ފަންވަތް ދިވެހި ޅެންބަހުރުވަ " މިހާރަށް ____ މި ގޮތް"
ބެލި ޢަދަދު: 677
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
" މިހާރަށް ____ މި ގޮތް" ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 0
ދެރަވަރަށްމޮޅު 
ދިވެހި - ވަޒަންބަހުރުވަ
26 މެއި 2011، 01:32 ބުރާސްފަތި
      
ކަނީރު އަބުދުއްރަމް

މޫނަށް ލަދަށް، މަޖާކޮށްލަން، ހިތްވަރެއް ނެތޭ
      ފޯނަށް ތިދޭ ޖަވާބު ތިހެން     މާނައެއް ނެތޭ
އޭރުގެ އެއިންތިޒާރު، އުފާ، ކުރުވި  ފުންއަސަރު
      ބޭރުން އަލުން އެހެން ހެއްކެއް  ދެއްކުމެއް ނެތޭ

އެކުގައިވެ ހޭދަވާ "ގުޅެވުނު" މިފަދަ  ވަގުތަކީ
                          ފިކުރާ ޚިޔާލުގައި  "މިހެނޭ"   ނުބުނެ އެއް ނެތޭ
އިތުރަށް އެކަންކަމާ އަދި  އެދުވަސް އެދިޔަ ގޮތާ
                          ހިތުގައި އޮތަސް ދެނެއް  އަލަކުން ދިރުވުމެއް ނެތޭ
ހިހުލާއި  ހޫނު ބައްދަލުވީ މާ   އެ ވީ   ގޮތާ
                          އިހުސާސް  ކޮޅުފައިން ވެވުނީ  ފޮރުވުމެއް  ނެތޭ
އޮތްނަމަ އޮތީ ސުވާލެކެ  ހިތް  އަންތަރީސް ވާ
                          އޮތް ކަންފުޅެއް  އެއީ"އެކަމޭ" ނޫން  ކަމެއް ނެތޭ
ހިތްހެއޮ ކަމާއި  ހެއޮ އެދުމާ  ގާތް ކަމަށް ޓަކާ
                         "ގިތް"ގޮވި  ކަރުނައޮހޭ   އަދަބެއްނޫން އަގެއްނެތޭ
ނޯންނާނެ ހަމަޔަގީނެ ދެވުނު އުނދަގުލެއް އެހެން
                          ދެން އިތުރަކަށް އެހެން އުއްމީދެއް  ނުވެސް ނެތޭ
ބޭކާރު، ބޭނުމެއްނެތް، ހިތްނުރުހެވޭ     ކަމެއް
                          ކާކާއި އެކުހެ  ކޮށްލެވުނީ    ދޯ  ނުވާނެ  ތޭ
ނޭނގޭ،ނުދަންނަ،ގުޅުމެއްނެތް، ވީމާ   ދުރުހިލޭ
                         ނޭނގުން މަރުވެ ދިޔަސް އެގޮތުން ރަނގަޅު ވާނެތޭ
  ---------------------
      (ނިމުނީ)

މި ލިޔުން:

  ފޮނުވުން:    އަލްފާޟިލް ކަނީރު ޢަބްދުއްރަޙީމު
  އަލުންބެލުން:  އާދަމް ނަޞީރު އިބްރާހީމް
  ޝާއިޢުކުރުން:  އާދަމް ނަޞީރު އިބްރާހީމް        
                   

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (0)Add Comment

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 677
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone