ފަންވަތް ދިވެހި ޅެންބަހުރުވަ ނުޖެހޭނެ
ބެލި ޢަދަދު: 1339
ނުޖެހޭނެ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 4
ދެރަވަރަށްމޮޅު 
ދިވެހި - ވަޒަންބަހުރުވަ
11 މެއި 2009، 09:12 ހޯމަ

އާދަމް ޢަބްދުއްރަޙުމާނު/ ހއ. އުތީމު

ކޮންމެ މަގަކުން ފެންނަހާ ކުރިޔަށް ހިނގައިފައި ދާކަށެއް
       ކޮންމެހެން މީހަކު ކޮޕީކޮށް އެ ގޮތަކަށް    ބުރަވާކަށެއް

ހުޅަނގުގައި ހިނގަމުން މިދާ ގަދަ ބާރު ހުރި އޮއިވަރުތެރޭ
       އުޅަނދު ބެހިގެން ދާނެ ގޮތަކަށް ދާން ރިޔާ ފުރޮޅާކަށެއް

އިސްކަމެއް ފިރިހެންތަކުންނަށް ދީނުގައި އޮތް ނަމަ ދެވޭ،
       ވިސްނުމެއްނެތި، ބުނެއުޅޭ ''ލޭޑީޒް ފަރސްޓު'' ކިޔާކަށެއް

ފިޠުރަތުން ލެއްވެވި ތަފާތެއް ޖިންސުގައި އުފެދުނުތިމާ،
       އިތުރުކޮށް އުނިކޮށް އެ އަށް ބަދަލެއް ހިލައިގެންނާކަށެއް

ފަނަރަ އަހަރުގެ ޢުމުރަކީ  މީހާ މުކައްލަފަކަށް ވެވޭ،
       ޢުމުރުކަމުގައި އޮންނައިރު، އިތުރެއް އެއަށް ގެންނާކަށެއް

ކެއުމުގައި އަދަބީގޮތުން ކައިރިން ތަށީގެ މި ކާކެއުން،
       އެއުރެނާ އެއްގޮތް ކުރަންތިބެ  ދުރު  ފަރާތުން ކާކަށެއް

ހުއްދަ ނޫން އިމަކަށް، ދަރިންވަދެ ދާނެހާ މިސްރާބަކުން،
       ރުއްގަހާ އެއް ބީދައިން،  ބޮޑުވަން  ދަރީން ދޫވާކަށެއް

ޢާއިލީ ގުޅުމާ ޙުޤޫޤާ  ލާ ފުނޑާ  ޗިސްކޮށްލަމުން،
       ދާއިމީ އުޅުމެއްކަމަށް އެކުވެރި ގުޅުން    ހިމަނާކަށެއް

ވަކި ޒަމާނެއް ވަކި މަކާނެއްގައި އުޅެން ޖެހިފައިވުމުން،
       ހަކިބައަށް ވިސްނާނުލައި ހުރެ އަސްލު އޮޅުވައިލާކަށެއް

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (3)Add Comment
...
ލިޔުނީ ޙުސައިން ޢަލީ މުޙައްމަދު, 2009-05-11 06:38:35
ވަރަށް ރަނގަޅު ވާހަކަތަކެއް ހިމަނުއްވާފައިވާ ޅެމެކެވެ. މިކަހަލަ ޅެމަކުން ލިބޭނެ ވަގުތީ ޖޯޝާއި ފޯރި މިޅެމުން އަޅުގަނޑަށް ލިބުނެވެ. ނަމަވެސް ޅެން ކިޔާލާފައި އެނބުރިލާން މިޖެހެނީ، ބަވަނަވުމުގެ ތެރެއަށެވެ. އޭގެ ތެރެއިން ނުކުމެވޭނެ ޖާގައެއް މިއަދު މުސްލިމުންނަށް އޮތްކަމަކަށް ނުފެނެއެވެ. ޚާއްޞަކޮށް އަޅުގަނޑުމެންގެ ރާއްޖޭގެ މުސްލިމުންގެ ޙާލު މާ ބޮޑަށް ވެސް ބިކައެވެ.
މިފަދަ ޖޯޝްއުފައްދާ ޅެންތަކާއެކު، ޒަމާނީ ވަސީލަތްތަކަށް އަޅުގަނޑުމެން އެބަ ބޭނުންވެއެވެ. ޤައުމީ ފިކުރާއި ދީނީ ހޭލުންތެރިކަމާއެކު، ބަވަނަވުމަށް ލޯހުޅުވިފައިވާ މުފައްކިރުން އަޅުގަނޑުމެންގެ ތެރެއަކުން ނުފެނެއެވެ. ޒުވާނުން މިތިބަގެން ދަނީ އޮޔާއެވެ. ޤައުމިއްޔަތާއި ދީނުގެ އަގު ވަޒަންކުރާ ބަޔަކު މިތާ އުޅޭހެނެއް ހިޔެއް ނުވެއެވެ. ބަވަނަކުރާ ޝައިޠާނާގެ ވަސްވާހުގައި އެންމެން ކަހަލަ ގޮތަކަށް މިވަނީ ޖެހިފައެވެ.
އަދިވެސް މިފަދަ ޅެންތައް ފަންވަތުގައި ޖެއްސެވުން އެދެމެވެ. މީގެ ސަބަބުން ކޮންމެވެސް ބަޔަކު ހޭއަރައިފިނަމަ ކިހައި ރަނގަޅުވާނެތޯއެވެ؟
ޝުކުރިއްޔާ!
...
ލިޔުނީ ad, 2009-05-11 12:08:16
nice one
...
ލިޔުނީ ސަމީޢު, 2009-05-15 10:26:58
އަޅުގަނޑު ބައްދަލުކުރަން ބޭނުންވާ ބޭފުޅުންގެ ލިސްޓުން ވަރަށް ކުރި އާދަމް ޢަބްދުއްރަޙުމާނު ހޯއްދަވައިފި ! ވަރަށް މޮޅު ހުރިހާ ޅެމެއްވެސް

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1339
extra avandia and congestive heart failure