މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ނަމައޭ..... ހިތަށް އަރައޭ |
|
|
| ދިވެހި - ވަޒަންބަހުރުވަ | |||
| 31 ޖުލައި 2009، 01:25 ހުކުރު | |||
|
އިނގިރޭސި ބަހުން ދިވެހި ބަހަށް ތަރުޖަމާކުރެވިފައި ޝާޢިރު؛ ޖީން ކޮލިންސް ތަރުޖަމާ؛ މުޙަންމަދު ވަޙީދު މަޑުލު ކަލޭ މި ދުނިޔެ ދޫކުރުމުގެ ކުރީން ބުނެވުނު ނަމައޭ ހިތަށް އަރައެެވެ. އަހަރެންގެ ހަޔާތަށް ކަލޭ ގެނެސްދިން ބޮޑު ބަދަލުގެ ވާހަކަ އެވެ. ކަލޭގެ ޙަޔާތުގެ ބައިވެރިޔަކަށް އަހަރެން ވީތީ ކިހާ ފަޚުރުވެރިއެއް އަހަރެންވީކަމުގެ ވާހަކައެވެ. އެހާ ކުއްލި ގޮތަކަށް ކަލޭ ވަކިވުމުގެ ކުރިން ބުނެވޭނެހާ ވަގުތު ލިބުނު ނަމައޭ ހިތަށް އަރައެވެ. ވަގުތު އެހާ ނެތްކަމާއި ކަލޭ އެހާ އަވަހަށް ވަކިވާނެކަން އެއްގޮތަކަށް ވެސް ނޭނގެ އެވެ. ކަލޭގެ ދަރިން ބޮޑެތިވެ މީހުންނަށް ވެފައިތިބިތަން ކަލެއަށް ފެންނާނެ ނަމައޭ އަހަރެން ހިތަށް އަރައެވެ. ކަލޭ ދިޔުމުން އެ ކުދީންގެ ހިތް ކުދިކުދިވި އެވެ. އެކަމަކު ކަލޭ އެ ކުދިންނާމެދު ފަޚުރުވެރިވީހެވެ. ކަލޭގެ ކާފަދަރިން ދެކިލަން ކަލޭ ހުރި ނަމައޭ އަހަރެން ހިތަށް އަރައެވެ. އޭގެ ތިން ބެއިން އެބަ ތިއްބެވެ. އެ ކުދިންގެ ނާރުތަކުގައި ހިނގަނީ ވެސް ކަލޭގެ ލެއެވެ. އެއީ ވެސް ކަލޭގެ ބަޔެކެވެ. އަހަރުމެން އެކުގައި އުޅުނު ދުވަސްތައް އަލުން ފެށޭނެ ނަމައޭ އަހަރެންގެ ހިތަށް އަރަ އެވެ. ހިތިކަމާއި ތަދު ނޫނީ އަހަރެން ބަދަލުކުރަން ބޭނުންވާނެ އެއްވެސް ކަމެއް ނެތެވެ. މިހާރު އަހަންނަށް އެނގެނީ ކަލޭ އެނބުރި ނާންނާނެކަމެވެ. އަހަރެންގެ އުންމީދާއި އެދޭ އެދުން ފުރިހަމަ ނުވާނެކަން އެނގެ އެވެ. އަހަރެން ހިތްހަމަ ޖައްސަނީ ކަލޭގެ އުފާވެރި ލޯބީގެ ހަނދާންތަކުންނެވެ. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (3)
![]() ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|
އެވާހަކަ ކުރިން ނުބުނެވުން ކަން ހާދަދެރައެވެ