މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| އިޙްސާސް |
|
|
| ދިވެހި - ވަޒަންބަހުރުވަ | |||
| 14 ޖޫން 2011، 17:20 އަންގާރަ | |||
|
އާމިނަތު ނަޡްމާ - ސްޓާނައިޓް / ށ.ފުނަދޫ ޙަޔާތަކީ އެކިމީހުންނަށް އެކިސިފަސިފައިގައި ދައްކުވާ އެއްޗެކެވެ.އަހަރެން އެކަން ގަބޫކު ކުރަމެވެ. ތިބާވެސް މިކަން ގަބޫލުކުރާށެވެ. މީހެއްގެ ހިތުގެ އިޙްސާސްތައް ދެނެގަންނާނީ ކިހިނެއްހެއްޔެވެ؟ އެމީހެއްގެ ދިރިއުޅުން އެނގޭނީ ކާކަށް ހެއްޔެވެ؟ އެމީހުންގެ ހިތުގައި ހިނގާ ޖަޒުބާތުތައް ދެނެގަނެވޭނެ ހެއްޔެވެ؟ އަހަރެމެންގެ ވިސްނުން އެހާ ފުރިހަމައެއްނޫނެވެ. މީހެއްގެ ހިތުގެ ފިނިކަމާ ހޫނުކަން އެއްވެސް އިންސާނަކަށް އިޙްސާސް ނުކުރެވޭނެއެވެ. ތިބާވެސް ވިސްނައިލަބަލާށެވެ. ބައެއްމީހުން ހިނިތުންވަނީ އުފަލުން ހެމުންނެވެ. ހިތުން ރުހުމުން އެކަމަށް ގަބޫލު ވެގެންނެވެ. އެކަމަކު ބުނަންހެއްޔެވެ. އެއްބަޔަކު އުފަލުގައި އުޅޭއިރު އަނެއްބައެއްގެ ހިތަކީ ހޫނު ކަރުނަ ތިތްކެކެވެ. މޫނުމަތި ވިދައި ބަބުޅައިލައިފައެވެ. އެކަމަކު ހިތުގައިވަނީ ވޭނާ ހިތްދަތިކަމުގެ އަސަރުތަކެވެ. ކުރާނެކަމެއްނެތެވެ. އެ އިޙްސާސްތައް ދެނެގަނެވެނެހާ ވަރުގެ ގާބިލްކަންހުރި އިންސާނަކު މިދުނިޔެއަކު ނެތެވެ. ދެރަވާ ކޮންމެފަހަރަކު ޙަޔާތުގައި ކަންވެދިޔަ ގޮތާއިމެދު ވިސްނެއެވެ. ހިތުގެ ރިހުން ކެތްނުވާވަރަށް ގަދަވެއެވެ. ކެކުޅުންތައް އިތުރުވެއެވެ. ދެތިންތިކި ކަރުނަ، ކަރުނައިގެ ސައިލަކަށް ބަދަލުވެއެވެ. ފިކުރުތަކުން މީހާ ގަންބުވައިލައެވެ. މިކަމަށް ސިކުންތެއްވެސް ނުވެއެވެ. މާޒީގެ ދުވަސްތައް ފާއިތުވެ ދިޔަގޮތް، މިއަދު ވީކަމެއްހެން މޫނުމަތީގައި އެނބުރެން ފަށައެވެ. ތިބާ ވިސްނައިލަ ބަލާށެވެ. ތިބާ ެ ތިޔަ ހާލަތުގައި ވާކަމަށް ޤަބޫލު ކުރަމުނޫންހެއްޔެވެ. ވީއެރު ދެންތިބޭ މީހުންގެ ހާލަތަކީ ވަރަށް ދެރަނިކަމެތި ހާލެއްކަމަށް ގަބޫލުކުރަމެވެ. ކޮންމެ އިންސާނެއްގެ ހިތުގައިވެސް ކޫރުންތަކެއް އެޅިފައިވާނެއެވެ. މިއީ ހަޤީގަތެކެވެ. ކޮންމެމީހެއްގެވެސް އިޙްސާސެއްވާނެއެވެ. އިޙްސާސްގެ އަސްލަކީ މިއެވެ. ދުނިޔެމީ މަންޒިލޭ، ދަސްކުރާށެވީ ރަނގަޅަށް ހިތްވަރުން ފުހެވިދާނޭ، ތޮށަލީގެ ދުޅަވެސް ------------ (ނިމުނީ) މި ލިޔުން ފޮނުުވުން: އާމިނަތު ނަޡްމާ - ސްޓާނައިޓް / ށ.ފުނަދޫ އަލުން ބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލްބޯޑުގެ ފަރާތުން) ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (4)
![]() ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|