ފަންވަތް ދިވެހި ޅެންބަހުރުވަ ދަރިއެއްގެ ޝުޢޫރު
ބެލި ޢަދަދު: 1818
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
ދަރިއެއްގެ ޝުޢޫރު ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 4
ދެރަވަރަށްމޮޅު 
ދިވެހި - ވަޒަންބަހުރުވަ
01 އެޕރީލް 2009، 00:46 ބުދަ


ޝަކީލާ ޙާމިދު

ޤައުމީ ކަމެއް ކަމުގައި ވިނަމަ އެކަމަށް ފަހެއް ނުޖެހޭނަމޭ

            ޤައުމާއި ދީނަށް ނަސްރުދީ އަޑު  އުފުލަމުން  ގެންދާނަމޭ

ޤައުމީ ގޮވުންތައް އަޑުއަހާ ޤައުމީ ނިދާއަށް ބޯލަނބާ

            ޤައުމީ ޖިހާދަށް ނަސްރުދީ  ޤުރުބާން ވުމަށް   މަގޮވާނަމޭ


ހިނގަމުންމިދާ އޮއެވަރުތެރޭ ހުރަހާ ދިގަށް ކަންކޮޅުތެރޭ

                     ހަނގުރާމައެއް ގަދަ ނުކުރިއަސް  އިންސާފު އަޑު އުފުލާނަމޭ

ފިކުރީ އެތައް ހަނގުރާމައެއް ކުރެވޭކަމުން ޙައްޤާ ދެކޮޅު

                     ފިކުރާ ޚިޔާލު  ސީދާކުރަން  ފަހި   މަގުތަކެއް ދައްކާނަމޭ

ޅަދަރީންގެ ވިސްނުން ބަދަލުކޮށް އެދަރީން ޢަޤީދާ ބަލިކުރަން

                     އަނދަވަޅު   ތަކެއް   ބޭނުންކުރާކަން ހާމަކޮށް  ދައްކާނަމޭ

މަކަރާއި ޙީލަތްތައް ހަދާ އެކިގޮތްގޮތުން އޮޅުވާހަދާ

                     ވަކި  ހިއްޕަމުންދާ   ޑްރަގަކީ   ބޮޑު  ގޯހެކޭ  މަގޮވާނަމޭ

ވިސްނާށެދައްކާ ކުލަތަކަށް ފެނިގެއްލިދާ މަންޒަރުތަކަށް

                     މިސްރާބު އޮޅުމުން  ޢުމުރުގައި  ޤިސްލާ ރޮވޭކަން  ބުނެދެމޭ

އަލިފާއި ބާ އެނގިލާއިރަށް މާމޮޅުކަމަށް ހެދުމުން ފަހުން

                     ބަލިފައި  ތިބާޔަށް   ނޭނގުމުން  ކެހިވާނެޔޭ   އަންގައިދެމޭ

ހަތް ގުދު ތިމާ އޮތްކަމުވިޔަސް އެއްގުދުކަލޯ ފެނުމުން ލޮލަށް

                     އޭތް! ބަލަގަމިހިރީ  ބޮޑުގުދެކެ  ގޮވަމުން  ދުވާކަން  އަންގަމޭ

ދުނިޔޭގެ ދަޅަޔަށް ހެއްލިގެން ޢައިޝާ އަރާމަށް ގެއްލިގެން

                     ދުނިޔޭން މަޖާ ގިނަ ނެގިޔަކަސް  މިންޖެއްނެތޭ  އަންގައިދެމޭ

ފަހަކުން ނުވާނޭ ރައްކަލެއް އޭރުންނުވާނޭ ފައްކަލެއް

                     ފަހުވަގުތު އައިސް ޖެހުމުގެ ކުރިން އެކަމާމެދަށް ވިސްނައިދެމޭ

ކީރިތި ރަސޫލާ ސުންނަތާ ފޮތުގައިވި ﷲ ގެ ގޮތަށް

                     މޫރިތި  ކަމާއެކު  ބޯލަނބާ   ކިޔަމަންވުމަށް   ހިތްވަރުދެމޭ

ޤައުމާއި ދީނަށް ލާބަޔާ މަންފާ ލިބޭގޮތް ހޯދަމުން

                     ޤައުމަށް  އުޖާލާ  ފަހިމަގެއް   ލިބުމަށް   ދުޢާ މަކުރާނަމޭ  

 
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (3)Add Comment
...
ލިޔުނީ ޙުސައިން, 2009-04-01 11:13:04
ވަރަށް ރީތި ޅެމެއް.
...
ލިޔުނީ އެމް, 2009-04-01 15:02:33
ދިވެހިން ޅެން ހަދާ ބީދައިން ޝަކީލާ ހައްދަވާފައިފާ މި ޅެމުގައި ފާޅުކުރައްވާފައިވާ ޝުޢޫރުތަކަކީ، ހެޔޮ ވިސްނޭ ކޮންމެ ދިވެހި ދަރިއެއްގެ ވެސް ޝުޢޫރުކަން ޔަޤީނެވެ. ނަމަވެސް ...
...
ލިޔުނީ އައިމަން އަޙުމަދު, 2009-04-02 13:17:32
ވަރަށް ރީއްޗަށް އަމުނާލެވިފައިވާ ހިތްގައިމު ޅެމެއް

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1818
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone