މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ލޯބި ލޯބީ އެންމެ ލޯބީ... |
|
|
| ދިވެހި - ވަޒަންބަހުރުވަ | |||
| 25 އެޕރީލް 2009، 01:20 ހޮނިހިރު | |||
|
އަލްމަރުޙޫމު - ގުޅީ މުޙަންމަދު ވަސީމު ލޯބި ލޯބީ އެންމެ ލޯބީ ކަރުނަޔާ އެކުވީމައޭ ލޯބި އެ ހަނދާނުން ހިތާ ފިތް ތާ އަބަދު ރޮއްވީމައޭ ލޯބި ދެހިތެއް ގުޅެވިފައި، ކުޑަ ހިނދުކޮޅެއްގައި ވަކިވެފައި ލޯބި އެ ސިޓީތައް ބަދަލު ކުރެވެން މިހެން ފެށްޓީމައޭ ލޯބިވެރިޔާ ނުފެނިފައި ތަސްވީރު ހިތުގައި ކުރެހިފައި ލޯބި އިލްހާމާ ޚަބަރު ލިބުމަށް އެދުންވެރި ވީމައޭ ލޯބި ނެގެޓީއާ ފޮޓޯ އަލްބަމް ބަލާ ހުސްވަގުތުގައި ލޯބި ހަނދުމައިގައި ހިތަށް ހީކެރުވުމެއް ލިބުނީމައޭ ލޯބިވެތި ގިނަގުނަ ފޮލާ ކައްކާ ހިތުގެ މިޙްރާބުގައި ލޯބި ޠޫފާން ރާޅުތައް ހައްދައި ދެބައް ޖެހުނީމައޭ ލޯބި ހުވަފެނުގައި ނުހޭލެވި އަބަދުވެސް ގިސްލެވުނުމާ ލޯބިވެރިޔާއާ މުޚާޠަބު ކުރެވުމެއް ލިބުނީމައޭ ހޭލުމާ ނިދުމާއި އެއްފަދަ މަސްތުލިބި އެ ޚިޔާލުގައި ހޭލަ މޭލަ ވުމެއް ނުލިބި އޮވެގެން ދުވަސް ދިގުލީމައޭ ކޮންމެ އަޑަކަށް ސިހި، އެއީ އެ އަޑޭ ހިތައި ކަޅިއެއްލުމާ ކޮންމެ މިނިޓެއް އަހަރަކަށް ވުރެ ދިގުކަމަށް ހީވީމައޭ އިންތިޒާރީގައި ފޮތުގެ ތެރެޔަށް އަބަދުހެން ގެއްލިފައި އިންތިހާ ހިތްދަތި ކަމެއް ހަމަ ނޭވަޔަށް ލިބުނީމައޭ ފެނިލުމަށް އުންމީދު ކުރެވޭ ވަގުތު ވެސް ކުޑަ ތަންވެފައި ފެނިލުމާ ބައްދަލުވުމާ އެކުގައި ދިރުން ނެތުނީމައޭ ލޯބިވެތިކަމުގައި މި ދުށް ހުވަފެން ބިލާހެއް ކަމުވެފައި ލޯބި އެ ހަނދާނަށްޓަކައި ނަފުސުން ފިދާ ވެވުނީމައޭ ދިރިހުރުން އެކަހެރި ވެފައި، ކެއުމާ ބުއިންތައް މަދުވެފައި ދިރި ހުރީ އެހިތަށްޓަކައި ކަމުގައި ޔަޤީން ވެވުނީމައޭ ރައްޓެހިން އޯގާވެރިންގެ ނަސޭހަތެއް ވެސް ނީވިފައި އައްދޮ އައްދޯއޭ ކިޔައި އަދި މައްޔިތެއްހެން ވީމައޭ އެންމެ ފަހު ނޭވާޔަކަށް އެދި ދުނިޔެއާ ނުރުހުންވެފައި އެންމެ ލޮބުވެތި ނަން ކިޔަން އޮއްވައި ފުރާނަ ދިޔައިމައޭ
|
| ހަމަ މި ގަލަމުން |
|---|
އަދި ހަމަ އެއާއެކު މި އިޙްސާސްތަކަކީ ވަރަށް ގިނަ ބަޔަކު ކޮށްފައިވާ އަދި ކުރަމުންދާ ވަރަށް އަސަރުގަދަ އެހާމެ ފުން އިޙްސާސްތަކެކެވެ.މި ޅެން ކިޔާލީމާ އަޅުގަނޑުގެ ދަތިވެފައިވާ ހިތަށް ތަނަވަސް ކަމެއް ލިބިއްޖެއެވެ.އަދި އުންމީދު އާވެ،ހިތުގައި މިވާ ލޯބި އިތުރަށް ވަރުގަދަ ވެއްޖެއެވެ.ކޮންމެއަކަސް މި ޅެން ވަރަށް ފުރިހަމަ.......