ފަންވަތް ދިވެހި ޅެންބަހުރުވަ ޙަޤީޤަތް
ބެލި ޢަދަދު: 531
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
ޙަޤީޤަތް ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 9
ދެރަވަރަށްމޮޅު 
ދިވެހި - ވަޒަންބަހުރުވަ
22 ޖެނުވަރީ 2012، 07:33 އާދީއްތަ


ޙަސަން ޒާހިރު (ޢަންދަލީބު)

މަލެއް   ހަމަ  ފޮޅިލުމާއެކުގައި، މަލަށް  އާދޭ  އެތައް  މާބުރު
             މަލެއް  ވަސްނެތި  މިލައިދިއުމުން، މަލަށް ނާދޭ ހިލާ މާބުރު
ކަމެއް  އެދިގެން  އުޅޭއިރުގައި ،  ގޮވައި އެކުވެރިވެލައި  ހަދަޔޭ
             ނަމެއް ހަމަ ލިބި އުހަށް އެރުމުން،ފިތޭއިރުގައި ނުވެސް ދަނެޔޭ
ނާގާނަމަ  ޣައިބުވެވި   ހުރެގެން   ވަގެއްވޭ   ޚާދިމެއްކަމުގައި
             ނާގާ  ބިތުފަންގި ދުވަހުންނޭ،  ވަނީ  ޚާދިމު  ވަގެއްކަމުގައި

ފިކުރު ބޮޑުވެވި ބިރެއް އައުމުން ، ކަލާނގެމަތިން ހަނދުމަ ކުރެވޭ
                        ޝުކުރު ހެއްދެވި ފަރާތަށް ، ނިޢުމަތެއް ލިބުނަސް ނުއެއް ކުރެވޭ
ވެރިން   ގާތްކޮށް  އުޅޭނީ   ހަމަ،   އެމީހުން  ލޯބިވާމީހުން
                        ދަރިން  ތިއްބަސް  ކުފޫހަމަވާ،  "މަކާނަށް" ލީ   އެހެންމީހުން
ކުކުޅު  ހާވެސް  ދަނޭ ކާންދީ   ހަދާ  މީހާ  މި  ދުނިޔޭގައި
                        ޙުކުމް ޤުރުއާނުގައި ވިޔަކަސް، ދަރިން   ނުހަދާ   ކަމެއްކަމުގައި
ގޮތެއް  ހުރިކަން   އެނގޭނީ   އެއް އޮޑީގައި  ދަތުރުކޮށްލީމާ
                        ފޮތެއް މޮޅު ދެރަ  އެނގޭނީވެސް  އެފޮތް   ހުޅުވައި  ބަލައިލީމާ
ހަދާ ގޯސްތައް ކުރޭ ތަކުރާރު، އަރުންހިތިރަހަނުލަންޏާހަމަ
                          އަދާ ރަނގަޅަށް  ކުރަން  ފެށެނީ، ނަތީޖާ ވެސް އެރީމާ ހަމަ
ތިމާ އަނެކަކުގެ  ޢައިބަށް ހީނ،  ދިމާކުރުމީ  ފަސޭހަކަމެއް
                        ދިމާކޮށް ކުރި  މަލާމާތް  ރައްދުވުމަކީ ވެސް  އަޖައިބު  ކަމެއް
ޙަޤީޤަތަކީ    ޙަޤީޤަތުގައި    ދުވާލެއްފަދަވި    އަލިކަމެކޭ
                        ޙަޤީޤަތް  ފޮރުވުމަށް  އުޅުމީ   ހިތާމަ  ކޮޅުން  ނުލާ  ކަމެކޭ
                          ------------
                           (ނިމުނީ)
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (0)Add Comment

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 531
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone