މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ހަރު، ހޮރު |
|
|
| ދިވެހި - ވަޒަންބަހުރުވަ | |||
| 27 މާރޗް 2009، 03:43 ހުކުރު | |||
އާދަމް ޢަބްދުއްރަޙްމާނު ހއ. އުތީމު ބަސްލިޔާ އެއް އަކުރުތަކުގައި ފިލިޖެހޭ ގޮތަކުން އިތުރު ބަސްތަކެއް އުފެދޭ ތަފާތު ކިޔާ ފަދައިން ދެކުނާ އުތުރު ފެންނަ އިރު އެއްގޮތް އަކުރު ތަކަކުން ކިޔާ ލިޔުނަސް ހަކުރު އެންމެ ފިއްޔެއް ބަދަލުވީމާ ދެންވަނީ ދުވަހަށް ހުކުރު ކަންކަމާ މެދުގައި ބަލައި ވިސްނާ ކުރާާ އިރުގައި ފިކުރު އަންހެނުން އާދައިގެ ކުދި ކުދި ކަންކަމާ ގަނެޔޭ ފަކުރު އިންޖަހާ ވަކިކޮށްބުނިން ސަރަޙައްދުގައި އެތަކެއް ފަހަރު ބިންމަތީ ފަތުރާލަދޭށޭ ފަންގިޔާ ކުނަލާ ފެހުރު މިޔަރު ބާނަން ދިޔަ ދަތުރުގައި ގެއްލުނީ ބުޅިޔާ ހެތުރު ޅިޔަނު ވެއްޖޭ މި ކަމުގައި ނުރުހުންވެފައި ރަނގަޅަށް ހަތުރު ވިހަޔަކަށް ނުވިޔަސް ކުދީންނޭ ހާދަހައި ހިއްޗޭ ހަބަރު ރިހަޔަކަށް ރަނގަޅީ މި ތިން އަކުރުން ކިޔޭ މަސްފަލަ ހިބަރު ވައިގެ ތެރެއިން އުދުހިލައިފައި ބާރުބާރަށް އައިކޮތަރު އައިމަގުން ނުދެވޭނެހެން ފިޔަފަތް ކޮށަން ނެގިޔޭ ކަތުރު ވަށްތަކެތި ޖަހަނީ މިސާލު ބަލައި އެއިން ސިފަކޮށް ކުނބުރު އަތްތަކުން ހަދައޭ ތަކެތި ދަގަނޑުން ކިޔާ މީހުން ކަނބުރު ފިކުރު ނުމެކޮށް ވާޖިބާ މެދު ހުސްކުރަން ހުއްޓާ އުމުރު ނިކުމެގެން އެބަ ދާންޖެހޭ ހަމަ އޮތްމަގުން ފުޅުގައި އަމުރު މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (12)
![]()
...
ލިޔުނީ މުޞްލިޙު މުޙައްމަދު އިސްމާޢީލް, 2009-03-27 07:59:00
ބިހުގެ ހުދުބަޔަށް ކިޔައި އުޅޭ ކަމުވިޔަސް ކީނދު
..............ބިހުގެ ރީނދޫ ބަޔަށްމެ އޮވޭ ނަންކިޔައި ކީނދި
...
ލިޔުނީ ފެލިވަރު މުނައްވަރު, 2009-03-27 13:43:42
ބަސް މުޅިން ގަޑުބަޑު ވަނީއޭ ވިސްނެވިންތޯ އެއްފަހަރު
އަސްތަ އަސްތާ މިއުރެނަށް ބަލަ ހީނުވޭ ވަކެކޭ ކަހަރު
...
ލިޔުނީ ޝައިރުލް އަތަަރު , 2009-03-27 16:55:41
ގައިމުތާއެ މުނައްވަރާ ބަހުގައި ވި ފިޔަވައި ގަނޑު ރަބަރު
ކައިމުޅިން ހުސްކޮށްފިޔޭ އޮނިގަނޑު ޖަހައިގޮސް ބޯ ދަބަރު
...
ލިޔުނީ ރައިވަރު އަންވަރު, 2009-03-27 20:39:44
އާނއެކޭ މަ ހިތަށް އަރާ ފަހެ ކީއްވެބާ ނުވަނީ ފަޚުރު
އާނއެ ލިބުމުން ވެސް ބަހެއް ފަރި ޗާލު ޖާދޫ ފަދަ ސިހުރު
...
ލިޔުނީ އަބަދުވެސް އެކުވެރި, 2009-03-28 11:26:19
ހާދަހާވާ ރީތި ޅެމެކޭ މީ އަޚާ މަބުނާނަމޭ
މާދަމާ ޚަދަރީން މިޔާމެދު ވިސްނުމަށް މަ ގޮވާނަމޭ ތިޔަގޮތަށްޅެންތައް ހަދާނަމަ ގައިމުވެސް ބަސްކުރިއަރާ ތިޔަގޮތައް ދާއިމްވުމަށް ހެޔޮބަހެއް މަބުނާނަމޭ
...
ލިޔުނީ މ, 2009-03-28 17:35:16
ޅެމުގެ 9 ބައިތުގެ ތެރެއިން 7 ބައިތުގައި ދެ ލަފުޒު ތަފާތު ކުރައްވައިފައި ވަނީ ފުރަތަމަ އަކުރުގެ ފިލި އެކަނި ބަދަލުކޮށްލައްވައިގެން. އަނެއް 2 ބައިތު ވެސް އެ ގޮތަށް އޮތް ނަމަ ވަރަށް ފުރިހަމަވީސް. ވަރަށް ރީތި ޅެމެއް.
...
ލިޔުނީ މުޞްލިޙް މުޙައްމަދު އިސްމާޢީލް, 2009-03-28 18:31:01
ދަސްކުރާށޭ އަދު މިބަސް ނަސްޚުވެ މުޅިން ނުދަނީސް
.............ބަސް ދިރުވައި ކުރިއެރުވުން އަސްތާ ވާޖިބެއް ނޭ ތަކުން މީސް
...
ލިޔުނީ އަމް, 2009-07-14 09:12:13
ބައިތަކުން ކޮމެންޓެއްކުރެވޭނެ ފަންވަރު ނެތީމަ ކޮމެންޓެއް ކުރުމަށް ތަސައްރަފެއް ނުފުދޭކަންނޭގެ. އެހެނަސް މިހެން ބުނަންވެސް މިޖެހުނީވެސް ކޮމެންޓެއް ލިޔަން. މި އިބާރާތް ތިތަނުން ބޭފުޅަކު ނިކަން ބަަިތަކަށް ހަދާލަ ދީބަލަ.
...
ލިޔުނީ ކަނބުރު , 2009-07-14 12:00:35
ބައިތަކުން އަމް އަށް ކޮމްޓެއް ކޮށްދެމޭ ކޮށްގެން މި ހިތްވަރު
އައިބަކަށް ވާނޭހެ ލިޔެލީމާ ދެފޮޅުވަތަކުން މި މިންވަރު ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|
........... ދަނގަޑުދަހަނާ ލޮންސިއަޅައި ބަނދެފައިވިޔަސް ވަރުގަދަ ކަމަރު