|
ދިވެހި -
ވަޒަންބަހުރުވަ
|
|
24 ނޮވެމްބަރ 2008، 20:36 ހޯމަ |
|
1. ތިޔަ ރީތި ދެތުންފަތުގައި މިހިތުން ބޮސްދީ ހެދިދާނީ ކޮންއިރަކުން؟ "ތިޔަ ހިތް ބުނި ކޮންމެ ކަމެއް ކުރުމަށް މި ދެ ތުންފަތް މިވަނީ ތައްޔާރަށް!" 2. ފުދިދާނޭބާ ބޮހަކަށް އަގަކަށް މިޞްރުގެ ވާރު އެކީގައި ދިނުމުން؟ "ވިޔަކޮށްލީމާ ނުވެދާނޭބާ ތިޔައީ ވެސް މާ މަދު މިންވަރަކަށް!" 3. އެއްވެސް ކަތަކަށް އެރިފައިވޭހޭ؟ ތުންފަތު ހިޔަލަށް ހިންމަތަކުން، "ތިޔައީވާ އަދި ނޭގޭ އަރަތެއް އޭގެ ޖަވާބެއް ފާލާ ރަމަލަށް!"
4. ޓޯއީ ދޫކޮށް ޞަމަދަށް ކުއްތަން ނުމެވާނަންހޭ؟ އަޅުކަން ކުރަމުން، "ކުޅިވަރު ކުޅުމާ އަޅުކަން މިވަނީ، ޢިޝްޤުގެ މަގުގައި ހަމަ އެއް ކަމަކަށް!" 5. ހިތުގައި އުފެދޭ ހާސަރު ފޮހެލަން ޙާނަތު ކަމުދޭހޭ؟ ޝަރުބަތަކުން، "ކޮންމެ ތަނެއްގައި ތިބެގެން ނަމަވެސް ހިތް ސާފުކުރުންވޭ ހެޔޮކަމަކަށް!" 6. ގަނޑު އެޅި މި ލިބާހާ ޝަރުބަތަކީ ރަމްޒުކަމަށްވީ ކޮން މަޒުހަބަކުން؟ "ޝޭޚު މަޖޫސީ ގާތަކު ނޫނީ ނުމެވާނޭ ތިޔައީ ރަމްޒު ކަމަށް!" 7. މުސްކުޅި ޝޭޚަކު އެދުނަސް މަންފާ ލިބިދާނޭހޭ؟ ރަތް ތުންފަތަކުން، "އިހުގެ ޒުވާންކަން އަނބުރާ އާލާކުރެޔޭ ތުންފަތް އޭނާގެ ހިތަށް!" 8. އަދުގެ ޒުވާނުން ކައިވެނިކޮށްގެން އެ އުފާ ހޯދާނީ ކޮން އިރަކުން؟ "ޖުޕިޓަރު ގޮސް ހަނދުގައި ބޮސްދެންދެން ތިޔަކަންތައް ވާނީ ފަސްކުރުމަށް!" 9. ކީރިތިވި އިލާހަށް ޙަމްދު ޘަނާ ކިޔަމުން ޙާފިޡު މިދަނީ ޣަޒަލުން! "އުޑުގެ މަލާއިކަތުން އިހުނަށްސުރެ އެތިބީ ހަމަ ތިޘަނާތައް ކިއުމަށް!"
|