ފަންވަތް ދިވެހި ޅެންބަހުރުވަ ލޯބި 98،
ބެލި ޢަދަދު: 2093
ލޯބި 98، ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 2
ދެރަވަރަށްމޮޅު 
ދިވެހި - ވަޒަންބަހުރުވަ
04 ފެބްރުވަރީ 2009، 00:59 ބުދަ

= މުޚްތާރު ފަހުމީ =

ލޯބީގެ ކޮންމެ ނޭވަޔަކީ އާ އަރާމެކޭ
       ލޯބިން  ބަލައިލިޔަސް އެކުރީ އިޙްތިރާމެކޭ

******************************

ލޮލަކަށް އެހެން އަރާމުތަކެއް ވަނަޔަކަށް ނުދޭ،
    ލޮލަކުން ލޮލަށް މިއަދު މިދެނީ ކަރުނަ ތިއްކެކޭ

ބުނެވޭނެ ޢިއްފަތާ ހެޔޮ ޚިދުމަތް އެހާމޮޅޭ،
    ބުނެފާނަމޭ މަވެސް މިވަނީ ހާދަ ލޯތްބެކޭ

ވެނިމުނުކަމެއް ވެނިމި ދިޔައީ އެންމެ ރަނގަޅަށޭ،
    ވެނިމޭވަގުތު ހިތަށް އަރައޭ ޚާއްޞަ ނިމުމެކޭ

ތިޔަ އާރު ނޫރު އަނދިރި މިސަރަޙައްދު އަލިކުރީ
    ތިޔައީ އެތައް އިނާމުތަކެއް ޙައްޤު ރޫޙެކޭ

މަ އެދެން ކަލާ އަޅާ ނުލިޔަސް އޭގެ ޒާތުގާ،
    މައެހާ ރުހެން ތަޅާމެރިޔަސް މީ އަޖާބެކޭ

އުފަލުން ރޮވޭ ބަލީގެ ނަތީޖާއަކީ އަރާމު،
    އުފަލާއެކީ، މި ފާޅު ކުރީ ހިތުގެ ސިއްރެކޭ

މޫސުން ހިތާ ކުޅޭ ކުޅުމާ ދުލުގެ ކަސްރަތާ،
    މޫސުމުގެ ރީތި ވައި އަޑަކީ ނާނަނާއެކޭ

ނުނިދޭ ނުވެސް ކެވޭ އެވަގުތު ހާދަ ބޭނުމޭ
    ނުނިދާ ނުކައި ނުބޮއި އުޅެވޭވަރުގެ ބާރެކޭ
----------------------------
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (1)Add Comment
...
ލިޔުނީ އައިޝް, 2009-02-04 03:06:34
އަޅެ މީ ހާދަ ރީތި ޅެމެކޭ!
ވަރަށް ބޮޑަށް ޝުކުރިއްޔާ މުޚްތާރް...

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 2093
extra avandia and congestive heart failure