މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ގިޔާމަތު ނާމާ (63 އިން 86 އަށް) |
|
|
| ދިވެހި - ވަޒަންބަހުރުވަ | |||
| 08 ޖެނުވަރީ 2009، 04:02 ބުރާސްފަތި | |||
الدجال المحذرفيهދައްޖާލު އެރުން
ކުރީގެ ބަޔާ ގުޅޭ..... އެނގިފައިވާ އެނގުންތަކަށް ބަލާއިރު، މި ހާތަނުން ދެން ދައްޖާލު ފާޅު ކުރައްވާނެއެވެ. ދައްޖާލު އަރާނެއެވެ.
64 - ނުރައްކާ ވަރަށް ފިތުނަވެރި ހެއްލުމެއްގާ ދައްޖާލުގެ އޮޅުވާލުންތަކަކީ ވަރަށް ނުރައްކާތެރި ފިތުނަ އެކެވެ. އޭނާ އެ ފިތުނަ އާންމު ކުރަމުން ބިމުގެ އެތަން މިތާނގައި ހިނގާނެއެވެ. (ނޯޓު: އޭނާގެ ފިތުނަ އަކީ، އޭނާއަކީ ކަލަކު ކަމަށް ދަޢުވާ ކޮށް މީސްތަކުން ވާވައްދާން މަސައްކަތްކުރުމެވެ.)
65 - ހިފީމާ ޔަހޫދީ ބަޔަކު މީގެ ކޮޅުގާ
ޔަހޫންދީންގެ ބަޔަކު ދައްޖާލުގެ ވާހަކަތައް ގަބޫލުކޮށް، އޭނާއަށް ބައިވެރިވުން ދޭނެއެވެ.
66 - މެނޫނީ އެ ފުރަ އިތުރު މައްކާ މަދީނާ
މާތްވެގެންވާ މައްކާއާއި، މަދީނާ ފިޔަވައި އެހެން ހުރިހާ ތަނެއްގައި ދައްޖާލު ދަތުރު ކުރާނެއެވެ. އެހެން ހުރިހާ ރަށަކަށް އޭނާ އަރާނެ އެވެ.
67 - ހިފާނޭ އެކީ ނަރަކައެއް ސުވަރު ގެޔަކާ
ދައްޖާލާ އެކު ނަރަކައަކާއި ސުވަރުގެއެއް ވާނެއެވެ. (ނޯޓު: މި ތާނގައި ޝައިޠާނާގެ ކުރިޔަށް ''ފަސްމީރު'' މި ލަފުޒު އިތުރު ކުރައްވާފައި އެއޮތީ މަޖާޒީ ގޮތުންނެވެ. ފުރައްސާރައިގެ މާނައިގައި ކަމަށް ބެލެވެއެވެ. މަޤުޞަދަކީ، ޝައިޠާނެއްގައި ހުންނާނެ ނުބައި ހުރިހައި ސިފައެއް އޭގެ އެންމެ އިމު ގޮތުގައި ދައްޖާލުގެ ކިބައި އެބަހުރިކަން ނުވަތަ ހުންނާނެކަން ބަޔާން ކުރެއްވުމެވެ.) 68 - ޤަބީލުން ކަރާމަތުގެ ކަންތައްތަކެއްވެސް
ކުރީކޮޅުގައި އޭނާގެ ފަރާތުން އާދަޔާ ޚިލާފު ކަންތައް ތަކެއް ދައްކާނެ އެވެ. (ދައްޖާލު އަރަނީ އޭނާއަކީ ކަލާނގެ ކަމަށް ދަޢުވާ ކުރާ ހާލުގައި ކަމަށްވާތީ، މި ދައްކާ ކަންތައްތައް އޭނާ ދައްކަނީ އެކަމުގެ ހެއްކެއްގެ ގޮތުންނެވެ. ޙަޤީޤަތުގައި މި ކަންތައްތަކަކީ، އެއްވެސް އަސްލެއްނެތް ދެއްކުންތަކެކެވެ. މޫސާގެފާނުގެ ފިރުޢައުނަށް މާތް ﷲ ދެއްވި ފަދަ އިމްތިޙާނެކެވެ.)
69 - އިރާ ތަރިހަނދަށް ވެސް ބައެއް ފަހަރު މި ސޮރުގެ
އިރު ހަނދާ ތަރި ތަކަށް ވެސް އޭނާގެ މި މަކަރުވެރި އަސަރު ފޯރާނެއެވެ. މާނަ އަކީ އެތަކެތީންވެސް މި ފަދަ އަސަރުތައް ފެންނާނެ އެވެ. އެތަކެއްޗަށް އޭނާ ނުފޫޒު ފޯރުވާކަމަށް މީހުންނަށް، ހީވާކަހަލަ ކަންތައްތަކެއް ވެސް ބައެއް ފަހަރަށް އޭނާ ތަމްސީލު ކުރާނެއެވެ.
70 - ބައެއް މުސްލިމާނީ ނަވާ އޮޑިފަހަރުވެސް
ނަތީޖާއަކަށްވާނީ އެއީ ޙަޤީޤަތެއް ކަމަށް ގަބޫލު ކުރެވި މުސްލިމު ބައެއް އަންހެނުންނާއި ފިރިހެނުންނަށް ވެސް ހަމަ މަގުން ކަސިޔާރުވެވޭގޮތްވުމެވެ. އެ ސޮރަށް ''އީމާން'' ވެވޭ ގޮތްވުމެއެވެ. މާތް ﷲ އަށް އީމާންވުމުގެ ސާފު ތެދު މަގަށް ފުރަގަސް ދެވޭ ތަން އައުމެވެ.
އެހެން ނަމަވެސް ދައްޖާލުގެ ނިތުގައި އޭނާ އަކީ ކާފަރެއްކަން އެނގޭނެ އަކުރުތަކެއް ނުވަތަ ނިޝާނެއް އުފުލައި ނެގިފައި ހުންނާނެ އެވެ. ޞައްޙަ އީމާންކަމުގެ އަހުލުވެރިން އެ އަކުރު ކިޔަން ދަންނާނެ އެވެ. އެމީހުން އެކަން ދެނެގަންނާނެ އެވެ.
72 - ނުވާބަޔަކު އީމާން އެ ކާފަރުގެ މައްޗަށް
އެމީހުން އޭނާގެ ގޮވާލުމަށް އިޖާބައެއް ނުދޭނެ އެވެ. އޭނާ އަށް އީމާނެއް ނުވާނެ އެވެ. އެފަދަ މީހުން އޭނާގެ އަސްލެއްނެތް، ނަރަކައިގެ ތެރެއަޔަށް އުކާނެ އެވެ. ފެންނަ ފެނުމަށް އީމާން ނުވި ކަމުގެ ކުށުގައި އެމީހުންނަށް ނަަރަކައިން އަޒާބު ލިބެމުން ދާނެއެވެ. (ނޯޓު: ސުވާސާ ނަރަކަ މިއީ ވެސް މަޖާޒީ ގޮތެއްގައި ގެންނަވާފައި އޮތް ނަމެކެވެ. އަސްލު ސުވާސާއަކީ ރަނާއި ރަތުލޯ އެއްކޮށްގެން ހަދާފައި ވާ މައުދަނެކެވެ. ބޭރުފުށަށް ފެންނަ ފެނުމުގައި ހީވާނީ ހަމަ އަސްލު ރަންހެނެވެ.)
73 - މިޔާ އިދި ކޮޅަށް ޖެހުނު މީހަކު ވެ އީމާން
ހަމަ އެހެންމެ މިއާ ޚިލާފަށް، ދައްޖާލަކީ، ކަލާނގެ ކަމަށް ގަބޫލުކޮށް، އޭނާ އަށް އީމާންވެއްޖެ މީހަކު ވަގުތުން ސުވަރުގެ ވައްދާނެ އެވެ. އެކަމަކު އެއީ މަކަރުވެރި ކަމުގެ ތަނެކެވެ. ޙަޤީޤީ ސުވަރުގެ އެއް ނޫނެވެ.
74 - މިތާ ޖަންނަތަށް ލެވުނު މީހަކު އެ ތާނގާ
ދައްޖާލުގެ މަކަރުވެރި ކަމަށް ހެއްލި އޭނާގެ ސުވަރުގެއަށް ވަން މީހުން ދަންނާށެވެ. ޤިޔާމަތް ދުވަހު އެމީހުން ހިތާމައިން ފުރިގެންވާ ހަޤީޤީ ނަރަކަޔަށް ލެއްވޭހުއްޓެވެ.
75 - މިތާ ނަރަކަޔަށް ވެއްދި މީހަކު އެދުވަހުން
ދައްޖާލަށް އީމާން ނުވުމުގެ ސަބަބުން އޭނާގެ ނަރަކަޔަށް ލެވުނު ކޮންމެ މީހަކު، ޤިޔާމަތް ދުވަހު، ނިޢުމަތްތަކުން ފުރިގެންވާ ރަޙްމަތުގެ ސުވަރުގެ އަށް ވެއްދޭހުއްޓެވެ.
76 - އަރައިގެންެ މިދާ ފިތުނަ ކުރިޔަށް ހިނގާއިރު
ދައްޖާލުގެ މަކަރުވެރި ކަމުގެ ތެރޭގައި މަރައި ދިރުވުމެއް ވެސް އޭނާ ގެންގުޅޭނެއެވެ. އޭނާގެ އިޝާރަތަށް ދިރިތިބީން މަރުވެ މަރުވެފައިވާ މީހުންނަށް ފުރާނަ އެޅިގެން އަލުން އައިސް މިފަދަ ކަންތައްތައް ވެސް ހިނގަމުންދާނެއެވެ.
77 - އެ ފާސިދު ގެ ކަންތައް ދަށަށް ދާށަ ވީމާ
ދައްޖާލުގެ މި ފިތުނަވެރި އަމަލުތަކަށް ނިމުމެއް އަންނަން ވާހިނދު، އޭނާ ޚަޟިރުގެ ފާނުގެ އިސްތަށިފުޅު ކަނޑާނެއެވެ. އެކަލޭގެފާނު ޤަތުލުކޮށްލާނެއެވެ.
ދައްޖާލުގެ އިޝާރާތަށް އަލުން ޚަޟިރުގެފާނު ފުރާނަފުޅު އެޅިގެން ތެދުވެވަޑައިގަންނަވާނެއެވެ. ނަމަވެސް މިހާ ހިސާބަށް ދައްޖާލުގެ ކަންތައްތައް ދިޔުމުން، ދެން އެންމެންނަށް ވެސް، މީނާޔަކީ، ކަލަކު ކަމާމެދު ޝައްކު އުފެދި ވަހުމުތައް ގިނަވެދާނެއެވެ.
މި ބޮޑާ ކަލޭގެ ކުރާ އެއްވެސް ކަމެއްގައި މި ޔަށް ފަހު ދެނެއް ކާމިޔާބެއް ނުވާނެއެވެ. ''ކަރާމާތްތަކާއި މުޢުޖިޒާތްތައް'' ދެއްކުމުގެ ޤާބިލިއްޔަތު އެހިނދުން ފިލައިހިނގައިދާނެއެވެ.
80 - މިޔާ އެންމެ ގިނައިން ތަބާ ވާން އުޅޭނީ
ދައްޖާލަށް އީމާންވާ މީހުންގެ ތެރޭގައި ގިނަވާނީ ވިސްނުން ކޮށި އަންހެނުންނެވެ.
81- ތުނޑެއް ބިހުރައެއް ރީތި ހުތުރުގެ ތަފާތެއް
ތަޢުލީމީ ގޮތުން އެއްވެސް ހޭލުންތެރިކަމެއް ނެތް މީހުންނެވެ.
މި ފަދަ މީހުންނަށް ދައްޖާލުގެ ''މޮޅުކަމާހުރެ'' ހައިރާންކަން ބޮޑުވެގެން ތެދުވެ ހަރަކާތްތެރިވާންވެސް ނޭނގޭ ފަދަ 3 ދުވަސް އޭނާ ކުރިމަތި ކުރާނެއެވެ.
83 - މަހެއް ހަތް ދުވަސް، ތިން ދުވަސް ދިގުމިނެއްގާ
މި ދުވަސްތަކުގެ ދިގުކުރުމިން މިހާރުގެ ދުވާލެއްގެ ދިގުކުރުމިނާ ތަފާތުވާނެ އެވެ. އާދައިގެ ދުވަހަކަށްވުރެ ވަގުތު މާ ދިގުވާނެއެވެ.
84 - ގަޑިން ދަންފުޅިން ޛިކުރަކުން ފަދަވި ކަމަކުން
އެކަމަކު ވަގުތުގެ އަސްލު ދިގުކުރު މިން ބެލެމުންދާނެ އެވެ.
ހެޔޮ ގޮތުގައި ތިބި މީހުން މި މުއްދަތުގެ ތެރޭގައިވެސް އާދައިގެ އާންމު އުސޫލުން ވަގުތުތައް ދެނެގަނެގެން ނަމާދާއި ރޯދައިގެ އަޅުކަންވެސް އަދާ ކުރަމުން ދާނެ އެވެ.
86 - މި ކަންކަން މިހެން އުނގެނިގެން ދެނިތިބިއްޔާ
އިސްވެ ދެންނެވުނު ކަންކަން މި މަގުން ދަސްކޮށް އުނގެނިގެން ތިބިއްޔާ ދައްޖާލު އަރާ ދުވަހު މި ކަމުގެ ފައިދާ އެބަޔަކަށް ކުރާނެއެވެ. ފޮތް ނުނިމޭ....
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)
![]() ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|