|
ދިވެހި -
ވަޒަންބަހުރުވަ
|
|
24 ނޮވެމްބަރ 2008، 20:44 ހޯމަ |
|
1. ޝަރާބުގެ ކޫޒުތައް ދޭށޭ އަރަގު ފިނިފެން މަލުން ފެލުމަށް، ތަޅައި އަފުލާކުތައް ކުދިކޮށް މިކައުނު އެކީ އަލުން އެޅުމަށް. 2. މަށަށް އަނިޔާކުރަން ލަޝްކަރު އައިސް ލޭބޯން އުޅޭނަމައީ، ގޮވާނަމެ ޤާތިލުން އިނދަޖެއްސުމަށް ކުޅަދާނަ ސާޤީއަށް. 3. އަރަގު ފިނިފެންމަލުން ފެލުމަށް މަށަށް މިނިވަންކަމެއް ދޭށޭ! އެއިން ޝަރުބަތް ބަހައި ހަދަމުން ރަޙީޤުން ދުން އަޅައި އުޅުމަށް.
4. ގިޓާއިން ދެން ޖަހައިދޭށޭ! ތިބާ ޝާދީ މަށަށް ރާގެއް، ނަށައި މަސްތުވެ، އެއިން ވަޖިދުވެ، އެއިން ލަވަތައް ކިޔައި ހެދުމަށް. 5. ވަޔާއޭ! ރޫޙު ގެންދާށޭ! މަގޭ މަޢުޝޫޤު އުނގުތެރެއަށް، މަޖާލިސުގައި ސަމާސާކޮށް އެތާނގައި ހިތްއުފާކުރުމަށް. 6. ދަލީލުން ރުހިތިބޭ ފަރުދުން، ދަލީލެއް ނެތި ރުހޭ އަނެކުން، މިކަންކަން ހުށަހަޅަން އާދޭ އިލާހުގެ ހެޔޮ ޢަދާލާތަށް. 7. ޒުވާނުންނޭ! ތަބާވާށޭ! މަށާއެކު ޙާނަތަށް ދިއުމަށް، އެތާނގަޔެ ޖަންނަތާ ކައުޘަރު ވަނީ ޤާއިމްވެފައި އަބަދަށް. 8. ޅެމާ ޢިޝްޤަށް މަޤާމެއް ނެތް މި ޝީރާޒުން ނުކުންނާށޭ! އެހެން އާބާދަކުން މަންޒިލް ދުށުން އުންމީދުކޮށް ދިއުމަށް.
|