މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ގިޔާމަތު ނާމާ (31އިން 38އަށް) |
|
|
| ދިވެހި - ވަޒަންބަހުރުވަ | |||
| 18 ޑިސެމްބަރ 2008، 00:10 ބުރާސްފަތި | |||
|
ފޮތް ލިޔުއްވީ: ފަޟީލަތުއްޝައިޚް ޢަބްދުﷲ ޖަލާލުއްދީން
31- ނުރައްކައު ވަބާޔާ ނުބައި ގިނަ ބަލާތައް
32- ތަދާ ހޫނު ދުއްތަައް އެކީ އެކި ސިފައިގައި،
37- ޒުވާނުންނެ މަގުވެސް ތިޖާރީ ހުރަސްވެވި،
ނުނިމޭ.. ބާކީ 195 ބައިތު.. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (8)
![]()
...
ލިޔުނީ ސަމީރު, 2008-12-18 00:59:38
މިހާރު ދުނިޔެއަށް ވަމުންމިދަނީ މިޅެމުގައި ބުނާގޮތްދޯ. ޖަލާލުއްދީނަށް ވަރަށްބޮޑަށް ދުރުވިސްނޭކަމަށް ފެނެއެވެ.
...
ލިޔުނީ އިޞްލާޙު, 2008-12-18 04:31:39
ކައިވުން އެއީ ކުށް ގޮތެކެވެ. ރަނގަޅު ގޮތަކީ ކައިރިވުމެވެ. އެއީ ޓައިޕްކުރުމުގެ މައްސަލައެކެވެ.
...
ލިޔުނީ މަހާނަގާ, 2008-12-19 14:39:54
މިއާޓިކަލްގައި މިހާރުގެ ޒުވާނުންކިޔަން ވަރަށް ބޭނުންތެރި އިންފޮމޭޝަން ހުރިކަމަށް ގަބޫލުކުރަން.
...
ލިޔުނީ މުސްލިމް, 2008-12-19 14:51:44
ގިޔާމަތްދުވަހާމެދު މީހުން ބިރުވެތިވާފަދަ މިފަދަ ލިއުންތައް މިސައިޓުން ގިނައިން ދެކެން ބޭނުން
...
ލިޔުނީ މުތަނައްބީ, 2008-12-19 20:54:23
ކިޔާފައި މިޅެން ބިރު ހިތަށް ވަދެ ދެޔޭ،
ޤިޔާމަތް ދުވަސް ގާތްވެޔޭ ހީވެޔޭ، ޚިޔާލާ ފިކުރު ގޮސް މަޙުޝަރަށް ފޯރަޔޭ، ނިޔާމައިގެ އީމާން ހިތަށް ވަދެދެޔޭ. ނަޞީރޭ ލިއުއްވާށެ އަދި ވެސް ބޮޅެއް، ބަޞީރަތުގެ ބާރުން ކުރާ ޝަރަޙައެއް، ނަސީބާ ފަލާޙުގެ ސަރާސަރު މަގެއް، ވަސީލަތެކެ ތީ އަދި ނިކަން ހެޔޮ ކަލާމެއް.
...
ލިޔުނީ މަރިޔަމް, 2008-12-30 09:55:05
މާމަ ބުނާހެން މިއޮތީވެފައެވެ. '' ކޮންމެ ދެމީހަކަށް ދުއްވާ އެއްޗެއް، ހިކަނދި ކަންފަތު މުދިލެވޭނެ، އުޅަނބޮށިން ވާހަކަދައްކާނެ، ދުވާލަކީ ރޭކަމަށް އަދި ރެއަކީ ދުވާލުކަމަށް ހަދައިގެން އުޅޭ މީހުން ގިނަވާނެ، އަންހުން ފިރިހެން ހެދުން އަޅާ އަދި ފިރިހެނުން އަންހެން ހެދުން އަޅާނެ '' މިހުރިހާ ކަމެއް ދިމާވެ ނިމެމުން ދާތީ ގިޔާމަތް ކައިރިވެއްޖެކަން އެބައެނގެއެވެ.
... ލިޔުނީ އަސްލަމް ޢަބްދުﷲ, 2008-12-30 14:32:17
މިކަން ދެކޮޅުވިދި މެދުނަގައި އަންނަ އިރުގާ
ނިކަން ގާތުގައި ކޭތަ އިރު ހަނދު ހިފާނޭ ---------------------------------------------------------------- މިބައިތުގެ ޞަދުރުގެ ދޭހަ ވަރަށް ރީތި. ފުރަތަމަ ފަހަރު ކިޔާލާފަވެސް ހިތަށް އެރީ ފަޟީލަތުއްޝައިޚް ޢަބްދުﷲ ޖަލާލުއްދީން މުދައްރިސް ނަޞީރު އަރިހުގައި ތިމަންނަ ސިފަ ކޮށްދޭން ބޭނުންވަނީ ހަރުފައެކޭ ބުނެފައިވާހެން. ވަރަށް ކަމުދޭ. ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|