މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| އައްޑޫ ޅެންވެރިންގެ މުޝާޢިރު |
|
|
| ދިވެހި - ވަޒަންބަހުރުވަ | |||
| 01 ފެބްރުވަރީ 2009، 11:44 އާދީއްތަ | |||
|
އަޙުމަދު ނާޞިރު، ޑައިމަންޑްވިލާ، ސ. ހިތަދޫ މިއީ 2008 ވަނަ އަހަރު ޏ އަތޮޅުގައި ޤައުމީ ފެންވަރުގައި ބޭއްވި ޅެންވެރިންގެ ޕްރޮގްރާމުގައި އައްޑޫ އަތޮޅު ޓީމުން ހުށަހެޅި ޅެން ވެރިންގެ މުޝާޢިރާގައި އައްޑޫ ބަހުރުވައިން ހުށަހެޅުނު ކުރު ޅެންތަކެކެވެ. މިއީ ކޮޕީ ޅެންތަކެއްނޫނެވެ. ވަގުތުން ހުށަހެޅުނު ސިލްސިލާއެއްގެ ބޮޅުތަކެކެވެ. މިމަސައްކަތުގައި އިސްވެ ޙާރަކާތްތެރިވި ޅެންވެރިންނަކީ:- އަލްފާޟިލް ޙަސަން ލަބީބު، ކެމީ/ސ. ހިތަދޫ - އަލްފާޟިލް ޢަޙުމަދު ނާސިރު، ޑައިމަންޑްވިލާ، ސ. ހިތަދޫ - އަލްފާޟިލް ޢަބްދުލްޙަމީދު ޢަލިދީދީ، ފިސްފިސާގެ. ސ.ހިތަދޫ - އަލްފާޟިލް ޢަބްދުﷲ ހާނީ. ސ. މީދޫ ސުވާލެއް ގޮގޮޑިން ތެއު ހިޔަގެން ބޮލެލާގެން ތިބި ހުދު އިއްސަށި ކަޅަކޮށްގެން ދޮގޮވެޑި ލޮނޑިކެޑެ ރެއްކާ ދިވިމެއި އޭ މާމުޅުކަމަކަށް ވޭށީ ހުރުޖެހިފެއި ހިށި މުސްކުޅި މޫނަކި ހުރުހެއުކޮށްފެއި ނަލަކެޑެމެއި ދުރެތިބި މީހުން ނަލަނަލަ ކީމެއި ފިޠުރީ ގޮއް އަނބަރައި އޭށީ ކާނލޯ މާތެރެ މާާތެރެ މިލެކަށް ދަޅަދައްކައި ވޭނޑޭމީހުން މާލޯބިން ކަމުގައި ތިބެ ހެދިގެން އޮޅުވާއް ހިނގިމެއި އޮޅުވޭށީ އައްޑޫ ހަޖޫ އެއްލި ދެހެލަ ޖެއްސި ދެރަށި ދެރުކެ ދެފަނި ދެކެޑެ ދެކުރި ގެއްލި ދެހެލަ ޖެހެނެ ދެތަނި އެއްލި ތަކުރު ފިލަގެ އެރަށި ފައްސިހި ފިލަ ފަހިލާގެން ރެއްސި ކުކުޅު ރަށި ދިވަފެއި އައްސެނެ ހިށި އާށެ ދަށަށް ވަންކޯ ދިޔެ ބަލަގެން ހިށި ކޮޅި ހެދިމެއި ފޮޅި ކާގެން އޮޅިއެއި ހިށެެ ހޮޅިހަދަގެން މޮޅިވީމެއި ދޮޅި ބެނދެގެން ގޮޅިއަށްވެދެ ފިލަފެއަި ހިށި އިސްތިރި ކަށިމަތިން އަޑަކެއްވަމުން އަދި ހަށިފުރެއި ނޭވާ ލަމުން ބަށިގެހުން ބިނދެ ކައްކަމުން އަދަ ތަށި ބޮނީ ހެއްލޭކަމުން ފެޅިކެރާ ބެރެ ބެދި މަލުން އަޅި އުނދުނެ ވަޑިލާ އެއްތަކުން ކަޅިކެރާ ކަޅި އެށަނަކުން ހަމަ މަޅިފަތިން ތެޖަހާ ޖެހުން ގަޅިމަތިން ދެމިޔަސް ތެހެން ބަލަ އަސަރަކަސް ނިކެރައި މަކަށް ހަޅި ތެހެން ހިށެ ބޭވެނާހަސް އަވަނިހެއްލޭށުން ތެހެން ހައްބޯ ރާހި ކަލޯ ކަލޯ ބަބުރު ކަލޯ ދެން މިރަށަށް ނިއަރާހެތި ކަލޯ ކޮބާ ގޮނޮދަށިކަން ކުދުކުއްދާ ވިސްނާހެތި ކަފިކެޑެ ކުޅި ފިލަހަންޑިޔެ ހާމުންޑިޔެ ކަށިހަންޑިޔެ ތަފިރިން ކައްޑޮއި ބިމެކަން ބަޑިއެދުރާސް ނިއަރާހެތި ދުންއެޑަގެން ދިރިކޮތަނބިރި އާފެހެނާ ކުދިންގެ ބިރި ތުންބޯ މެލަބެނޑި ދައިތާ ހެއި ހިށެގެން ނިއަރާހެތި އަތެޅެތެރުން އައްޑޫ އަތެޅަށް ބަލަގެން ހޮވަފެއި ތިބި ތަންތަންމީ އައްޑޫއަށް ވިސްނާކޯ ނަންދެމިހިށި ތަންތަންމީ މާހެރެ ދީރޮނޑި ކޯހެރަ ފެންމުލިއެއި ކަށްބޯހެރަ މާއެޅެ ލޮނޑިކެޑެ ޓަކިޔާ މުންޑާމާ ހައުފަށަ މީ ހެރެގަނޑިކެޑެ ކޯގަންނާ ވަރަވެހަ ކޯއްޓޭ ތުނޑިޔާ ހެރަފާކުރި ޖިމިޝްކަރާ ރަނިން ހަނާ ފެންގަނޑަމީ ނަސޭހަތައް ފަރަދަށި ފިލަގެން ދެން އޯއި އޯފެއި ކަނހުބާ ފިޔަގަނޑަ ތަޅަމުން އާއްސެއި ވަރަކަށް ގިނަ ގިނަ ބިސް އެޑައެޑަފެއި ވަރަބަލިވީމެއި އެރިގެން ފިލަނީ ބިސް ފިލަވީމެއަ ދެން ފިލަފަޑަގެން ކުދުކަނހުބާމެން ތިބެ ފިރިކޭމުން މިސްރާބު ޖެހީ ދެޔަގަނޑަ ބަލަފެއި މައި ކަހުނބާ ނެއް މެއިޔަސް ދިވަނީ މިއުސޫލަށް އަދަ އަފިރިންގެ ކުދިން ނިހަދައި އެކުދިން ދަގުނަށް ވޭނޑެއު މިއުސޫލެ ހިފާ ފެހެނާ އަފިރިން ދުނިއުމުރަށް ހަމަގޯވާއް ޖެހެން
|
| ހަމަ މި ގަލަމުން |
|---|