ފަންވަތް ދިވެހި ޅެންބަހުރުވަ މި ނިކަމެތި ހިތުގެ ފަސާނާ
ބެލި ޢަދަދު: 1862
މި ނިކަމެތި ހިތުގެ ފަސާނާ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 1
ދެރަވަރަށްމޮޅު 
ދިވެހި - ވަޒަންބަހުރުވަ
06 ފެބްރުވަރީ 2009، 03:28 ހުކުރު


ލިޔުނީ: އަލިފުޝީނު

ކަލާގެ ހިތަށް މި ނިކަމެތި ހިތުގެ ފަސާނާ ފޯރާނީ ކިހިނަކުންތޯއެވެ!!!

ހުރަސް ކުރަން އޮތް ދިގުރާސްތާ ދިގެވެ.

ހުރަސްކުރެވުނު އެ ދިގު ރާސްތާ އަދި މާދިގެވެ.

ސަރާސަރު ހިލަ ބިމުގައި ވެސް މި ފިޔަވަޅުތައް އެޅޭގޮތް ނުވެ

ގަނބައިގަންނަން ފަށައިފިއެވެ.


ބިންގާ މައްޗަށް ނެގި އުސްފާރުތަކުގެ ފުރަގަހަށް ލާ ކަލާގެ ގަނޑުވަރު ކަލާ ފޮރުވައިފިއެވެ.



ކަލާގެ ހިތަށް މި ނިކަމެތި ހިތުގެ ފަސާނާ ފޯރާނީ ކިހިނަކުންތޯއެވެ!!!
ރިހިހަނދާ ފެތުރިފައިވާ ހަނދުވަރާ އޭގެ ތެމާވެސް އެ އެއްބަސްވަނީއެވެ.
ފިނި ރޭތަކުގައި އެ ހަނދުވަރުމަތީ މި ޝަކުވާ އުފުލައިދިނެވެ.
ފާން އަދި ކޮކާ ހަނދުވަރުންވެސް މަގު އަލިކޮށްދިނެވެ.
ހުރިހާ އުންމީދައިގެން ގޮސް އުންމީދާއެކު އުންމީދުގެ ކުންނަށް އަރައިފިއެވެ.
އެހެނަސް ކަލާގެ ފަށުވި އަބުއި ޗާދަރު އެ ހަނދުވަރު ތިޔަ މޫނަށް އެޅުމަށް ހުރަސްއަޅައިފިއެވެ.

ކަލާގެ ހިތަށް މި ނިކަމެތި ހިތުގެ ފަސާނާ ފޯރާނީ ކިހިނަކުންތޯއެވެ!!!
ދައުރުވާ މޫސުން ބަސްބުނެ އެއްބަހޭ ބުނާ އަޑު އިވޭނެއެވެ.
ފިނި ވައިރޯޅި ތިޔަ ހަވޭލީގެ ވަށައިގެން ކިޔަމުން ދިޔައީ މި ތަރާނާއެވެ.
ހެނދުނާ ހަވީރާއި އަބަދާއި އަބަދު، އަދި ތާއަބަދުވެސް މެއެވެ.
ނަމަވެސް ކަލާގެ ދާނުގެ ވަފާތެރިކަމެއްނެތް ސަނދުވާ ހަތިޔާރާ ހަނގުރާމައިގައި މޮޅުވެ އެކަން އިޢުލާނުވެސް ކޮށްފިއެވެ.

އާހްހްހް. . .
ތިޔަ ހިތަށްވެސް މި ފަސާނާ ފޯރާނީ ކިހިނަކުންތޯއެވެ!!!
ދިވެހި ބަސް އޭގެ ސިހުރުވެރިކަން މިދެމެދުގައި ރަނގަޅަށް ފަތުރައި ނިންމައިފިއެވެ.

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (1)Add Comment
...
ލިޔުނީ ‡¦¨Š°, 2010-12-31 13:37:36
varah reethi adhi ehaame furihama lhemeh

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1862
extra avandia and congestive heart failure