ޝާހިދު ޙަލީމް
|
| ހަމަ މި ގަލަމުން |
|---|