މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| މަސްވެރީންނަށްޓަކައި. . . . . : ނަކަތް ތާވަލު |
|
|
| ދިވެހި - ވަޒަންބަހުރުވަ | |||
| 24 މެއި 2011، 00:30 އަންގާރަ | |||
|
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (1996) މީވެސް "އެހީގެ އަތެއް" ތެދޭ ދަސްކޮށްލުމަށް އެދެމޭ ޅެމުންހީވެސް ނުވާފަދަ ލާބަޔާ މަންފާ ލިބޭނެޔެ ދަސްވުމުން ކުރަމުން މިދާ މަސްވެރިކަމަށް ފާގަތިކަމެއް އަންނާނެޔޭ އުޅުމުގެ ކުރިން މަސްވެރިކަމާ، ހުރިހައި ނަކަތް އެނގިފައިވުމުން ހުޅަނގާއި އިރުވައި މޫސުމޭ މުޅި އަހަރުގައި ދެމި އޮންނަނީ ކުޅަދާނަ މަސްވެރިޔެއް ކަމަށް ވާނީ ނަކަތް އެނގިފައި ވުމުން ހުޅަނގުގެ އަށާރަ ނަކަތް މިތާ ފުރަތަމަ ބަޔާންކޮށްދޭނަމޭ ގުޅަމުން ނަކަތްތައް އިރުވައިން ނުވަޔެއް މިތާ ހަމަކޮށް ފަހުން އައްސިދަ ނަކަތް ލައިގަންނަނީ އަށް ވަނަ ދުވަހު އެޕްރީލުގައި އައްސިވެ ނުދާށޭ ފިނިވިޔަސް! ވެހިގަންނަ ގިނަ ވާރޭއަކުން ވާތީ ކުރީއްސުރެ ކަން މިހެން، އެޕްރީލް މަހާ ގުޅިގެން މިކަން ބާވީހުގައި ފެށެޔޭ ބުރުނު ވިއްސާރަ ވެސް ދަމަހައްޓަމުން ކެތި ނަކަތަކީ ގަދަ ނަކަތެކޭ، މެއި މަހު ހަޔެއް ގައި ފެއްޓެނީ ގެތިފައިވި ރޯނު އައީ ފަހުން 20 ވަނަ ދުވަހު ހަމަ މެއި މަހުން މިއަހެލި ނަކަތް ޖޫން މަހު ތިނެއް ގައި ލައިގަތީމާ މަސްވެރިން މިއަދަކު ފުރާނެ ކަމެއް ނެތޭ ދާނޭ ތަނެއް ހަމަ ނެތްކަމުން އަދަ މޫސުމަށް ކުރިމަތި ވަނީ، ވިއްސާރަޔާ ބޮޑު ދިޔަވަރާ ޢަދަދެއް ނެތޭ "ފަށި" އައުމަކުން ޖޫން މަހު ސަތާރަ ދުވަސް ފަހުން ބިރުވެރިވި ގަދަފަދަ ކޮޅިގަނޑެއް އައުމުން ޖުލައި ފުރަތަމަ ދުވަހު ކުރިމަތިވަނީކަން ވިސްނެޔޭ މި ފުނޯސް ނަކަތް (ތަސްލީމުވުން) ފަނަރައިގަޔޭ ބަލަ ފުސް ނަކަތް މި ޖުލައިމަހުން ލައިގަންނަނީ ބަނަކަން އުޑަށް ވެރިވާނެހެން ފުސްތައް ދަނީ ހަމަ މަޑުމަޑުން އަހުލިހަ، ނަވާވީސްވަވަނަ ދުވަހު މި ޖުލައިމަހުން ފެށުނެއްކަމަކު އަހުލީ މަސައްކަތް މަސްވެރިން ކުރަމުން ދެޔޭ ހަމަ މިންނަތުން އާގަމަ ވެދާ ފަދައިން އޮގަސްޓް އެގާރަވާ ތާރީޚުގައި މާ (ގަދަ ނަކަތް) ކުރިމަތިވަނީ، ނިސްބަތްވެފައި ވާތީ އަލުން ސައުވީސް، އޮގަސްޓް މަހުން އައިސް ފުރަ މޫސުމޭ ކުރިމަތިވަނީ އައު މޫސުމެއް!! ނުފުރައި ތިބީވިއްޔާ ނެތޭ ދަތުރެއް ލިބުން ސެޕްޓެމްބަރުން ހަތްވަނަ ދުވަހު އުތުރައިގެ ކަންތައް ފެއްޓުނަސް މެޕްތައް ބަލައި ވިސްނައި ތިބީ ވިއްޔާ އޮތީ ދަތުރޭ ލިބުން އަތަ ނަކަތަށޭ ސެޕްޓެމްބަރުން، ފެށެނީ އެކާވީސް ވަނަ ރެއިން ގަތަކަސް ބިރެއް ހަމަ ކަމުފޮޅާކަށް ނޯވެޔޭ ނުފުރައި ތިބުން ކިތަކަށް ދަތުރުތޯއޭ ފަހަށް ޖައްސައިލުމަށް މަޖުބޫރުވީ ހިތަ އިން އެކެއް އޮކްޓޯބަރުން ހަތަރެއް ކަމަށް ވާތީ ސަފުން ހެއި ނާރަޔެއް ނުފުރާނެޔޭ މޮޅު ކެޔޮޅުމެއް މަހަކަށް ހިލާ ހެއި މޫސުމަށް އޮކްޓޯބަރުން ވާތީ އަށާރަ ކަލަންޑަރުން ފުރަނީ މަހަށް ސިހުމާ ނުލައި ހަލަބޮލިވެފައި ކަނޑު ގަދަވިޔަސް ފުރަތަމަ ދުވަހު މި ނޮވެމްބަރުން އައިމާ ވިހާ، ވިހަ ވައިތަކުން ނޮރައޭ ނޮވެމްބަރު ސާދައިން ފެށިގެން ގުނަން ޖެހިފައި ވަނީ ދޮށައޭ ހަތާވީސް ވަނަ ދުވަހު ފެށިފައި ވަނީ މި ނޮވެމްބަރުން ދިރުވައިދެމުން މުޅި ރޫޙު ވެސް އައިމާ ބިރާ މޮޅިތައް ފިލައި އިރުވައިގެ ފުރަތަމަ ނަކަތަކީ މުލައޭ ޑިސެމްބަރު ދިހަޔަކުން ފުރަހަޅަ ދިމާކޮށްލާނެޔޭ ތޭވީސް ދުވަހު މި ޑިސެންބަރުން ހުރަހަށް ކުރީން ހުރި ވައި އައިސް، އިރުމަތި ފަރާތުން ބުރުވަމުން ހަޔަކުން އުތުރުހަޅަ ޖެނުއަރީ މަހުގައި އައިސް ލައިގަންނަނީ ވަޔަކުން ނިޝާންތައް ދައްކަމުން ގަދަކަން މި މޫސުމުގައި އަލުން މަޑުކަމުގެ ސާލެއް ފަތުރަމުން އައުމުން ހުވަން ކަނޑު އޮއްބަމުން ގަނޑުގައި ލިޔަން ހަމަ ޖެނުއަރީ އޮނަވިހި ކަމަށް ސާބިތުވުމުން ދިނަށައެ ފެބްރަރީ އެކެއްގައި ވަންނަނީ މަޑު ރޯޅި އިން ގިނަ މީހުނަށް ހިތް ހަމަ ޖެހުން ލިއްބައި ދެވޭނޭ ފަދަ އަކުން ފެބްރަރީ ސާދައިގަޔޭ ހިޔަވިހާ ލައިގަންނަނީ ގެނބުރަކަށް ބާރެއް ނެތޭ ހައްޔަރު ކުރީމާ ބޯސަލުން ބުރަކަން މުޅީން ކެނޑި ކަނޑުތަކުން ގަދަކަން މުޅިން ނެތި ދާފަހުން ފުރަބަދުރުވާ ލައިގަންނަނީ މި މަހުން ހަތާވީސް ވާ ހިނދުން ބާރައިގަޔޭ މާރިޗު މަހުން ފަސްބަދުރުވާ ލައިގަންނަނީ ވާރޭގެ އަސަރޭ ފެންނަނީ ގަދަ ފުސް ނުވާހެން ދަށް އުޑުން މާރިޗު މަހުގެ ސައްބީހުގައި ރޭވައިގެ ކަންތައް އައިފަހުން މޫރިތިވި އިރުވައި މޫސުމޭ ނިމެނީ ވަދާޢުގެ ރަމްޒަކުން ހުޅަނގުގެ އަށާރަ ނަކަތް މިތާ އިރުވައިގެ ނުވަ ނަކަތާ އެކީ ކުޅަދާނަކަން ނެތް ގަލަމަކުން ލިޔެދީ މި ނިންމީ ނަޒުމަކުން އަބަދާ އަބަދު ކުރަނީ ދުޢާ މަސްވެރިކަމަށް މޮޅު ގޮތް އަދައި ޢަބްދުލް ޢަޒީޒު ޖަމާލް އަބޫ ބަކުރުގެ މި ޅެން ނިންމައިލަމުން -------------- (ނިމުނީ) ފަށި: "އަދަ" ނަކަތުގައި އަންނަ ކޮޅިގަނޑުތައް މި ޅެން: ފޮނުވުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު އަލުން ބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލް ބޯޑުގެ ފަރާތުން) ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
|
| ހަމަ މި ގަލަމުން |
|---|