މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ޤުދުރަތީ ރީތިކަން ނުވާނަމަ |
|
|
| ދިވެހި - ވަޒަންބަހުރުވަ | |||
| 18 އެޕރީލް 2009، 00:46 ހޮނިހިރު | |||
އާދަމް ޢަބްދުއްރަޙްމާނު/ހއ. އުތީމު ތިޔަ ރީތިކަން ނުވާނަމަ ކިހިނެއް މި ޅެން ލިޔާނީ ހިޔަ ހާސް އުފާ ލިބޭ އެކި މަންޒަރު ދެކެން ހަދާނީ އިރު އުދަރެހުން އަރާއިރު، ފޮނުވާ އެ ރީތި ދަޅަތައް ދިރުވައިދެމުން މި ބަސްތީ ކިހިނެއްތަ ދިއްލިލާނީ ދޮންވެލި ތުނޑީގެ ހުދުހުދު ރިހި ސާލު ތަންމަތީގައި ދޮންދޫނިތައް އުޅޭ ގޮތް ކިހިނެއްތަ އަޅެ ބަލާނީ އުދަރެސްމަތީ ދެ ދަޅަޔަށް ދެ ފަރާތުގައި ފަވާލާ ޢަދަދެއް ނުވާ އެކުލަތައް ކިހިނެއްތަ ދައްކުވާނީ ހަނދުވަރުގެ ރިހި އުޖާލާ ވިދުވަރުތެރޭން އުފައްދާ ޤުދުރަތުގެ ރީތި އާރުން ކިހިނެއްތަ ފެންވަރާނީ ތަރިތައް ހެމުން ނަށާލާ ބެބުޅުންތަކުން ވިދާލާ ފަރިއަލިކަމެއްގެ ދިއްލުން ކިހިނެއްތަ ދިއްލިލާނީ މާމަލުގެ އިސް އޮބާލާ ވައިރޯޅިޔާ ގުޅާލާ ޖާދޫގެ ފުން ރުމޫޒުން ކިހިނެއް ހަނާ އަޅާނީ ގުލްޝަންތެރޭ އުދުހެމުން އުލްފަތުގެ ރާގު ކުޅެމުން ބުލްބުލް ގޮވާ ގޮވުންތައް ކިހިނެއްތަ އަޑު އަހާނީ ހަލަބޮލި ކަމާއެކީގައި މިޔުޒިކުތަކެއް އުފައްދާ ނަލަ ރާގުތަކުގެ ޙަރަކާތް ކިހިނެއްތަ ސޫރަވާނީ އަލި ސާފު ފަޅުމަތިގައި އެކި ކުލަތަކުން ވިދާލާ ހަލިކޮށް ދުވާ އެ މަސްތައް ކިހިނެއްތަ ސިފަ ކުރާނީ ދާއިރު ވަމުން މި ދައުރާ ހެނދުނާއި ފިނި ހަވީރާ ޝާޢިރުގެ އަނދިރި ރޭތައް ކިހިނެއްތަ އަލިވެލާނީ ----------------------- އާދަމް ޢަބްދުއްރަޙްމާނު(2008). ޅެން މެހޮރީ، ނޮވެލްޓީ ޕްރެސް، މާލެ، ފޮޓޯ: http://www.flickr.com/photos/mashafeeg/
|
| ހަމަ މި ގަލަމުން |
|---|