މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ކަމަކު ނުދާނެ! |
|
|
| ދިވެހި - ވަޒަންބަހުރުވަ | |||
| 10 ޑިސެމްބަރ 2011، 04:48 ހޮނިހިރު | |||
|
އާދަމް ނަޞީރު އިބްރާހީމް (1997) ކަމަކު ނުދާނެޔެ ވަޢުދާ ހުވާ އުވާލައިގެން ފެޅި ލޯބީގެ ނިރަށް ފެން ނުދީ މަރާލައިގެން، ޒުވާން ދެ ހިތުގެ ޝުޢޫރާ ޚިޔާލު އެކުލެވިގެން، ރުވާލި ބާޣު ދުވާލުގެ އަވިން މިލާލައިގެން، ދުލުން ވެވުނު އިޤުރާރުގެ ހިޔާލިބޭ ގަސްތައް، މުލުން އެކީ، ލުހެލައި އަތުކޮޅަށް އުކާލައިގެން، ކުރާ ޢަހުދު އިތުބާރާއި ހިތުގެ ކަށަވަރުކަން، ބުރާ ދުމެއް ފަދައިން ގޮސް ވަޔަށް ބުރާލައިގެން، ނޮޅޭތަނެއް މަސަލަސްކަމުގެ ލޭ ހިނގާ މެޔަކުން، މޮޅޭ ހިތާ އަވަހަށް، ވަކި އަޅައި ނޮޅައިލައިގެން، ރަތުން އެތައް ލަފުޒެއް އަންޑަރލައިންވި ހާ އެ ސިޓީ، ހިތުން އެކީ، ދަސްކޮށްފައި، އަތުން އިރާލައިގެން، ފޮޅޭ މަލެއްގެ ޢަބީރާއި އޭގެ ޝަބްނަމްްތައް، ކުޅޭ ކުޅޭ ގޮތަކަށް މާބުރަށް ބަހާލައިގެން، އަރަން އެ ދޭކުރި، ލޯބީގެ ރޭހަކުން މަޅިއެއް، ވަރަށް އިހާނެތި ގޮތަކަށް ކަރަށް މަހާލައިގެން، އަނދާ މި ޢިޝްޤުގެ އަލިފާނުގައި ބިރެއް ނެތިގޮސް، ހަނދާނަކަށް އަބުރާ ޢިއްޒަތާ އޮޔާލައިގެން، ޙަަޔާތުގައި ކުރިމަތިވާ ތަފާތު ކަންކަމުގައި، ލަޔާޤަތެއް ނެތި މާޔޫސްވެ އިސްޖަހާލައިގެން، ------------------------ 30 ނޮވެމްބަރު 1997
|
| ހަމަ މި ގަލަމުން |
|---|