މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
|
| ފިކުރު |
|
|
| ދިވެހި - ވަޒަންބަހުރުވަ | |||
| 01 ފެބްރުވަރީ 2009، 20:32 އާދީއްތަ | |||
![]() ލިޔުނީ: އަލިފުޝީނު 1. ސެކިއުލެރިޒަމަކީ އެކީގައި ދައުލަތުން ދީން ވަކިކުރުން ދައުލަތުގެ އަރްކާނުގައި ދީނަށް މަޤާމެއް ދެވި ނެތުން 2. ކޭމްބުރިޖް ބަސްފޮތުގެ މާނައިގައި ބުނާގޮތުގައި އެއީ އިޢްތިޤާދު ކުރުން ތީރީގައި ނަޤުލުމިކުރާ މޭރުމުން 3. ދައުލަތެއް މިނިވަން ހިނގާއިރު އިޖްތިމާޢީ ކަންކަމާ އަދި ސިޔާސީ ކަންކަމާ ދީނާ ނުބައްސާ ކޮށްއުޅުން 4. ސޯޅާވަނަ ޤަރުނުގެ ތެރޭގައި އާދެ! މީލާދީ ގޮތުން މިފިކުރެއް ފުތަރަމަ އުފަންވީ ޔޫރަޕުގެ ދައުލަތް ތަކުން 5. އާދެ ކެތޮލިކް ޗަރޗްތައް އިޞްލާޙު ކުރުމުގެ ފިކުރުތައް ނެރުނު އާޚިރު މީ ނަތީޖާ ނަންދެވުނު "ރިފޮމޭޝަނުން" 6. މީގެ އިދިކޮޅު ރައްދަކަށް ވީ އުފެދި ޕްރޮޓެސްޓެންޓް ޗަރޗް ދެމެދު ވެވި ހަނގުރާމަތަައް ދޭދޭ ޤައުމު ލޭ އޮހޮރުވުން 7. އިޤްތިޞާދާ މުޖްތަމަޢް ދީނާ ސިޔާސަތު ވެސް އެތާ ދެންނެވުނު ރިފޮމޭޝަނުން ހިންގަންފެށީ އާ މަގުމަގުން 8. ކީއްވެތޯ؟ މަރޓިންލުތަރ މިކަމެއް ފަށައިގަނެގެން ކުރީ ސަބަބަކީތޯ؟ ޗަރޗުތައް އިންނެތެވި ހައްދު، ފަހަނަ އެޅުން 9. ފައްޅިއަށް އޮތް ބާރުވެރިކަން ނަމުގެ ދީނީ ނިވަލުގައި – ބުއްދި ހަމަ ނުގަބޫލުވާ ހަމަތަައް މަތިން ހިންގަން ފެށުން 10. ފަހެ އެހެންޏާ! ޗަރޗަކީޔޯ ފާފަފުހެދޭ ތަންތަނީ އަދި ކިޔެއްތޯ ފާފަ ފުހެވުންވެސް އޮތީ ގަނެވިއްކުމުން 11. ފާފަތައް ކޮށްފައި އައިސް ފައިސާ ދިނީމާ ހަމަ "ހެމުން" ފާފަ ފުހެދީ، ސެޓުފިކެޓުވެސް ދޭކަމަށްވޭ ހަމަ ހިނދުން 12. އަސްލު ލަފްޒުގެ މާނަވީ ފަސްމަންޒަރަށް ދޭށޭ ނަޒަން މާތް ވި އިސްލާމްދީން މިއާ ގުޅުވޭނެ ނެތް ހަމައެއް ސަފުން 13. ހަމަވެ މުއްދަތު ގެއްލިފައިވާ ދީނަކަށް ވަރިހަމަ ވިޔަސް ނެތްމި އިސްލާމީ ނިޒާމަކު ލިބެވުމެއް ތިކަމަށް ރުހުން 14. މާތް މިދީނުގެ ތަރަހައެއް މަޞްލަހަތު އޮތްމަގު އިސްކުރުން އަދި ކިޔެއްތަ ފަސާދަ ކުރިކެނޑި ދޮރުތަކަށް ވެސް ސިލްޖެހުން 15. މާތް އިލާހުގެ ޙުކުމު ފުޅުތައް އާދެ ތަންފީޒުވި ޒަމާން އާންމު ކުރުވި ކަމެއް އާމާން! އެއްބަސް ވެވޭނެ ދުލާ ހިތުން 16. އެހިނދު އެއްވެސް ސިފަޔަކުން އަޅުވެތިވުމެއް މަޚްލޫގުނަށް ވުންނެތެވި ޢިއްޒަތްތެރިވި، އެއިލާހުއަށްް އަޅުވެތިވުމުން 17. ކަންމިހެން އޮއްވައި ނިފާޤުގެ ބަލި އުފެއްދި އުދާހަކުން އުންމަތުގެ ޝާނާއި ޝައުކަތު ވިރުނު އެކުގައި މަޑުމަޑުން 18. އެއްގޮތަށް ޔޫރަޕުގެ "ތަހުޒީބާ" ހިނގުން މިސްރާބު ހިފި އާދެ އިސްލާމީ ބައެއް ކަންކޮޅުތަކުން ދީލާލުމުން 19. އާދެ ތުރުކީ ނަންގަވާށޭ މިބުނި ބަހުގެ މިސާލަކަށް ދައުލަތުން ދީން ވަކިކުރީ ހަމަ ގަދަ ބަދަވި ވީދާލުމުން 20. ހުކުމުތައް ދީނުގެ މިނޫން ހަމަތަައް އެހެން ތަންފީޒުވެވި ފަރުޖެހުނުތޯ؟ ނޫން! ނިމުން އައި ސެކިއުލަރ ޤާނޫންތަކުން 21. މީ ނުރައްކާތެރި އުކުޅުތައް ގިނަ ހިނގާ ހަނގުރާމައެއް ފަހުވަގުތު ގައި ގަސްކަނޑާލާނީ ގަހުގެވެރިޔާ އަތުން!!! 22. ފަތުރަނީ ތަޢުލީމުގައި އަދި މީޑިޔާގައި މިފިކުރެއް އެތުރުމަށް ޤާނޫނުތައް ތެދުވާ ސިކުނޑި ދޮވެވޭ މަގުން 23. މާއިހުއްސުރެ އޮތް ޢަދާވާތްތެރިކަން މިފިކުރުގެ ހިޔަލުގައި ފޮރުވުމަށް އުޅެނީތަ ނުކުރާށޭ ޚިޔާލު ތިހެން ސަފުން 24. މި އުރެނީ މިކަމަށް ހިފާފައި ދެވި ތިބޭ ބަޔެކޭ މަރަށް ލައްކަ ގިނަ ވާޤިޢު މިކަމުގައިވެސް ފެނޭމެ ބަލާލުމުން 25. ބައްލަވާށޭ ވެރިކަމާ ސައްދާމް ޙުސައިނުގެ ކުޅުނުއިރު ލަޝްކަރުން ގުޅިފައިވި ހަމަލާ މިސައިލުން ދިން ފުލުފުލުން 26. އެފަހު އެއްގަމު ލަޝްކަރީން އެކުގައި އަރައިގަތް، ހަމަ އެހިނދު މިޝަނަރީ ސަފުތައް އެތާ ފައި ހަމަކުރީ އެއް ތާލަކުން 27. ފްރެންކްލިން ގްރެހަމް އެހީގައި ލަޝްކަރީންގެ، އެވަގުތުވެސް ކިހުލު ލާ ބައިބަލްތަކެއް، ފޭބީ ޢިރާޤު ބިމަށް ހެމުން؟! 28. މިހިނދުގައި އާންމުންގެ ހިތްތައް ފަތަޙަކުރުމުގެ މަގުކޮށާ، ދީ އެހީ ގިނަގުނައެތަށް އެކި ނަމުން އެކި ވަރުވަރުން 29. އެހިނދު ހަމަ ބައިބަލްގެ އެކި ބަހު ތަރުޖަމާ އިޞްދާރުތައް ކުރެވިދާއިރު ދެންފެށޭ ގާތާ ދުރަށް އެ ހިލޭ ބެހުން 30. އެންމެބޮޑު އެދުމީ ހިނގާ އެއުރެންގެހިތުގައި މެދުނުކެނޑި "ކާލިގަނޑު ގެތަކަށް" މި އިސްލާމީބިމުން ފުރުސަތު ލިބުން 31. ކޮންކަހަލަ ހިތްތިރި ބައެއް ދީލަތި ބައެއް ދެއްތޯމިއީ!؟! އޭގެ ނިވަލުން މަކަރު ހީލަތް ކެކިއަރާ ހުރެ ކޯދެމުނ ް 32. ރީތި ހިނިތުން ދައްކަމުން ކުރިމަތި ލިޔަސް އެއުރެންނުވޭ މުސްލިމުންނާ މެދު ރުހޭނޭ ބަޔަކު ކަމުގައި ހެޔޮހިތުން 33. މިބަހުގައި ހުރި ވިއްދި ވަރުހުރި އާރުލާ ކައްތިރި ކެނޑީ ދެވަނަ ސޫރަތުގައި އެއޮތް އެއްސައްތަ ވިހިވަނަ އާޔަތުން(*) ް(*) (ސޫރަތުލްބަޤަރާ: 120) ![]() މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (3)
![]()
...
ލިޔުނީ ހޯވީސް :-D, 2009-02-02 10:44:08
ޅެން ވަރަށް ޢިބުރަތްތެރި... ނަމަވެސް ޢަރަބި ބަސްތަކާ އިނގިރޭސި ސިޔާސީ ލަފުޒުތައް ގިނަކަމުން ޢާންމު މީހާއަށް ދޭހަާވާނެ މިންވަރާމެދު ހަމަ ހިތުގައި ސުވާލު އުފެދޭ... މީހުންނަށް ވާގޮތެއް މާ ބޮޑެތި ބަސްތައް ބޭނުންކޮށްފައި ހުރުމުން ކިޔާ ނުކިޔާ މަފްހޫމު ނުވިޔަސް ރީއްޗޭ މޮޅޭ ބުނާލޭ ވަރަށް ފަސޭހަވާނެ... ބޭނުމަކީ ފޯރުކޮށްދިނުން ދޯ...! ޢަރަބި އަދި އިނގިރޭސި ލަފުޒުތައް ޅެމުގެ ވަޒަނަށް ފެއްތުމަށް ބަދަލުކޮށްފައިވާ ގޮތްތައް އަޅައިގަނޭ!
ރިސާޗް ވަރަށް ފުންކަން ފާހަގަ ކުރެވޭ... ނަމަވެސް ސެކިއުލަރިޒަމްގެ މަގުޞަދާމެދު ސުވާލު އުފެދޭ ޅެން ކިޔާ ނިމޭއިރު... މާޓީން ލޫތަރ މިކަމެއް އުފެއްދީ ޗާރޗްގެ ބާރުކަނޑުވާލަން ކަމަށްވާނަމަ މިކަމުން ނަޞާރާދީން ފެތުރެންވީ ކީއްވެ؟ ބުނަން ތިޔަ އުޅެނީ މިކަމަކީ ނަޞާރާދީން ފަތުރަން ބޭނުންކުރާ އުކުޅެކޭ ދޯ...؟ އެކަމަކުވެސް ހަމަ ހިތުގެ ސުވާލުތަކެއް އުފެދޭ... (Conflicted :-D) ޢެންމެ ފަހު ބައިތުގައި ޤުރުއާނުގެ ރިފަރެންސް ގެނެސްފައިވާ ގޮތް ވަރަށް ރީތި... ޙަންމާދުހެން އަޅުގަނޑުވެސް އެދެނީ ކުރިޔަށްދާނެ ކަމަށް...
... ލިޔުނީ އަޙްމަދު ޝަމީނު ދޮންމަނިކު, 2009-07-14 19:47:50
ހޯވީސް ކުރައްވާފައިވާ ސުވާލަށް ޖަވާބެއް ނުދެވި މިހާ ގިނަދުވަސް ވޭތުވީތީ މާފަށް އެދޭވާހަކަ ދަންނަވަމެވެ.
އަދި ދަންނަވަމެވެ. މިއީ މިކަން ހިނގާގޮތެވެ. ބޭރުގެ ނަޞްރާނީ ޘަޤާފަތްތަކުގެވެރި ޤައުމުތަކުގައި ބޮޑެތި މިސްކިތްތައް އެޅުމާ ދެކޮޅަށް ޤައުމުގެ ވަޠަނީ ރައްޔިތުން މުޒާހަރާކުރަމުން ދާއިރު އެޤައުމުތަކުގައިވާ ބައިމަދު މުސްލިމުންގެ އިސްލާމީ އިޖްތިމާޢީ އަދި ސިޔާސީ ޖަމާޢަތްތައް ގުޅިފައިވާނީ އެޤަމުތަކުގައި ހަރަކާތްތެރިވާ (ތަފާތުދީނީ ފިކުރުތަކަށްވެސް ހަމަހަމަ ފުރުޞަތުތަކެއް ދިނުމަށް އެއްބަސްވާ)ސެކިއުލާ ޖަމާޢަތްތަކާއިއެވެ. ސަބަބަކީ... ހަމަ މިބީދައިން އިސްލާމީ ޤައުމަކަށް އެހެން ދީންތައް ވައްދާނެ ދޮރެއްހެދުމަށްޓަކައި ފުރަތަމަ ކަނޑަލެވޭ އާނގައެއްކަމުގައި ސެކިއުލާ ފިކުރާއި އޭގެ ޖަމާޢަތްތައް ވާނެކަމީ ޝައްކެއްވެސް އޮތްކަމެއްނޫނެވެ. ކަންމިހެން އޮތްއިރު އަޅުގަނޑުމެންގެ މި ދިވެހިރާއްޖެފަދަ (100% މުސްލިމް ކަމުގެ ރަސްމީ ހައިސިއްޔަތެއް ލިބިފައިވާ) ޤައުމެއްގައި ސެކިއުލާފިކުރާ މެދު ސަހަރޯވެރިވާން ޖެހޭކަމުގައި އަޅުގަނޑު ދެކެމެވެ. މާޓީން ލޫތަރ ގެ މަސައްކަތް ފުރަތަމަ އަމާޒުވީ ކްރިސްޓިއަނިޓީއަށް ނަމަވެސް މިދެންނެވި މަގުން މި ދެ ބައިމީހުންގެ މިސްރާބު އެކައްޗަކަށްވެ އިސްލާމީ ޤައުމުތައް (ޚާއްޞަކޮށް އަޅުގަނޑުމެންގެ މި ދިވެހިރާއްޖެ ފަދަ ޤައުމުތައް) އެބައިމީހުން އަމާޒަކަށް ވަނީއެވެ. ހޯވީސްމެން ތުއްފާށަނާމެން އަދި އެހެންވެސް ކިޔުންތެރިން އަޅުގަނޑުގެ މަސައްކަތްތަކަށް ތިޔަ ވިދާޅުވާ ފައްނީ ފާޑުވެރި ބިނާކުރަނިވި ފާޑުކިޔުންތަކާއި ދެއްވާ ޚިޔާލުތަކަށް މަރުޙަބާ ކިޔަމެވެ. ފަށްފަށުން ޝުކުރުވެރިވަމެވެ! ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|
"ދޮގުހެދުމާއި ނުބައި ޢަމަލުތައް ކުރުމުން އެއްކިބާނުވާ މީހާ (ރަމަޟާންމަހުގެ ދުވާލު) ކާބޯތަކެއްޗާ ދުރުހެލިވެގެން ހުރުމަކަށް މާތް ﷲ އޭނާގެ ކިބައިން އެދިވޮޑިއެއްނުގަންނަވަ އެވެ." (ޙަދީޘްފުޅެއްގެ މާނަ) |
ވަރަށް މަޢުލޫމާތު މުއްސަނދި، ކުޅަދާނަ ޅެންވެރިއެއް.
ކުރިޔަށް ދާނެ ކަމަށް އުންމީދު ކުރަން.