މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ރައިވަރާއެކު ފަށައިގަތުމެއް |
|
|
| ދިވެހި - ވަޒަންބަހުރުވަ | |||
| 08 ޖުލައި 2009، 00:11 ބުދަ | |||
|
އަޙްމަދު ޝަމީނު ދޮންމަނިކު / ތޮއްޑޫ (2009) އަޅުގަނޑުމެންގެ ދިވެހި އުސްތާޛު އާދަމް ނަޞީރު އިބްރާހިމް ވެސް ވިދާޅުވެލައްވަނީ ރައިވަރަކީ އޭނާއަށް ހައްދަވަން އެހާ ފަސޭހަ އެއްޗެއް ނޫންކަމަށެވެ. ޚާއްޞަކޮށް ފަހު ދެބަހުގެ ކާފިޔާ އެއްގޮތް ކުރުމަކީ މާ ދަތިކަމެކެވެ. މި މަސައްކަތުގެ އެންމެ ބޮޑު މަޤްޞަދަކީ "ފަންވަތް" ކަހަލަ ދިވެހި ވެބްސައިޓުތަކަށް ވެސް މިހާރު ރައިވަރަކީ މާ ތަދު އެއްޗަކަށް ވެފައި އޮތީތީ، މި އުނދަގުލާ ކުރިމަތިލައިގެން ނަމަވެސް މި ފަޅުކަން ފިލުވާލުމުގައި ހިއްސާއެއް ވެދިނުމެވެ. މި ލިޔުމުގައި އާންމުކޮށް ރައިވަރާ މެދު ވާހަކަ ދެކެވޭ މައިގަނޑު ބައެއް މައުޞޫޢުތަކަށް އަލި އަޅުވާލެވިފައި ވާނެއެވެ. ދިވެހިބަހުގެ ދާރިސުންނާ އެންމެހާ އުސްތާޒުންގެ އަރިއަހަށް މި ހަދިޔާ މި އަރިސްކޮށްލަނީ ބިނާކުރަނިވި ފާޑުކިޔުންތަކަކަށް އިންތިޒާރުކުރަމުންނެވެ. ކުށްތައް ފާހަގަ ކޮށްދެއްވާނެކަމުގެ އުންމީދުކުރަމުންނެވެ. ފުރަތަމަ ބައި: ރައިވަރުގެ ވަޒަން ހުންބަންތި ހަބަހުން ނިމޭ (ތިންބަހުން ހަބަހުން ނިމޭ) ހުންވަޒަން ފެނޭ މެ ބައިވަރު (ވަޒަން ބަހުރުވައިން ފެނޭ މެ،) ރީތި ރައިވަރު ބައިވަރު (ބައިވަރު ރީތި ރައިވަރު) ޖުމުލަ މާނަ: ވަޒަންބަހުރުވައިގެ ތެރެއިން ތިންބަހުން، ހަބަހުން ނިމޭ ރީތި ރައިވަރު ބައިވަރު ފެނެއެވެ. ދެވަނަ ބައި: ރައިވަރުބައި ވުރެއަށްމި ގިނަ ބަހުންވެސް (މިއަށްވުރެ ގިނަ ބަހުންވެސް) ވަރުންމީހު ރައި އިހުއުޅުނު (އިހުއުޅުނު މީހުން ރައިވަރު) ވަރުވަރުން ހަދާ އުޅުނު (ވަރުވަރުން ހަދާއުޅުނު) ބައި ޔާކި ރައިވަރު މިއަށް (މިއަށް ރައިވަރުބައި ކިޔާ) ގައި ހުރޭ ގާތްގޮތެއް ހަމާ (ހަމާގައި ގާތްގޮތެއް ހުރޭ) ގައި ދިގުކަމު ވޭ ހަމާ (ދިގުކަމުގައި ހާމަވޭ) ތޯމީގެ ސާލަކަށް މިއެ؟ (މީގެ މިސާލަކަށް ތޯއެ؟) މާކެޔޮޅުރައިވަރު ލަ ބައިމެ (މާކެޔޮޅު ރައިވަރު ބަލައި މެ) ނީބުރު ރައިވަރު ބައިމެ (ބުރުނީ ރައިވަރު ބައި މެ) ޖުމުލަ މާނަ: މިއަށްވުރެ ގިނަބަހުންވެސް އިހުއުޅުނު މީހުން، ވަރުވަރުން ރައިވަރު ހަދާއުޅުނެވެ. މިއަށް ރައިވަރުބައި ކިޔައެވެ. ހަމައިގައި (ވަޒަނުގައި) ގާތްގޮތެއް ހުރެއެވެ. (ނަމަވެސް) ދިގުކަން ހާމަވެއެވެ. މީގެ މިސާލަކަށްތޯއެވެ؟ މާކެޔޮޅު ރައިވަރު، ބުރުނީ ރައިވަރުބައި ބަލާށެވެ. ތިންވަނަ ބައި: ރައިވަރަކީ ކޮބާ ކީ ރައިވަ ރަންދިވެހި (ރައިވަރަކީ ދިވެހިން) ސުރެއިހުއް ޔާޚިލު ތުގެހި (އިހުއްސުރެ ހިތުގެ ޚިޔާލު) ގަގަތަމުން ވަވަޒައް ކިނެއި (ވަކި ވަޒަނެންގައި ގަތަމުން) ޔާޅެކޭ ރާގަކު މިމެކި (މި ރާގަކު ކިޔާ ޅެމެކޭ) ކާއަނެއަށްއަ ގަލަންދީއި (އަނެކާއަށް އަންގާލަދީ) -ނުޞަލާޙުއްޙު ސަންދީއި- (ޙުސައިން ޞަލާޙުއްދީނު) ޖުމުލަ މާނަ: ރައިވަރަކީ އިހުއްސުރެ ދިވެހިން (އެމީހުންގެ) ހިތުގެ ޚިޔާލު އަނެކާއަށް އަންގައިލަދީ ވަކިވަޒަނެއްގައި ގަތަމުން މިރާގަކު ކިޔާޅެމެކެވެ. - ޙުސައިން ޞަލާޙުއްދީނު - ހަތަރުވަނަ ބައި: ރައިވަރާއެކު އައި ވަޒަންބަހުރުވައިގެ ކުރިއެރުން މާދިވެހި ޅެކަވެރިން (ދިވެހި ޅެންވެރިކަމާ) ރާވަރައި އަދި މިހަމައިން (އަދި ރައިވަރާ މިހަމައިން) މާރަކަށް ކުރިއެރި ވައޭ (މާވަރަކަށް ކުރިއެރި އޭ) ކާބަފައިން ގެދިވެހި ރުއޭ (އޭރު ދިވެހި ކާބަފައިން) މާނުލާ ކަމެތުންގު ކޮރުވަ (ކޮރުކަމާ ނުލާ މެ ވަގުތުން) ދާފަހިހަށް ރައިކިޔެ ކޮރުވަ (ފަހިކޮށް ރައިވަރު ހަދާ ކިޔެ) ޖުމުލަ މާނަ: ދިވެހި ޅެންވެރިކަމާ އަދި ރައިވަރާ މިހަމައިން މާވަރަކަށް ކުރިއެރިއެވެ. އޭރު ދިވެހި ކާބަފައިން ކޮރުކަމާ ނުލާ ވަގުތުން ފަހިކޮށް ރައިވަރު ހަދާ ކިއެވެ. ފަސްވަނަ ބައި: ރައިވަރުގެ "ވިދުން ފަނޑުވުން" ބަހުގެއަދަބާއި ބަސް (ބަހުގެ އަދަބާއި ބަސް) އެއްޗެކޭ ދެރަ ހީވެގޮސް (ދެރަ އެއްޗެކޭ ހީވެގޮސް) ބޭރު ބަސްބަސް ގެންވެ ދަސް (ބޭރު ބަސްބަސް ދަސްވެގެން) ލާލުމުން އެއްފަށް ހަފަސް (އެއްލާލުމުން ފަސްފަހަށް) ރައިވަރުން ހުރި އިހު އެ ޤަދަރު (އިހު ހުރި އެ ޤަދަރު ރައިވަރުން) ޔޭ ފުހެވިއްޖެ ނެތި ޤަދަރު (ޤަދަރުނެތި ފުހެވިއްޖެ ޔޭ) ގެހިތު ވަޙުޝިއްޔަތުގެ (ހިތުގެ ވަޙުޝިއްޔަތުގެ) ރެއްތިޔާ ހަ ކަމު ހެދުމުން (ހަތިޔާރެއްކަމު ހެދުމުން) ފެއްޓިދާން ރައިވަރުގެ އަގުނެތި (ރައިވަރުގެ އަގުނެތިދާން ފެއްޓި) އެންމެ އަންހާން ހެޔޮނުވާ (އެންމެން އަހާން ހެޔޮނުވާ) އެއްޗަކަށް އެންއި ނިތިބެރެކި (އެއިން ރެކިތިބެނި އެއްޗަކަށް) ވެގިނަ ވެމެ ރައިވަރު ބެރެކި (ވެ، ބެރެކި ރައިވަރު ގިނަވެ) ދޭކޮށްހަ ތުންގަ ދަތިވެމެ (ދޭހަކޮށްގަތުން ދަތިވެމެ) އޭގެ ބަސްމަގު ރާއި ވަރައި (ރައިވަރާއި އޭގެ ބަސްމަގު) ހީޖެ ވަޅުރު އެވެވަރައި (ރައިވަރު ވަޅު ޖެހީއެވެ) ޖުމުލަ މާނަ: ބޭރު ބަސްބަސް ދަސްވުމުން (ދިވެހި) ބަހާ ބަހުގެ އަދަބަކީ ދެރަ އެއްޗެކޭ ހީވެގެން ފަސްފަހަށް އެއްލާލުމުން ޤަދަރުނެތި ރައިވަރުން އިހު ހުރި ޤަދަރު ފުހެވިއްޖެއެވެ. (އަދިހަމައެހެންމެ ރައިވަރަކީ) ހިތުގެ ވަޙުޝިއްޔަތިގެ ހަތިޔާރެއްކަމު ހެދުމުން ބެރެކިރައިވަރު ގިނެވެ އެންމެން އަހާން ހެޔޮނުވާ، އެއިން ރެކިތިބޭ އެއްޗެއްކަމުގައިވެ، ރައިވަރުގެ އަގުނެތިދާން ފެއްޓިއެވެ. (އަނެއްސަބަބަކީ) ރައިވަރާ އޭގެ ބަސްމަގު ދޭހަކޮށްގަތުން ދަތިވުމެވެ. ނަތީޖާއެއްގެގޮތުން ރައިވަރު ކުރިއެރުން ވަޅުޖެހީއެވެ. ހަވަނަ ބައި: ރައިވަރުގެ މަޤްޞަދުތަށް ފާޅުކުރު ޢޫޝުރުން (ޝުޢޫރު ފާޅުކުރުން) ވާލުފިއި މުނިފޫހި ލުން (މުނިފޫހި ފިލުވާއިލުން) މާއެޢިލް ނައި ގައުދިނުން (ޢިލްމާއި އެ އުގަނައިދިނުން) ޝާދުއިރު ސޭނަންހަތުން (އިރުޝާދުން ނަސޭހަތުން) ތާފުރީ ޖޫ ލާތް މަހަމަ (ތާރީފު ހަޖޫ މަލާމަތް) ރޭޤުމަޞަދު ތެވެ ހަމަހަމަ (މަޤްޞަދުތެރޭ ހަމަހަމަ ވެ) ޖުމުލަ މާނަ: އިރުޝާދުން، ނަސޭހަތުން ޝުޢޫރު ފާޅުކުރުން، މުނިފޫހި ފިލުވައިލުން، ޢިލްމާއި ޢިލްމު އުނގަންނައި ދިނުން، ތާރީފު، ހަޖޫ، މަލާމަތް، ރައިވަރުގެ މަޤްޞަދުތެރޭގައި ހިމެނި ހަމަހަމަ ވެގެންވެއެވެ. ހަތްވަނަ ބައި: އިހުގެ ގިނަ ރައިވަރުތަށް ކޮބާ؟ "ލާބަކިމެ ޑަށްބޮ ތައް (ކިތައްމެ ބޮޑަށް ބަލައި) ޅާކޮހޯ ޔަސް ތަންދިތަން (ތަންތަން ކޮޅާ ހޯދިޔަސް) ޒާތު ލިޔުމުގެ މެދުވެ މަން (ލިޔުމުގެ ޒާތުން މަދުވެ) ޗާޕު ނެތުމުން ނޭ ކުރުން (ޗާޕުކުރުން ނެތުމުން ނޭ) ނީނު މޮޅު އިހު ތަކެތި ނަންފެ" (އިހު މޮޅު ތަކެތި ފެންނަން ނެތީ) :ސީދީގޭޅު ބޮޑު ވަންފެ (ބޮޑުފެންވަޅުގޭ ސީދީ) ޖުމުލަ މާނަ: ކިތައްމެ ބޮޑަށް ތަންތަން ކޮޅާ ބަލައި ހޯދިޔަސް އިހުގެ މޮޅު ތަކެތި (ރައިވަރުތަށް) ފެންނަން ނެތީ ލިޔުމުގެ ޒާތުން މަދުވުމުންނާ (އެދުވަސްވަރު) ޗާޕުކުރުން ނެތުމުން ނެވެ. - ބޮޑުފެންވަޅުގޭ ސީދީ –
|
| ހަމަ މި ގަލަމުން |
|---|
ލިޔުން ކިތަންމެހާވެސް ފުރިހަމަ... ދިވެހިންނާ ވަރަށް ބީރައްޓެހި ވަޒަންބަހުރުވައިގެ ބާވަތާބެހޭ އެތަކެއް މަޢުލޫމާތެއް ހަމައެވަޒަންބަހުރުވައިން ގެނެސްދެއްވާފައިވާގޮތް ވަރަށް ފުރިހަމަ...