ފަންވަތް ދިވެހި ޅެންބަހުރުވަ މާޔޫސް ނުވާށޭ އޭ ހިތާ!
ބެލި ޢަދަދު: 1705
މާޔޫސް ނުވާށޭ އޭ ހިތާ! ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 4
ދެރަވަރަށްމޮޅު 
ދިވެހި - ވަޒަންބަހުރުވަ
17 ފެބްރުވަރީ 2009، 02:01 އަންގާރަ

އަލިފު ޝީނު

އީމާންކަން ވަރުގަދަވެ ބަލިކަށި ވާކަން ކީރިތި ޤުރުއާން ސާބިތުކޮށްދެއެވެ. ޤުރުއާން ތިލާވަތު ކުރުމުން ފިލައިގެންދާނެ ދަމިލައެއް ހިތުގައި ޖަހާނެ ކަމުގައި ސުންނަތުގައި އައިސްފައިވެއެވެ. ޢުމަރުގެ ފާނުގެ ބުނުއްވުމެއްގައި ވަނީ އީމާންކަން އިތުރުވުން ތިބާއާ ކުރިމްތިލައިފިނަމަ ހެޔޮޢަމަލުތައް ގިނަކުރާށެވެ. އެނޫން ޙާލަތްތަކުގައި ޥާޖިބުތަކަށް ރައްކާތެރިވާށެވެ.
މިލިޔުން އަމާޒުކުރެވިފައި ވިމަނީ ކޮންމެ ހިތަކަށެވެ. އެހިތެއްގައި އީމާންކަން ވަރުގަދަވެ ބަލިކަށިވާ ކޮންމެހިތަކަށެވެ.

ޚާލިޞް ކުރާށޭ ހިތް ތިބާ އެދިގެންވަނީނަމަ ޢާފިޔާ
          ޙާޞިލް ވުމަށް އެދިގެން ދުޢާ ކުރަނީތަ؟ ވާށޭ އިލްތިޖާ             

ނާވެވި ތިހެން އުއްމީދު ނާ، ފަސް ޖެހި ނުވާށޭ ދެން މަނާ
         ފާފައިގެ ކަނޑުގައި ޣަރަޤު ނާ، ނުމެ ވާނެ ކަށަވަރު ދެން އަނާ             

ވެވި ބޭޤަރާރު ކުށުން ކުރާ ޖެހެނީތަ ފަސް! ނޫނޭ އަޚާ
             އިންސާނުނޭ ކުށްކޮށް އެއަށް އަތްއުފުލަނީ ތައުބާ އަދާ             

ބަލަ އިއްވެވީ ހަތް އުޑު މަތިން، ގަދަ އަޑު ހިނގީ ހަތް ބިންއަޑިން
             މަޑުޖެހެވި އުންމީދެއް ނެތެވި ނީންނާށެ! އުންމީދުންފަށާ             

ކިއްލާ އަކީ އީމާންކަމުގެ ބިއްލާހި ތެދު ސުވަރުގެއަކީ
               ހިއްލާނުލާ ސާބިތު ދެ ފިޔަވަޅު ދެދުނިޔޭން ހޯދާބަލާ             

ސުންޕާ ނުބައި އިބިލީހަކަސް ގުންފައިޖަހައި ކުރި އެރިޔަކަސް
                  ހުންގާނު އީމާނީ ހިތަކު ނުހިފޭނެ ނުހިފޭނޭ ހިލާ                 

ފަރުދާ ލޮލުގެ ހިއްލާ ނަގާ ފަރުދާނުވާނޭ ރާސްތާ!
                އަރަހުށި އިލާހުގެ ރަޙްމަތަށް މާޔޫސްނުވާށޭ އޭ ހިތާ        
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (1)Add Comment
...
ލިޔުނީ އަލިފު ހާ, 2009-02-17 13:57:00
ވަރަށްފުރިހަމަ ޅެމެއް. ޝަމީނުގެ މިފަދަ ލިޔުންތައް ފަންވަތުން ފެނުމަކީ 2007ވަނަ އަހަރު ކުއްލިއްޔާގެ ޘާލިސްއަދަބީގެ ހުރިހާކުދިންވެސް ފަޚުރުވެރިވާކަމެއް....... ސާބަސް ...އަދދިވެސް އިތުރު ލިޔުންތައް ފެންނާނެކަމަށް އުއްމީދުކުރަން.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1705
extra avandia and congestive heart failure