މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ބިމުގެ ޚަލީފާ އަށް...! |
|
|
| ދިވެހި - ވަޒަންބަހުރުވަ | |||
| 17 މެއި 2009، 02:23 އާދީއްތަ | |||
|
އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ (2009) (ޝާޢިރުލްމަޤުތޫލު) ކިތަންމެ ބަރަސް، ރަނގަޅު ޒިންމާތަކެއްނަމަ ލާށެ ބުރިކަށްޓަށް، ހިތަށް އެކަމުގެ އަހަންމިއްޔަތު، އެނގޭނަމަ ވާނެ ލުއި ހަށްޓަށް ބަނީ އާދަމް ޙަޔާތުގެ ނިޢުމަތުގެ ކިއްލާ ބިނާކުރުމަށް ވަނީ ދެއްވައިފަޔޭ ފަންވަރު، މުލައްދަނޑިޔާއި މައިކަށްޓަށް ހަވާލު ވެވިއްޖެ މަސްއޫލިއްޔަތެއް، ލަސްނުވެ އަދާކުރަމުން، ސުވާލެއްނެތި ހެމުން ހުއްޓޭށެ ގޮސް ނިންމުމުގެ ދޮރުއަށްޓަށް ގުނައިގެން ޢަދަދު ނުކުރެވުނަސް، ހުރަސްތައް ދުނިޔެވީ ބިމުގައި ބުނާށޭ މަރުޙަބާއޭ ހަށިގަނޑާއި ބޮލަށް އަރާ ގުށްޓަށް މުރާލިވެ ހިތްވަރާ އެކުގައި މަސައްކަތްތައް ކުރާއަޅަކަށް، ތުރާތައް ވާނެޔޭ ފުނޑު ފުނޑު ވެގެންދާ ބާރުނެތް މުށްޓަށް ގޮތެއް ނެތި ވަހުމުގައި އޮވެ މަރު ނިދީގައި ފެންނަ ހުވަފެނަކުން، އަތެއް ދުވަހަކު ނުފޯރާނެޔެ ނަސީބުގެ ލެއްގި ރަންފޮށްޓަށް އެހެން މީހެއްގެ ހުރި ތަނަވަސްކަމުން، ޝަކުވާ ކުރާ ނަމައީ، ރިހުންލިބި ވޭން ލިބޭނީ ހަމަ ތިމާގެ އަމިއްލަ ކަންކައްޓަށް، ފޮނުއްވީ ދުނިޔެއަށް މި ދުނިޔެ ޢިމާރާތް ކުރުމަކަށް ނޫންހޭ؟ މިނެއްނެތި ހިތްލެނބެން ވާނޭހެ ކަންނެތްކަމުގެ ހޮޅުއަށްޓަށް، ދެތިން އެސްފިޔަ ޖަހާލާހާ ވަގުތު ނޫންހޭ ޢުމުރު މިދެނީ؟ ފޮތިން ބަނދެފައި ނަގައި އެލަނީ، ދެތިން ފިލައިން ޖަހާ ފޮށްޓަށް ޙަޔާތުގެ ދައުރު ފުރިހަމަކުރި ޚަލީފާ އެހިނދު ރައްދުވެޔޭ ގަޔާވާ އެންެމެ މަތިވެރި ޢިއްޒަތާ ލައްޒަތުގެ އެނދު އަށްޓަށް ނިހާއީ ޢަދުލުގައި ކާފިރުތަކުން ބަލަ ކީއްވެހޭ ބުނަނީ؟ ކިހާ އަޅެ ރަނގަޅުހޭ އަދުވާނެ ނަމަ ވެއްޔާ ކިސަޑު މައްޓަށް މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (5)
![]()
...
ލިޔުނީ ސަމީޢު, 2009-05-17 00:17:30
މިޅެމުން އަޅުގަނޑަށް ވަރަށް ޙާސަކޮށް ފާހަގަ ކޮއްލެވުނީ ނިމުން ތަކުގެ ފުރިހަމަކަމެވެ. އަދިސުވާލެއްވެސް އެބައޮތެވެ. ''ބުނާށޭ މަރުޙަބާއޭ ހަށިގަނޑާއި ބޮލަށް އަރާ ގުށްޓަށް '' މިބައިގަ މިއޮތް ''ގުށްޓަށް '' މިއީ ކޮންއެއްޗެއް ހެއްޔެވެ.
...
ލިޔުނީ ދޮން ހަލީމަ, 2009-05-17 05:34:45
ހާދަހައި ފުރިހަމަ ޅެމެއް އާދަން ތިޔަ ހެއްދެވީ
އާނ ކިޔާފައި އަނގަވަނީ ހުޅުވިފައިއާ ޝޯހުވެވި
...
ލިޔުނީ ފައިޞަލް, 2009-05-19 16:00:58
ވަރަށް ފުރިހަމަ ޅެމެއް.... ކިޔަމުން ދަނިކޮށް ހަމަ ކުއްލިއަކަށް ޅެންބައިތު ހުސް އެވީ... ހިތައް އަރާ އަދި ދެތިން ބައިތު އޮންނާނެ ނަމައޭ..
...
ލިޔުނީ އާދަމް ނަޞީރު އިބްރާހީމް, 2009-06-02 09:53:08
ސަމީޢުގެ ސުވާލަށް ޖަވާބެއް ނޭރުވި ލަސްވިކަމަށްޓަކައި މާފަށް އެދެމެވެ. ގުއްޓަކީ، މުށްކަވައިފައި ޖަހާޖެހުމަށް ކިޔާނަމެކެވެ. މި ވެނި މީހެއްގެ ބޮލުގައި ގުއްޓެއް އަޅައިފިއޭ ބުނެފި ނަމަ އޭގެ މާނައަކީ، އޭނާގެ ބޮލުގައި މީހަކު މުށްކަވައިފައި، ނުވަތަ މުށް މަޅައިފައި ޖެހުމެވެ. ގުއްޓެއް އެރުމަކީ، މި ދެންނެވި ހަމަލާ އެމީހެއްގެ ބޮލަށް އެރުމެވެ. ޅެމުގައި ބުނެފައިވާ ބުނުމުން ގަސްތުކުރާ މާނައަކީ، ދުނިޔޭގައި އުޅޭ އިރު ދިމާވާ އެކި އެކި ގޮންޖެހުންތަކާ މެދު މާޔޫސްވެ ހިތް މޭލި ވިޔަ ނުދޭށެވެ. ކެރިގެން ކުރިމަތިލާށެވެ. މަރުޙަބާ ކިޔާށެވެ. އެކަމުގައި ކިތަންމެ ބުރައެއް އުފުލަން ޖެހުނަސް މެ އެވެ.
އަޅުގަނޑުގެ ޅެން ވިދާޅު ފާޅުކޮށްލެއްވި އިޚްލާޞްތެރި ޝުޢޫރުތަކަށްޓަކައި، ހަމަ އެފަދަ އިޚްލާޞްތެރި ހިތަކުން، ސަމީޢަށް ޝުކުރު ދަންނަވަމެވެ. ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|