މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| އަހަރެން ކަލޭދެކެ ލޯތްބެއް ނުވަމެވެ. |
|
|
| ދިވެހި - ވަޒަންބަހުރުވަ | |||
| 25 ޖުލައި 2009، 16:32 ހޮނިހިރު | |||
|
އުރުދޫބަހުން ދިވެހި ބަހަށް ތަރުޖަމާ ކުރެވިފައި ޝާޢިރު؛ ޖާން ނިޘާރު (އަޚްތަރު) ތަރުޖަމާ؛ ޢަބްދުﷲ ނަޢީމު އިބްރާހީމް އަހަރެން ކަލޭދެކެ ލޯތްބެއް ނުވަމެވެ. އެކަމަކުކަލޭ ކައިރީގައި ނެތިއްޔާ އަހަރެންގެ އުދާސްކަން ފިލައިގެންނެެއް ނުދެއެވެ. އަހަރެންގެ ޙިއްސުތައް ހުންނަނީ އައްސިވެފަ އެވެ. ދެއްކޭ ނުދެއްކޭ ވާހަކައެއް ނޭނގެ އެވެ. މުޅި ވުޖޫދަށް އޮންނަނީ ހިމޭންކަން ވެރިވެފަ އެވެ. އަމިއްލަ ހިތާ ވެސް ވާހަކައެއް ނުދެއްކެ އެވެ. އަމިއްލަ ހިތާ ވެސް ވާހަކައެއް ނުދެއްކެ އެވެ. އަހަރެން ކަލޭދެކެ ލޯތްބެއް ނުވަމެވެ. އެކަމަކު އަހަރެން ކަލޭދެކެ ލޯތްބެއް ނުވަމެވެ. އެކަމަކު ދުވާލުގެ ދިގު ގަޑިތަކުގައި ދެވަނަ ކަމެއް ނުކުރަމެވެ. ހިތުގައި އޮންނަނީ ކަލޭގެ ސޫރަ އެވެ. ކަލޭގެ ވާހަކަތަކާމެދު ވިސްނަމެވެ. ކަލެއަށް އެންމެ ރީތީ ކޮންކަހަލަ މަލެއް ހެއްޔެވެ؟ އެންމެ ރީތީ ކޮން ކުލައެއް ހެއްޔެވެ؟ ތާ އަބަދު ހުންނަނީ ކަލޭގެ ޚިޔާލުގެ ތެރެއަށް ގެއްލިފަ އެވެ. އަހަރެން ކަލޭދެކެ ލޯތްބެއް ނުވަމެވެ. އެކަމަކު އަހަރެން ކަލޭދެކެ ލޯތްބެއް ނުވަމެވެ. އެކަމަކު މި އިޙްސާސްތަކުން މިންޖެއް ނެތެވެ. ވިސްނިވަރަކަށް ހާސްކަން ދަނީ ބޮޑުވަމުންނެވެ. ހިތް ގެނބެމުންދާހެން ހީވެ އެވެ. އަހަރެން އެންމެ ލޯބިވާ މީހާގެ ކިބައިގައި އަހަރެންގެ ހިތުގައި އެންމެ މަތިވެރި ޖަރަޖައެއް ދެވިފައިވާ މީހާގެ ކިބައިގައި ކަލޭގެ ކިބައިގައި ތިޔަ ވާހަކަ އެއްވެސް ކަމެއް ނެތެވެ. އަހަރެން ކަލޭދެކެ ލޯތްބެއް ނުވަމެވެ. އެކަމަކު މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (4)
![]()
...
ލިޔުނީ ކަލާ, 2010-05-30 03:24:49
އަހަރެން ކަލާދެކެ ލޯތްބެއް ނުވަމެވެ، އެކަމަކު ކަލާއަށް ދީވާނާވަމެވެ.
މީ ކޮންފަދަ އަޖައިބެއްތޯއެވެ، އަހަރެން ކަލާދެކެ ލޯތްބެއް ނުވަމެވެ
...
ލިޔުނީ pari, 2010-06-12 16:42:37
އަހަރެން ކަލާދެކެ ލޯބި ވަމެވެ. އެކަމަކު ކަލާ ފެނުނީމަ ނަފްރަތުން ދެލޯ ރަތްވެއެވެ.
އަހަރެން ކަލާދެކެ ލޯބި ވަމެވެ. އެކަމަކު ކަލާ ގެ އަޑު އަވުމުން ކަންފަތް ބަނދު ކުރެވެ އެވެ. އަހަރެން ކަލާދެކެ ލޯބި ވަމެވެ. އެކަމަކު ކަލާގެ ހިލަމެއް ވެސް މި ހަޔާތަށް ނާދޭތޯ ދުޢާ ކުރެވެ އެވެ.. ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|
އެކަމަކު މިޅެން އަދި އެއްފަހަރު ކިޔާލަން ބޭނުން ވިއެވެ.
ދެފަހަރަށް ކިޔުމުން ތިންވަނަ ފަހަރަށް ކިޔަން ބޭނުންވިއެވެ.
މިހެންގޮސް އެތައްފަހަރަކު ކިއިއްޖެއެވެ.
ކިޔާ ކޮންމެ ފަހަރަކު ހިތަށް ކުރާ އަސަރު ބަޔާންކުރަން ދައްޗެވެ.
ހީވަނީ އަހަރެންގެ ޙަޔާތާއި މިޅެމާ ގުޅުންހުރީހެނެވެ.
ހީވަނީ އަހަރެންގެ ޙަޔާތާއި މިޅެމާ ގުޅުންހުރީހެނެވެ.