މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| މާޒީގެ ހަނދާން |
|
|
| ދިވެހި - ވަޒަންބަހުރުވަ | |||
| 31 ޖެނުވަރީ 2012، 08:02 އަންގާރަ | |||
|
އާމިނަތު ނާޒްނީ، ތ. ހިރިލަންދޫ ދުވަސް މާޒީގެ ވާ އެހަނދާން އުޅުނު ލޯބީގެ ރަންވި ޒަމާން ނުވަން ދެގޮތެއް ތިލޯބީގައި ކުރިން އުންމީދު މި ލްކެއްވުންފެނުނު ފުރަތަމަ އެ ނަޒަރުންވެސް މަގޭ ހިތް ކަތި ތިބާ ކޮށްލީ ދިނުން ލޯބިން މަގޭ މުޅި ހިތް ތިބާއަށް އަދު މި ނިންމައިލީ ވިދާ ތަރިތައް އެކީ އިރު ހަނދު އެރޭ ހެކިކޮށް ކުރީ ވަޢުދެއް ވެދާންދެން މަރު ތިބާޔާއެކު އުޅެން ލޯބިން ނުވާ ދެގޮތެއް ހިތާޖާނާ އެކީ ހިބައިން ކުރީ ޤުރުބާން ތި ޖާދޫގައި އިތާގެ މުތެއް ކަމަށް ހިތަމުން ނުހަނު މަތިވެރިވި އިއްޒަތުގައި ހުވާތައް އޭރު ކުރި ގިނަގުނަ ކޮބައިހޭ އަދު ހަނދާން ނެތްހޭ ފަވައިލި އެ ނަން މިއަދު ފަނޑުވީ މަގޭ އެއްވެސް ކުށެއްވޭހޭ މަގޭ ހިތް ރޯވަރުން ގައިމޭ ހިތަށް ދެން ކެތްކުރަން ދަތިވޭ އަގޭ ކުރެވެން ނެތީ އެވަގުތު އަލުން އަނބުރައި އައުން ނުމެވޭ ވެގެން ހެއްލުން ތިބާގެ ބަހަށް މަށަށް ކުރެވުނު ކަމެއް މޮޔަ މީ ދޮގެއް ހެދިއޭ ހިތަށް ނާރާ އެޅުވި ކުލަގަދަވި އަނދުނެއް މީ ޖަހާހާ ބެރުތަކަށް ނަށަމުން މަށަށް އުޅެވުނު ގޮތެއްތާއޭ ކިހާ ދެރަހޭ މިއަދު މިވަނީ މަކުރި އިތުބާރު ގެއްލިފައޭ ---------- (ނިމުނީ) މި ޅެން: ފޮނުވުން: އަލްފާޟިލާ ޢާއިޝަތު ނާޒް އަލުން ބަލައި ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު(މާޒީ)
|
| ހަމަ މި ގަލަމުން |
|---|