މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ބޭނުމޭ އެއްޗެއް ބުނުން |
|
|
| ދިވެހި - ވަޒަންބަހުރުވަ | |||
| 15 މެއި 2009، 09:51 ހުކުރު | |||
|
އާދަމް ޢަބްދުއްރަޙުމާނު/ ހއ. އުތީމު ދުނިޔެއަށް ބޮޑު އަންނަ ބަދަލަށް ބޭނުމޭ އެއްޗެއް ބުނުން ސަބަބަކީ، މީހުން އެދޭތީ އަޑު އެހުން މި ބުނާ ބުނުން ދުނިޔެ ދީވާނާ ވަނީއޭ އެކުވެގެން ހައިރާންކަމާ ސަބަބަކީ، މީހުން ވަރަށްވުރެ މޮޔަވަމުން ދާތީ ފެނުން ދުނިޔެވެއްޖޭ ފޫހި ލޯމެރި އާފުރޭ ފަދަ ހާލުގައި ސަބަބަކީ، މީހުން ނުހޯދާތީ ދަރެސް އެކި ކަންކަމުން ދުނިޔެ ލަދުވެތި ވެއްޖެޔޭ އިސްޖެހި ދެލޯ ހުޅުވާނުލާ، ސަބަބަކީ މީހުންގެ ލަދުވެތިކަން ނެތީމާ އަމުދަކުން ދުނިޔެ މަންމަން ވެއްޖެޔޭ ބަސްހުއްޓިގޮސް ހާލުގެ ދުލުން ސަބަބަކީ މީހުން ބަހެއް ހެޔޮ ނޭހުމޭ ބުނެވޭ ދުލުން ދުނިޔެ ނަފުރަތު ކޮށްފިޔޭ ތަންތަން ބަލައިހޯދާއުޅުން ސަބަބަކީ، މީހުން ކުރާ ހަޑި ޢަމަލު ބެލުމަށް ނުކުޅެދުން ދުނިޔެ ކަންފަތުގައި ދެއަތް އަޅަމުންދަނީ އަޑު ނޭހުމަށް، ސަބަބަކީ، މީހުންގެ ކިބައިން ހެޔޮ އަޑެއް ނީވޭކަމުން ދުނިޔެ ރޮއިރޮއިފާ ކަރުނަ އަޅަމުންދަނީ ގޮތް ހުސްވެގެން ސަބަބަކީ މީހުންގެ އުޅުމާ ބަދަލުވާތީއޭ ގުޅުން ދުނިޔެ ވެއްޖޭ ބަދަލު އޮޅި ގޮސް ރީތި ހުތުރާ ހެޔޮ ނުބައި ސަބަބަކީ މީހުން ގެނައި ބޮޑު ބަދަލެކޭ ޢަމަލާ ބަހުން ދުނިޔެއަށް އެނގުނަސް ދުނިޔެ، ކަންބޮޑުވަމުން އެބަ ދުނިޔެދޭ ސަބަބަކީ މީހުން ނުދަންނާތީ ދުނިޔެ ދާ ފުރޮޅެމުން މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)
![]()
... ލިޔުނީ ހަސަންބެ, 2009-05-15 18:25:37
އާދަމްބެގެ ކޮންމެ ޅެމަކީވެސް ވަރަށް ގިނަ ޢިބްރަތްތަކެއް ގެނެސްދޭ ޅެމެކެވެ. މިފަހަކަށް އައިސް އާދަމްގެ ގަލަމުން އެކުލަވައިލައްވަމުން ގެންދަވާ ގިނަ ޅެންތަކަކީ، ދެވަނަ ވިސްނުމަކަށް މަޖުބޫރު ކުރުވާމޮޅު ޅެންތަކެއްކަން ފާހަގަ ކުރެވެއެވެ. ވަރަށް ބޮޑަށް މަރުހަބާއެވެ. މިފަދަ ޅެންވެރިން ގިނަ ނަމަ ހާދަ ރަނގަޅުވީހެވެ. = ހަސަންބެ
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|