ފަންވަތް ދިވެހި ޅެންބަހުރުވަ އިލާހީ، އިބަ އިލާހަކީ މިއަޅާގެ އިލާހެވެ!
ބެލި ޢަދަދު: 1413
އިލާހީ، އިބަ އިލާހަކީ މިއަޅާގެ އިލާހެވެ! ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 3
ދެރަވަރަށްމޮޅު 
ދިވެހި - ވަޒަންބަހުރުވަ
28 އެޕރީލް 2009، 00:37 އަންގާރަ

އަލިފުޝީނު
ޢަހްމަދު ޝަމީނު ދޮންމަނިކު،  
ފިނިވާގެ އއ.ތޮއްޑޫ 


އިލާހީ އިބަ އިލާހަކީ މިއަޅާގެ އިލާހެވެ!
އަޅާ ކުށަކަށް އަރައްގެންފިނަމަ،

އެއިން އެނބުރި އިޞްލާޙްވުމަށް ހިއްޖައްސުވަނީ ތިޔަ އިލާހެވެ.
އަޅާ ތައުބާވަނީ ހަމައެކަނި އިބަ އިލާހަށެވެ.

އެހެނީ އެތަކެއް މަގަކުން އޭގެ ބަދަލު ދެއްވަނީ ތިޔަ އިލާހެވެ.

އިލާހީ އިބަ އިލާހަކީ މިއަޅާގެ އިލާހެވެ!

ތިޔަ އަމުރުފުޅަކަތަށް ފުރަގަސްދެވޭ ކޮންމެ ފަހަރަކު،
ކުލުނާއި ރަޙްމަތާއެކު އަލުން އެނބުރި އައުމަށް ދަޢުވަތު ދެއްވަނީ ތިޔަ އިލާހެވެ.

ތިޔަ ރަޙްމަތުގެ ޝައުޤުގައި ކުރިމަތިލާ ކޮންމެ ފަހަރަކު،
ފުނިޖެހިފަވާ ރަޙްމަތަށް މިއަޅާއާ ކުރިމަތި ކުރައްވަނީ ތިޔަ އިލާހެވެ.
އިލާހީ އިބަ އިލާހަކީ މިއަޅާގެ އިލާހެވެ!

ކުރެވޭ ހެޔޮ ޢަމަލުގައި އިޚްލާޞްތެރިވެއްޖެނަމަ،
އޭގެ ސަބަބުން މިއަޅާ ނަޖާކޮށްދެއްވާނީވެސް ތިޔަ އިލާހެވެ.
ތިޔަ ޢަމުރު ފުޅުތަކުގައި ފަރުވާތެރި ނުވެވިއްޖެނަމަ،
ތަނަވަސް ކަމުގެ ނިހާޔަތުގައި އެކަން ޢަފޫކުރައްވަނީވެސް ތިޔަ އިލާހެވެ.

ތިޔަ އަމުރުފުޅަށް ފަރުވާތެރިވެ ފުރިހަމަ ކޮށްފިނަމަ،
އެންމެ ފުރިހަމަ މަގުން އެކަމުގެ ހެޔޮ ޖަޒާދެއްވާ ސުވަރުގެވާރުތަކުރައްވަނީވެސް ތިޔަ އިލާހެވެ.
އިލާހީ އިބަ އިލާހަކީ މިއަޅާގެ އިލާހެވެ!

ފާޅުގަޔާ ވަންހަނާގައި މިހިތުގެ ޝައުޤު ހުއްޓިފައިވާ ފަރާތަކީ ތިޔަ އިލާހުގެ ޙަޟްރަތްކަމުގައި ލައްވާށިއެވެ.
އިލާހީ މި ފާފަވެރި އަޅާއަށް ޢަޛާބު ނުދެއްވާށިއެވެ.

މިއަޅާގެ ފުށުންވެވުނު ކުށްތަކަކަށް ހިތުން އިޢުތިރާފުވެ ޢަމަލުން ތައުބާވާވަމެވެ.
މިއަޅާއަށް ތިޔަ ރަޙްމަތަށް އެދުންވެރިވުން ނޫން އެހެންއެއްވެސް މަގެއް ނެތެވެ.
އެމަގު އަޅާއަށް ތަނަވަސް ކޮށްދެއްވާށިއެވެ.
 

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (0)Add Comment

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1413
extra avandia and congestive heart failure