ފަންވަތް ދިވެހި ޅެންބަހުރުވަ ނޫކަށި ކުދީން "ކިކުގައި"
ބެލި ޢަދަދު: 1186
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
ނޫކަށި ކުދީން "ކިކުގައި" ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 6
ދެރަވަރަށްމޮޅު 
ދިވެހި - ވަޒަންބަހުރުވަ
27 މާރޗް 2011، 00:10 އާދީއްތަ

ޙަސަން ޝާކިރު މުޙައްމަދު

ޒުވާނުން  އެބައުޅޭ "ގޮތަކަށް" ބޮލާ ގައިގައި  ލަމުންދޭ "ކަޑި"
               ޒުވާންކަން ޤައުމު  ބޭނުންއިރު،  އެތިބަގެން ޤައުމުކުރަނީ ހަޑި

ޚިޔާލުގެ  ފުށުއެރުންތަކުގައި  ނުހޯދާ   އެންމެ  ޙައްލެއްވެސް
               ޚިޔާލުގެ ތީރުގޮސް ގުޅަނީ، ދަމައިގެންފައި ނުހަނު ދިގު ކަނޑި

ރަޙުމު  ކުރުމެއްގެ ކަންފުޅުވެސް  ނުފެނި ހަރުކަށިކަމާ އެކުގައި
                         ފަޚުރުވެރިކަންމެ  އިސްކޮށްގެން ނުވީ ތާކަށް ލަނީއެ " ކޮކަޑި"

ހަނގާކޮށް އެއުޅެނީ އެޒުވާން ގުރޫޕްތަކުން "ސަމާ" އައިސްގެން
                         ހަގާ ދޮއްޓާ ބަލައި ނުމެލައި ތަޅަން ގެންގުޅެޔެ މުގުރާ ދަނޑި

ދުވާލާ   ރޭގަނޑާ  އޮޅުވައި  މުރާދެއް  ނެތިމެ ކަތިމަގުގައި
                         ހުވާކޮށް ދޮގުހަދައި އުޅުމަށް، ބަދަލުވާން އެދެޔެ  ވަގުތާ ގަޑި

މިއަދު  މިގޮތަށް  ޒަމާންދާތީ،   ދުރަށްކުޑަކޮށް   ބަލައިލީމާ
                        މިއަދު ހަމަ އެބަ ލޮލަށް ފެނެޔޭ  ދެތިން ދުވަހުން ޖަހާނޭ ބަޑި

ނިކަން ދެރަވެސްވެޔޭ ފެނުމުން، ޒުވާން ނޫކަށިކުދީން "ކިކުގައި"
                       ނިކަން  ވިސްނައިލަމާތޯއޭ  އެތިބަގެން ލައްވަނީ  ބަނޑިބަނޑި
                     -------------------
                         (ނިމުނީ)

މި ޅެން:
   ފޮނުވުން:    އަލްފާޟިލު ޙަސަން ޝާކިރު މުޙައްމަދު
   އަލުންބެލުން:  އަލްފާޟިލު ޙަސަން ޝާކިރު މުޙައްމަދު
   ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)Add Comment
...
ލިޔުނީ ކައުސަރު, 2011-03-27 04:44:09
ތިންވަނަ ބައިތުގެ ޞަދުރުގައި އޮންނާނީ ހަރުކަށިކަމާއެކުގައި ހެން އަޅުގަނޑުގެ ނިކަމެތި ވިސްނުމަށް ހީވަނީ.
...
ލިޔުނީ ކައުސަރު, 2011-03-27 04:49:00
ޤައުމުގެ ޒުވާނުންނަށް ހުރި އަގުހުރި ފިލާވަޅުތަކެއް.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1186
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone