|
ދިވެހި -
ވަޒަންބަހުރުވަ
|
|
24 ނޮވެމްބަރ 2008، 20:39 ހޯމަ |
|
1. ސިކުންތެއްވާ ހިތާމައިގާ ނުވޭ ޢާލަމް އެއާ އެއްވަރު، ހެދުން ރާތަށްޓަކަށް ވިއްކާލެވިއްޖޭ ވާކަމުން އެއްވަރު! 2. އެއިން ތަށްޓެއްގެ ރަހަބެލުމުން މުޞައްލާ އަގުކަމަށް އަތުލީ، މަގޭ ތަޤުޥާގެ ރަމްޒާއޭ! ތިބާ ވޭހޭ؟ އެއާ އެއްވަރު. 3. މަގޭ ބޯކޮޅު ބަލާ މީހާ މަލާމާތްތައް ކުރަން ފެށްޓީ، ޝަރާބަށް އެދި އެ ޙާނޫތަށް ހިނގައިދާތީ ނިކަން ދަންވަރު.
4. މިސާލީ ޢިއްޒަތާ ރަސްކަން ހިސާބެއް ނެތް ޚަޒާނާތައް، އެއީ ކުރިބޯށިތައް އުފުލޭ އެއަށް ކުރުނީސްވެވޭ ދަންމަރު. 5. މުދާވެރިކަން ލިބޭތޯއޭ ފުރީ ދަތުރަށް އަރައި ނަވުގައި، ޖެހުނު ޠޫފާނުގައި ބަލިވީ އެ ބިޔަ ނާޒޯނގުވާ ލަޝްކަރު. 6. ލިބޭ ފައިދާތަކެއް ވިޔަކަސް އެއިން ދަތުރެއް ނިމޭއިރުގައި، ލިބޭ ގެއްލުންތަކާ އަނިޔާ ނުވޭ ގައިމޭ އެއާ އެއްވަރު. 7. މި ޢާލަމުގައި ހިނގާހައި ކަންކަމާ މެދުގައި ހިތާމަނުކޮށް، ކުރުން އެދެމޭ ތިބޭ ޙާފިޡުކުރާ ފަދައިން ނިކަން ހިތްވަރު.
|