މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ގޮދަންފުށް |
|
|
| ދިވެހި - ވަޒަންބަހުރުވަ | |||
| 21 ޖޫން 2009، 11:44 އާދީއްތަ | |||
|
1.
މަތީގައި އެވާ ފޮޅުވަތްތަކަށް ކިޔާނީ ކީކޭތޯއެވެ؟ އެބާވަތުގެ ފޮޅުވަތްތައް ލިޔަން ކިލާހުގައި އަޅުގަނޑަށް ދަސްވިއެވެ. އޭރު އެނގު ގޮތުގައި، ޅެމަކީ އެގޮތަށް ލިޔެލާ ފޮޅުވަތްތަކެކެވެ. އޭގައި ވަޒަނެއް ވެއެވެ. އަދި ބަނޑުވަށް އަކުރަކާއި ކާފިޔާއެއް ވެއެވެ. ސުއާލަކީ، މި ކަންތައްތައް ފުރިހަމަވާ ކޮންމެ ފޮޅުވަތްތަކެއް ޅެމަކަށް ވެދާނެތޯއެވެ؟
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)
![]()
... ލިޔުނީ އަބަންބަދީ, 2009-06-22 09:45:28
މަތީގައި އޮތް ޅެން ކިޔަން ފަށާފައި އަޅުގަނޑު މި ހިތަށް އެރީ މުޢީދު ފަދަ ބޭފުޅަކު ހައްދަވާނެ ޅެމެއްބާއޭ މިއީ. އެހެން ހީކޮށް ހިސާބަކަށް ނުރުހުންވެސް ވެ ހުރެ، ލިޔުން ނިއްވާލީ ފުރަތަމަ. ދެން އަނެއްކާ އަލުން މި ކިޔާލީ. ތިރީގައި ލިޔުއްވާފައިވާ ބަޔާ އެކު. ދެން އަދި މި ވިސްނުނީ މުޢީދުގެ މަޤްޞަދު.
އެހެންވީމާ އަޅުގަނޑު މި ހިތަށް އަރަނީ ހާދަ މަދޭ މިފަދަ މުހިއްމު ލިޔުމަކަށް ލިބިފައި މިހިރަ ކޮމެންޓުގެ ޢަދަދު. ފަހަރެއްގައި އަޅުގަނޑަށް ފުރަތަމަ ދިމާވި ގޮތަށް، ދެ ބައިތެއްވަރު ކިޔާލުމަށް ފަހު އެހެން ގިނަ ބަޔަކު ވެސް ނިއްވާލީ ކަމަށް ވުންވެސް އެކަށީގެންވޭ. ކޮންމެ ގޮތެއް ވިޔަސް، މުޢީދު ތިޔަ ވިދާޅުވީ ހަމަ ވަރަށް ރަނގަޅު ވާހަކައެއް. ދިވެހި ބަހުން ޅެން ހަދާ ވަރަށް ގިނަ މީހުން އެބަ އުޅޭ. ހަމަ ގޮދަން ފުށަށް ތިޔަ ހެއްދެވިކަހަލަ ޅެންތައް އިނގޭތޯ. ދިވެހި ޅެންވެރިކަން ކުރިއަރުވައި، ޅެންވެރިކަމާ މެދު ދިވެހިން ލޯހުޅުވައި އެކަމަށް ޝައުޤުވެރިކުރުވުމަށް މުޢީދު ތިޔަ މަސައްކަތްކުރައްވާ ގޮތަށް މަސައްކަތްކުރައްވާ އެހެން ބޭފުޅެއް އަޅުގަނޑު ނުދެކެން. މިދެންނެވީ، ޅެންވެރިކަމުގެ ޚިޔާލަކީ ކޮބައިކަން މީހުންނަށް ވިސްނައިދެއްވުމަށް ތިޔަ ކުރައްވާ މަސައްކަތްތައް. ޚައްޔާމުގެ ރުބާޢިއްޔާތު ފަދަ ދުނިޔެއަށް މަޝްހުރު ޅެންތައް ތަރުޖަމާކުރެއްވުމުން ވެސް އެފަދަ ޅެންވެރި ޚިޔާލަކީ ކޮބައިކަން ޅެމަށް ޝައުޤުވެރިވާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އަޅުގަނޑު ހިތަށް އަރާ، މުޢީދުގެ ނަޒަރުގައި ދިވެހިބަހުން ހެދިފައި ހުރި ޅެންވެރި ޚިޔާލުގެ ބައެއް ޅެންޅެމުގެ މިސާލާއި އެ ޅެންތަކުގެ ޚިޔާލު ރީތިވީ ކީއްވެކަން އެނގޭނެ ފަދަ ބައެއް ލިޔުން ވެސް މުޢީދު ލިޔުއްވާނެ ނަމައޭ. ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|
"ދޮގުހެދުމާއި ނުބައި ޢަމަލުތައް ކުރުމުން އެއްކިބާނުވާ މީހާ (ރަމަޟާންމަހުގެ ދުވާލު) ކާބޯތަކެއްޗާ ދުރުހެލިވެގެން ހުރުމަކަށް މާތް ﷲ އޭނާގެ ކިބައިން އެދިވޮޑިއެއްނުގަންނަވަ އެވެ." (ޙަދީޘްފުޅެއްގެ މާނަ) |
އަޅުގަނޑަކީވެސް ދިވެހިބަހުން ޅެންހަދަން ބޭނުންވާ ކުއްޖަކީމެވެ! އެއްވެސް މައުލޫމާތެއް މައުލޫމާތު އެއް ނުލިބި ލިއުން ނިމުނީއެވެ! ޔަގީނުންވެސް އުސްތާޛު މުއީދުގެ ކިބައިގައި (ޅެންވެރިޔާގެ ބަނޑުގައި) ފޮރުވިފައިވާ މާނައެއްވެ އެވެ!!