މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ކޮންކަހަލަ އިންސާނެއް ހެއްޔެވެ؟ |
|
|
| ދިވެހި - ވަޒަންބަހުރުވަ | |||
| 04 އޮގަސްޓް 2009، 00:26 އަންގާރަ | |||
|
އާޅެން ޅޮހީ ޢަބްދުއްރަޙީމް ދުނިޔެއާއި މެދު ވިސްނާލީއިރުދުނިޔެ ހާދަ ބޮޑެވެ. ދުނިޔެ ހާދަ އަޖައިބު ކުރުވަނިވިއެވެ. މިއީ އަނެއްކާ ކޮންކަހަލަ ފާލަމެއް ހެއްޔެވެ؟ ފައިސާއާއި މެދު ވިސްނާލީއިރު ފައިސާއަކީ ދުވަހަކުވެސް ގިނަނުވާ އެއްޗެކެވެ. ފައިސާ ކިތަންމެ ގިނައިން ހުރި ކަމުގައިވިޔަސް މެއެވެ. ފައިސާގެ މައްޗަށް ދަހިކުރުވާ ލަންބުވާ އެއްޗެއްމެއެވެ. މިއީ އަނެއްކާ ކޮންކަހަލަ ކަރުދާސްތަކެއް ހެއްޔެވެ؟ މަރާމެދު ވިސްނާލީއިރު މަރުވަނީ ތިމާއާ ވަރަށްވެސް ކައިރީގައެވެ. މަރުވަނީ ފައިވާނުގެ ވަދަށްވުރެވެސް ކައިރީގައެވެ. މިއީ އަނެއްކާ ކޮންކަހަލަ ނިމުމެއްބާވައެވެ؟ އާޚިރަތާމެދު ވިސްނާލީއިރު އާޚިރަތަކީ ކޮންމެވެސް ވަގުތަކުން ކަށަވަރުކަމެކެވެ. އާޚިރަތް ބަޔެއްމީހުން ދޮގުކުރާ ހާލުގައިވެސް މެއެވެ. އާޚިރަތާމެދުގައި އިޤުރާރުވެސް ނުވެވޭ ހިނދުއެވެ. އަނެއްކާމިއީ ކޮންކަހަލަ ދުވަހެއް ހެއްޔެވެ؟ އިންސާނާއާއި މެދު ވިސްނާލީއިރު އިންސާނާ ދުނިޔެ ފަހަތުން ކަށިހަފަމުން ދުވަނީއެވެ. އިންސާނާ ފައިސާއާއި މެދު ދެބަސްވެ ބުޅާ ކޯޅޭހެން ކޯޅެނީއެވެ. އިންސާނާ މަރުހަނދާންނައްތާލައި ކިއްލާތަކުގެ ނިވަލަށް ވަންނާން ގަދަ އަޅަނީއެވެ. އިންސާނާ އާޚިރަތް ހަނދުމަނެތިކޮށް ދުނިޔޭގެ ވެރިކަމާމެދު މަރުދަން ޖެހެނީއެވެ. މިއީ އަނެއްކާ ކޮންކަހަލަ އިންސާނެއްބާއެވެ؟
|
| ހަމަ މި ގަލަމުން |
|---|
އަނެއްކާ މިއީ ކޮންކަހަލަޅެމެއްބާއެވެ؟