ފަންވަތް ދިވެހި ޅެންބަހުރުވަ ވަފާތެރި އަނބިން
ބެލި ޢަދަދު: 2738
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
ވަފާތެރި އަނބިން ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 10
ދެރަވަރަށްމޮޅު 
ދިވެހި - ވަޒަންބަހުރުވަ
08 މާރޗް 2009، 01:59 އާދީއްތަ

ފަންވަތުގެ ޚާއްޞަ ނޯޓު:


މި ލަވަޔަކީ،  އަލްފާޟިލް މުޚުތާރު ފަހުމީ ހައްދަވައިފައިވާ ޅެމެކެވެ. ލަވައެއްގެ ގޮތަށް ވަކި ރާގަކަށް ކިޔުއްވައި ފައިވަނީ، އަލްމަރުޙޫމު މުޙަންމަދު ރަޝާދެވެ. އަލްފާޟިލް މުޚުތާރު ފަހުމީގެ މި ހަދިޔާ ފަންވަތުގެ އަހުލުވެރީންނަށް  ފޯރު ކޮށްދެވުމަކީ،  ފަންވަތަށް  ލިބޭ ވަރަށް މަތިވެރި އުފަލެކެވެ.

އޯޑިއޯ އަޑު އެއްސެވުމަށާއި، ޅެން ބައްލަވައިލެއްވުމަށް، ''އިތުރަށް'' މި ފިތުގެ ބޭނުން ހިއްޕަވާށެވެ.








މުޚުތާރު ފަހުމީ

ވަފާތެރި މޫނު އަލި ޞާލިޙު އަނބިން އޭ ޚާއްޞަ ނިޢުމަތެކޭ
    އުފާވެރި އެފަދަ   ނިޢުމަތަކީ،  ފިރިންނަށް މާތް ޢިނާޔަތެކޭ

ދެހިތް ރުހުމުން ކުފޫ ހަމަވާ ގޮތުން ދީނަށްޓަކާ އެދިގެން
    ދެހިތް ގުޅިގެން    ކުރާ ކާވެންޏަކީ،    ލޯބީގެ ޢިއްޒަތެކޭ

މުރާލި ގެވެހި އަމާނާތްތެރި އަނބީންގެ ލަޠީފު ޚިދުމަތަކީ
    ފުރާނަ އެ ޙައްޤުގައި ޤުރުބާން ކުރުން ވެސް ޙައްޤު ޚިދުމަތެކޭ

ދަލާ ކަރުނައިގެ އަސަރުން ވެސް ޔަޤީންވޭ އެކަނބަލުން މާތްކަން
      ބަލާ އިރު އެކަމަކީ  ވެސް  އިންތިހާ   ދަރަޖައިގެ  ލައްޒެކޭ

ގެވެހިި އަނތްބެއްގެ ނިޔަނެތި އުޅުމުގައި ލޯބިން ކުރާ ޝަކުވާ
      އެވެސް ހެޔޮ ބަސް  ގަބޫލުކުރާ  ފިރިންނަށް ހެޔޮ ނަސޭހަތެކޭ

އެކަނިވެރި ވާނެހޭ  މި ޙަޔާތުގައި  އޮޅިގަނޑު   ރަނގަޅުވީމާ
      އެކަނބަލުން އޭ ދަރީންނަށް ވެސް ވަރަށް ލޮބުވެތި ޙިމާޔަތެކޭ

ދެފުށް އަލި ކޮންމެ ހިތަކަށް ވެސް އެހެން ހިތްތައް ލެނބޭ ލޯބިން،
     އެފުރުޞަތަކީ، އަނބިންނަށް ހެޔޮ ފިރިންނަށް ރަނުގެ ފުރުޞަތެކޭ

މި ބޭނުންތެރި މިސާލުތަކުން އެނގޭ ހިތްހެޔޮ އަނބިންގެ މަޤާމް
    ލިބޭ ވަޅި ތޫނު ނަމަ ވަޅި ރީތި ވާނެ،      މިވެސް ޙަޤީޤަތެކޭ

މި ދުނިޔޭން ގަސްތުކުރެވޭ އެންމެ ހެޔޮ ކަމަކީ އެ ކަނބަލުންނޭ
     ނިދުންވެސް   ދިރިއުޅުންވެސް    ބާއްޖަވެރިވާ އޭ  ވަސީލަތެކޭ

                    (ނިމުނީ)

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (7)Add Comment
...
ލިޔުނީ Fahumeeeeee, 2009-03-08 14:00:29
Veedio nufeney
...
ލިޔުނީ ފަންވަތް, 2009-03-08 15:55:51
ފަހުމީގެ ނަމުގައި ކޮމެންޓު ކުރެއްވި ކިޔުންތެރިޔާއަށާއި، އެހެނިހެން ކިޔުންތެރީންގެ ސަމާލު ކަމަށްޓަކައި ދަންނަވަމެވެ. މިއީ ވީޑިއޯ ކުޅެފައިވާ ލައެއް ނޫނެވެ. މި ލަވައިގެ އޮންނަނީ ހަމަ އެކަނި އޯޑިއޯ އެވެ. މި ލަވައިގެ ވީޑި އޯ އޮންނަ ކަމަށް ބައެއް ބޭފުޅުންނަށް ހީފުޅުވަނީ މި ނަމުގައި ދިވެހި ލަވައިގެ ފަންނާނު ''މުޚްތާރު'' ލަވައެއް ކިޔުއްވާފައި އޮންނާތީ ކަމަށް ވެދާނެއެވެ. އަދި މިއީ އެ ލަވަ ކަމަށް ހީފުޅުވުން ވެސް އެކަށީގެން ވެއެވެ.

މިއީ އެ ލަވައެއް ނޫނެވެ. އެލަވަ ނިކުތުމުން، މި ޅެމާއި އޭގެ ބަސްތައް ހުރި ގާތްކަމުގެ ސަބަބުން، އަޅުގަނޑު ލަވަކިޔުންތެރިޔާއަށް ގުޅީމެވެ. މި ޅެމުން ނަކަލު ކޮށްފައިވާ ކަމަށް ބެލެވޭ ކަމަށް ނަންގަތީމެވެ. އެހެން ކަމަށް ވާނަމަ އެއީ ވަރަށް ދެރަކަމެއް ކަމުގައި ނަންގަތީމެވެ. ޖަވާބުގައި ބުނުއްވީ އެއީ އަލަށް ޅެން ހަދާ ހިތުން އުޅޭ މި ވެނި މީހެއްގާތު ތިމަންނަ އެދުނު އެދުމަކަށް އޭނާ ހެދި ލަވައެއްކަމަށެވެ. ތިމަންނަ އޭނާ ގާތު ބުނީ ޅެން ހެދުމުގެ ކުރިން ނައިފަރު ދޮހޮއްކޮބެ ކިޔާ ''ވަފާތެރި މޫނު އަލި ޞާލިޙު އަނބިން'' މި ޅެން އަޑު އެހުމަށްފަހު، އެ ރާގަށް އެ އާ އެއްގޮތަށް އެ ކަހަލަ ޅެމެއް ހަދައިދިނުމަށް ކަމަށްވެސް ބުނުއްވި އެވެ.

ފަންވަތުގައި ހިމަނައިފައިވާ މުޙަންމަދު ރަޝާދުގެ އަޑު އޮތް '' ވަފާތެރި އަނބިން'' މި ލަވައަކީ، މުޚުތާރުބޭބެ (މުޚްތާރު ފަހުމީ) ކެސެޓް ޓޭޕެއްގައި އަތުން އަތަށް ސީދާ އަޅުގަނޑަށް ދެއްވި ލަވަތަކެއްގެ ތެރޭގައި ހިމެނޭ ލަވަ އެކެވެ. އޯޑިއޯ ލަވައެކެވެ. ވަރަށް އޮއްޓަރު ހުރި މޮޅު ލެމެއްކަމަށް ދެކެމެވެ. -އާދަމް ނަޞީރު އިބްރާހީމް-
...
ލިޔުނީ މުއީނު, 2009-03-10 06:21:39
އޯޑިއޯ އަޑުއަހާނީ ކިހިނަކުން ތޯ؟
...
ލިޔުނީ Šފަންވަތް, 2009-03-10 15:16:44
އޯޑިއޯ އަޑު އެއްސެވުމަށްޓަކައި، ޅެމާއެކު ހިމަނާފައިވާ ޕްލޭޔަރުގެ ބޭނުން ކުރައްވާށެވެ. ހަތަރެސްކަން ގޮޅިއެއްގެ ތެރޭގައި އެވާ ފިޔާތޮށި ކުލައިގެ ޖަވާހިރުގެ މެދުގައި ތީރު ތުނޑެއްގެ ބައްޓަމަށްވާ، ހުދުކުލައިގެ ނިޝާނަށް ކްލިކް ކޮށްލައްވާށެވެ!
...
ލިޔުނީ Fahumeeeeee, 2009-03-10 15:23:55
Varah bodah shukuriyyaa. Aoudio adu ahaalan hadhaany kihineh_thoa?
...
ލިޔުނީ fanvai, 2009-03-11 12:56:57
mihaaru audio adu eseveyne. kurin baeh beyfulhun nah dhimaavi dhathikan mihaaru mivany hallu kurevifa. kiyuntherin thiya dhevvaa ehbaaru levvumahttakaa varah shukuru dhannavan.
...
ލިޔުނީ bvbm ,, 2010-07-31 13:41:06
varrah rangalu site eh
keep it up

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 2738
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone