މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ހާދަހާ ދެރައެއްވެޔޭ! |
|
|
| ދިވެހި - ވަޒަންބަހުރުވަ | |||
| 19 ފެބްރުވަރީ 2009، 02:12 ބުރާސްފަތި | |||
|
ޝަކީލާ ޙާމިދު ބިޖިލީގެ ހއ. ކެލާ ހާދަހާ ދެރައެއްވެޔޭ ޙުރުމަތް ކަނޑާކަން ހީވެފައިއާދައެއް ކަމުގައި ހަދާ ޖެއްސުންކުރާކަން ހީވެފައި އިސްކޮޅުން ދެމިލާއިރަށް އަޑުހަރުކަމާއެކު ރުޅިހަދާ ފިސްވެހިތް އޮހޮރޭ ވަރަށް އަޑުގަދަ ކުރާކަން ހީވެފައި ބަސް ކިޔާގޮތް ނޭނގުމުން މަސްހުނި ދިވެހި އިނގިރޭސިކޮށް ފަސްނުޖެހި ހީފައި މަލާމާތް ކޮށްހަދާކަން ހީވެފައި އެކުއުޅޭ ގިނަރައްޓެހިންނާ ގުޅި ނަގާ މަޖަލުގެތެރޭ ކެކުޅުމޭ ލިބެނީ ހިތަށް މަގުއޮޅި ދަނީއޭ ހީވެފައި ކޮށްދެވޭ އެއްވެސް ކަމެއް ނެތިފައި ރަނގަޅު ފަހަކަށް އައިސް ކޮށްލެވޭ ކަމަކުން ވަރަށް ރުޅިގަދަވެދާކަން ހިވެފައި އެކުއުޅޭ މިތުރުންގެ ހިތްހަމަ ނުޖެހުމަށް ކަންބޮޑުވެގެން އެކުވެރިން ތިއްބާ ރޮވޭފަދަ ބަސްބުނާކަން ހީވެފައި ކުނިހުތުރު ބަސްތައްގޮވާ ގޮތްދޫނުކޮށް އަޑުގަދަކުރުން ދުނިޔެއިން ދަސްވީ ގޮތެއް ފަހެ ނޭނގެނީއޭ ހީވެފައި ބަސްކިޔާއިރު ހީވަނީ އިސްމީހަކީ އޭނާ ހެނޭ ރަސްދަރިން ފަދައިން މަށަށް ގެންގުޅެވުނީއޭ ހީވެފައި ހާދަހާ އަސަރެއްކުރޭ ލަގަނުން މަގޭއަތް ދޫވުމުން ވާދެރައިން ކުސްކުސް ޖެހީމާ ދޫ ދެވުނުކަން ހީވެފައި އޭރު އަހަރެންވެސް ގޮތެއްގައި ހަރުދަނާ ހިފެހެއްޓިނަމަ ފާރުވަންދެން ލޯ މިއަދު ރޯން ނުޖެހުނީހޭ ހީވެފައި ހޯދި ބައިވަރު ރައްޓެހިންނާ މެދު އަޅައި ނުލެވުނުކަމުން މޯހިރުންވެސް ހެޔޮކަމެއް ފެނިގެން ނުދާކަން ހީވެފައި ރީތި އުޅުމާ ހެޔޮ ނަމޫނާ ގޭތެރޭން ދައްކައި ދިނުން ރީތި ގޮތުގައި ކުދިދަރިން ބައްޓަން ކުރާކަން ހީވެފައި ނޭނގިގެން ކަންދެއްކުމަށް ކަނނު ލޯބި ދެވުނީމާ މިހެން އޭގެ ގެއްލުން ޢުމުރުގައި އުފުލަން ޖެހުނުކަން ހީވެފައި (ނިމުނީ)
|
| ހަމަ މި ގަލަމުން |
|---|