މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ގިޔާމަތު ނާމާ (39 އިން 48 އަށް) |
|
|
| ދިވެހި - ވަޒަންބަހުރުވަ | |||
| 22 ޑިސެމްބަރ 2008، 00:04 ހޯމަ | |||
|
ފޮތް ލިޔުއްވީ: ފަޟީލަތުއްޝައިޚް ޢަބްދުﷲ ޖަލާލުއްދީން
.....ކުރީގެ ބަޔާގުޅޭ...
ހައިރާން ނުވާށެވެ! ދުނިޔޭގެ ކާބޯތަކެތީގެ އަގު އުފުލިގެން ދާނީ އޭގެ މިނެއް ނެތް ވަރަށެވެ. ގެރިބޮލެއްގެ އަގު ސަތޭކަ ފައުނަށް އަރާނެއެވެ.
40 – ވަކެއް ދޮންމި ކެޔޮވެސް އެކީގައި ނުވީއްލެވި، ހުރިހާ ބާވަތެއްގެ ކާބޯތަކެތީގެ އަގު ކޮންޓުރޯލު ކުރެވޭނެއެވެ. ދޮންކެޔޮވަކެއްވެސް ކޮންޓުރޯލު އަގުގައި ނޫނީ ގަންނާކަށް ނުލިބޭނެއެވެ. 41 - ނުބައި ބަޑިތަކާ ބޮންތަކާ ދުންތަކުން ވިހަ
މި ހިސާބަށް ދުނިޔެ ދަތިވެގެން ދާއިރު، ހަނގުރާމައިގެ ސަބަބުން، ދުނިޔެ އޮންނާނީ ވަރަށް ނުރައްކާތެރި ފައްތަރެއްގަ އެވެ. ބޭނުން ކުރަމުންދާ ނުރައްކާތެރި ހަތިޔާރުތަކުގެ ސަބަބުން، ދުނިޔެ އޮންނާނީ ވީރާނާވެ އިންދިރާސްވެފައެވެ.
42 – މި ތާ ނަންހިނގާ ޔޫރަޕީ ތިޔަ ތަމައްދުން
ޔޫރަޕުގެ ކުރިއެރުމާއި ރަށްވެހިކަން ނެތި ހިނގައިދާނެއެވެ. މީހުންނަށް ގަބޫލުކުރަންވެސް ދަތިވާހާ ދަށު ދަރަޖައަށް ޔޫރަޕު ވެއްޓިދާނެއެވެ.
ޒަމާން ގަނޑަކަށްފަހު، ފަނާވާންވި އެއްޗެއް ފަނާވެ، ދިރި ރޯވެ އާލާންވާންވި އެއްޗެއް އާލާވެ ދުނިޔެ އިހު އޮތް ޙާލަތަށް ބަދަލުވާނެއެވެ.
44 – އަރަށް ތިކި މި ދުނިޔޭގެ ފަނިވެސް ނުފައިބާ
އެކަމަކު އޭރު އޮންނާނީ ޢިލްމުވެރިކަން ދުނިޔޭން ފިލައިގޮސް ޖާހިލުކަން އާންމުވެފައެވެ. ދުނިޔޭގެ އަރުން ޢިލްމުގެ ފަނިތިކި ވެސް ނުދިރޭ މިންވަރަށެވެ.
45 – ތަރާނާ ޢުލޫމުގެ ވެގޮސް ރޫޅި ކުނޑިކުނޑި
ޢިލްމުގެ ހެޔޮ ބާވަތްތަކާއި މަގުތައް މުޅިން ނެތި ގޮސް ހަރާމެއް ހަލާލެއް ވަކިވާނެ ގޮތެއް ނޯންނާނެ އެވެ.
46 – ތިބޭ މަދު ބަޔަކުވެސް މިދީނަށް ލަނބާ ބޯ
އިސްލާމްދީންމަތީ ތިބޭނީ މަދު މީސްކޮޅެކެވެ. އެމީހުންވެސް ތިބޭނީ ދީނަށް ލޯތްބެއް ހުރެގެނެއް ނޫނެވެ.
47 – މިހާތަނަކު ދުނިޔޭން މި ދީނުގެ އެ ދިދަވެސް
48 – ކަމެއްވެރި ބިމެއްގާ މިވެސް މުސްލިމާނީ
ނަތީޖާއަކީ، ދުނިޔޭގެ އެއްވެސް ހިސާބެއްގައި ޤަދަރު ހުރި ގޮތެއްގައި އިސްލާމީ ބާރެއް ނެތުމެވެ. އިސްލާމުންގެ އާރުހުރި ވެރިކަމެއް ނެތި، މުސްލިމުން އިންތިހާޔަށް ބިކަވުމެވެ. ނުނިމޭ.. ބާކީ 185 ބައިތު.. ނޯޓު: ދެން އޮތް ބައި ފަށްޓަވަނީ އިސްވެދެންނެވުނު ހާލަތަށް ދުނިޔަ ދިޔުމުން، މަހުދީގެ ފާނު ފާޅުކުރައްވާނެ ކަމަށް ވިދާޅުވަމުންނެވެ. އޭގެފަހުގައި ހިނގާނެ ކަންތައްތައް ދެން އަންނަ ބައިގައި ބަޔާންވާހުއްޓެވެ! އިންޝާ ﷲ - ނަޞީރު - މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (6)
![]()
...
ލިޔުނީ ސަމީ, 2008-12-22 07:07:21
ރަނގަޅު މަސައްކަތެއް. ނަޞީރު މި ދޮވަސްކޮޅު ވަރަށް ހުސްކޮށް އުޅުއްވާހެން ހީވޭ. ކޮންމެ ދުވަހަކު މިހާގިނަ ލިޔުންތައް ހުށަހެޅުއްވޭނީ އެހެންވެ. އެކަމު ކޮންމެ ލިޔުމެއްވެސް ވަރަށް ކިޔާހިތުން ފޫހިނުވެ ކިޔާލެވޭ. ދެން އޮތް ބަޔަށް އިންތިޒާރު ކުރަން.
...
ލިޔުނީ ކިއުންތެރިއެއް, 2008-12-22 07:09:26
46 ވަނަ ބައިތު ރަނގަޅުތޯ؟
ޢަޖުޒުގައިވާ، "ހިތާވެ" މިގޮތަށް އޮތީމާ ވަޒަނަށް ނުފެތޭ. ވަޒަނަށް ފެތެނީ، "ހިތާވެވި" މިގޮތަށް އޮތީމަ.
...
ލިޔުނީ ނޫނު, 2008-12-22 07:58:46
ޝުކުރިއްޔާ! ޓައިޕުގެ ކުށެއް.. ރަނގަޅު ގޮތަކީ، ''ހިތާމަވެ ސިހޭނޭ'' ވ. މާފު! ރަނގަޅު ކޮށްލަނީ!
...
ލިޔުނީ ފާއިޒް, 2008-12-23 04:24:41
ޤިޔާމަތުނާމާ ޅެންބަހުންހުރިއިރު އެކިޔާކަށް އަޅުގަނޑު މާބޮޑު ޝައުޤުވެރިކަމެއް ނެތެވެ. އަދި އޭގައިހުރި ބަސްތަކާއި އެބުނާ ވާހަކަ އަދި އަމުދުން އަހާހިތެއްވެސް ނެތެވެ. އެހެނަސް މިއަދު އަޅުގަނޑު މިހުރީ މިލިޔުންތަކުގެ ބައިތައް ޝާޢިޢުކުރަމުންދާކަމުން ލަސްވެފައެވެ. ކިޔާހިތުންނެވެ. މަޢުލޫމާތާއި، ޤިޔާމަތުގެ ވާހަކަތަކުގެ ބިރުވެރިކަމާއި، ފަހުޒަމާނުގެ ކަންތައްތަކާއިމެދު ވިސްނާފިކުރުކުރުމަށް ބޭނުންވެފައެވެ.
ނަސީރުގެ މިމަސައްކަތަކީ އަޅުގަނޑުމެންގެ ދިވެހިބަހަށް ކޮށްދެއްވާ ވަރަށް އަގުހުރި ޚިދުމަތަކަށް ނޫނީނުވާނެއެވެ. ދިވެހި ދަރިން ދީނާއި، އާޙިރަތްދުވަހާއި ދޭތެރޭ ވިސްނާ ދިވެހިންގެ އަޤީދާ ވަރުގަދަކުރުމަށް އެޅޭ ބާރަކަށް ނޫނީ ނުވާނެއެވެ.
... ލިޔުނީ ލަޠީފް:, 2011-03-27 03:34:31
އުސްތާޒެވެ! 46 ވަނަ ބައިތުގެ މާނަ މުޅީން ރަނގަޅުހެނެއް އަޅުގަނޑަކަށް ހިއެއް ނުވެއެވެ. ސަބަބަކީ އެބައިތުގައި މީސްތަކުން އިސްލާމް ދީނަށް ތަބާވެގެން އުޅޭނީ ހަމައެކަނި ނަމެއްގައިކަމަށް ދޭހަވާފަދަ އެއްވެސް ލަފްޘެއް ޝާޢިރު ގެންނަވާފައެއް ނުވެއެވެ. އަޅުގަނޑަށް ބޮޑަށް ލަފާކުރެވެނީ ދީނުގެ ޢިލްމުވއރިންގެ މެދުގައި އުފެދިފައިވާ އިޚްތިލާފްތައް ގިނަވެ އަދި ބޮޑެތި އިޚްތިލާފްތަށް އުފެދި( މިސާލަކަށް ނަމާދުފަދަ ދީނުގެ ރުކުންތައް އަދާކުރުމުގައި) އެކި ޢިލްމުވެރިން އެކިގޮތަށް ނަމާދުގެ ޙަރަކާތްތައް ގެންގުޅެންވީގޮތް ބުނެދިނުމުން މީސްތަކުން އެކި ގޮތްގޮތަށް ދީނުގެ ޙުކުމްތަކަށް ޢަމަލުކުރާންފެށުމުން ﷲ އަށް ބިރުވެތިވެތިބޭ މަދުބަޔަކުވެސް މިކަންކަމާމެދު ސިހި ކަންބޮޑުވެފައި ތިބޭނެވާހަކައެވެ. މި މަންޘަރު ކިތަންމެ ރީތިކޮންވެސް މިއަދު ހޮދު މި ދިވެހި މުޖުތަމަޢުގެތެރޭންވެސް ފެންނަމުން އެބަދެއެވެ. މާލޫދު ކިޔުމާއި ޞަލަވާތް ފާތިޙާ ކިޔުމަކީ ބިދުޢައެއްކަމާއި ފަތިސް ނަމާދުގެ ދެވަނަ ރަކުޢަތުގައި ޤުނޫތު ކިޔުމަކީ ބިދުޢައެއްކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވުމުގެ ސަބަބުން ބައެއް މީހުން ބުނާ އަޑު އިވެއެވެ. މިހާރަކު އުޅެންވީގޮތެއް ކުރަންވީ ކަމެއް ނުކުރަންވީ ކަމެއް ނޭނގެއެވެ. ޢިލްމުވެރިންނޭ މިކިޔާ ދެމީހަކު އެކައްޗެއް ނުކިޔައެވެ. އަޅެ އުސްތާޛް މިކަމާމެދު އަދި އެއް ފަހަރު ވިސްނާލަ ބައްލަވާށެވެ!~ވިސްނާލައްވައި
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|