މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| 2006 ވަނަ އަހަރުގެ އެއްވަނަ ޅެން |
|
|
| ދިވެހި - ވަޒަންބަހުރުވަ | |||
| 10 މާރޗް 2009، 13:59 އަންގާރަ | |||
|
ޢަބްދުﷲ ނަޢީމު އިބްރާހީމް މިއީ އަލިފުދާލުން 2006 ވަނަ އަހަރުގެ އެންމެ މޮޅު ޅެމުގެ ގޮތުގައި ހޮވާފައިވާ ޅެމެއްގެ ތަރުޖަމާއެކެވެ. މިޅެން ހަދާފައި ވަނީ އެފްރިކާގެ ކަޅު ނަސްލުގެ ކުޑަކުއްޖެކެވެ.އުފަންވީއިރު އަހަރެން ކަޅު ބޮޑުވީއިރު އަހަރެން ކަޅު އަތްވަށް ނުކުތީމާ އަހަރެން ކަޅު ބިރުގަތީމާ އަހަރެން ކަޅު ބަލިވީމާ އަހަރެން ކަޅު މަރުވީމާވެސް އަހަރެން ކަޅު ކަލޭ، ދޮންމީހާ އުފަންވީއިރު ކަލޭ ފިޔާތޮށި ބޮޑުވީއިރު ކަލޭ ހުދު (ދޮން) އަތްވަށް ނުކުތީމާ ކަލޭ ރަތް ފިނިވީމާ ކަލޭ ނޫ ބިރުގަތީމާ ކަލޭ ރީނދޫ ބަލިވީމާ ކަލޭ ފެހި މަރުވީމާ ކަލޭ އަޅި އެކަމަކުވެސް ކަލޭމެން (ދޮންމީހުން) ބުނަނީ އަހަރެމެން (ކަޅުމީހުން) މިއީ ކުލަ (ކަލާރޑް) މީހުނޭތަ؟ ދެކުނު އެފްރިކާގައި ނަސްލީ އިމްތިޔާޒު އޮތްއިރު މީހުން ބެހިފައި އޮންނަނީ ތިން ބަޔަކަށެވެ. އެއީ ވައިޓް (ދޮން) މީހުންނާއި، ބްލެކް (ކަޅުބަބުރު) މީހުންނާއި، ކަލަރޑް (މި ދެބަޔަށް ނުހިމެނޭ ހަމުގެ ކުލަ ކަޅު) މީހުންނެވެ. މިހާރުވެސް ނަސްލީ އިމްތިޔާޒުގައި އިންސާނުން ބަހާފައި އޮންނަނީ މި ތިން ބަޔަށެވެ.
|
| ހަމަ މި ގަލަމުން |
|---|