ފަންވަތް ދުނިޔެ ހެއިޓީއަށް އައި ވަރުގަދަ ބިންހެލުން
ބެލި ޢަދަދު: 628
ހެއިޓީއަށް އައި ވަރުގަދަ ބިންހެލުން ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 3
ދެރަވަރަށްމޮޅު 
ދުނިޔެ - ދުނިޔެ
13 ޖެނުވަރީ 2010، 18:08 ބުދަ

މިހާރު ވާނީ ބިންހެލުމުން ލިބުނު ގެއްލުންތައް ދައްކުވާދޭ ބައެއް ފޮޓޯތައް އިތުރުކުރެވިފަ އެވެ.

ޢަބްދުލްމުޢީދު ޙަސަން


ހެއިޓީއަށް އައި ވަރުގަދަ ބިންހެލުމަކީ، މީގެ 200 އަހަރު ކުރިއްސުރެ، އެ ޤައުމަށް އައި އެންމެ ބޮޑު ބިންހެލުމެވެ. ތިރީގައި މިވަނީ، އެ ބިންހެލުމާ އަދި ހެއިޓީއާ ބެހޭ ބައެއް މަޢުލޫމާތެވެ.


ބިންހެލުމާ ބެހޭ މަޢުލޫމާތުކޮޅެއް

ބިންހެލުން އައި ތާރީޚު: 12 ޖެނުއަރީ 2010
ބިންހެލުން އައި ގަޑި: ހަވީރު 16.53 ހެއިޓީ ގަޑިން (21.53 ޖީއެމްޓީ)
ބިންހެލުމުގެ ބާރުމިން: 7.3 ރިކްޓަރ މިންގަނޑުން.
ބިންހެލުމުގެ މަރުކަޒު: 10 ކިލޯމީޓަރ އަޑީގައި.
ދުރުމިން: ހެއިޓީގެ ވެރިރަށުގެ ހުޅަނގު ދެކުނު ސަރަޙައްދާ 15 ކިލޯމީޓަރު ދުރުގައި.
ބިންހެލުމުގެ މުއްދަތު: މިނެޓެއްހައި އިރު ދެމިހުރި.
މަރުވި މީހުންގެ ޢަދަދު: އަދި ނޭނގެ. ނަމަވެސް އެތައް ހާސް ބަޔަކު މަރުވާނެ ކަމަށް ލަފާކުރެވޭ.



ޙާލަތު

ބިން ހެލުން އައުމުން މަގުމައްޗަށް ނުކުތް މީހުން، ޖީސަސް އަށް ގޮވަމުން ދުވިތަން ފެނިފައިވެ އެވެ.
މި ބިންހެލުމުގައި ވެއްޓުނު ޢިމާރާތްތަކުގެ ދަށުގައި އެތައް ހާސް ބަޔަކު ފޮރުވިފައިވެ އެވެ.
ޓެލެފޯނުގެ ޚިދުމަތްވަނީ މެދުކެނޑިފައެވެ.
މުޅި ރަށަށްވަނީ، އަނދިރިކަން ވެރިވެފަ އެވެ.
އެތައް ހާސްބަޔަކު ތިބީ މަގުމަތީގަ އެވެ.
ދާނެ ނުދާނެ ތަނެއް ނޭނގޭ ޙާލު އެތައް ބަޔަކު ރޮއިހޭރެމުން ދުވި ކަމަށް، މަންޒަރު ދުށް މީހުން ބުނެފައިވެ އެވެ.
ގެއްލުން ލިބުނު ސަރަޙައްދުތަކުގައި، ތަންތަން ލޫޓުވުމުގެ ޙަރަކާތެއް ކުރިޔަށް ދިޔަ އެވެ.
ވެރިރަށް ޕޯޓޯ ޕްރިންސްގައިވާ ރިޔާސީ ގަނޑުވަރު ވެސް ވަނީ، ބިމާ ހަމަވެފަ އެވެ.
ނަމަވެސް ރައީސާއި އޭނާގެ ޢާއިލާގެ ބޭފުޅުން ސަލާމަތުން ތިއްބެވި ކަމަށް ބުނެވެ އެވެ.


ހެއިޓީއާ ބެހޭ މަޢުލޫމާތުކޮޅެއް

ހެއިޓީ އަކީ، ކެރީބިއަން ސަރަޙައްދުގައި، ޑޮމިނިކަން ރިޕަބްލިކާ އިންވެގެން އޮންނަ ޤައުމެކެވެ.
ވެރިރަށަކީ، ޕޯޓޯ ޕްރިންސެވެ.
ސިޔާސީ ގޮތުން އިސްތިޤުރާރުވުމެއް ނެތި، ހަރުކަށި ޢަމަލުތައް ހިންގުން، ދިގު މުއްދަތަކަށް ދެމިގެން ގޮސްފައިވެ އެވެ.
އާބާދީ އަކީ، 8.5 މިލިޔަނެވެ.
އާބާދީގެ ބޮޑުބަޔެއްގެ ބޮލަކަށް ދުވާލަކު ޖެހެނީ ދެ ޑޮލަރެވެ.
ހެއިޓީގައި ޑިމޮކްރަސީ ޤާއިމުކުރެވުނީ، 2006 ގައެވެ.
ޤައުމުގެ އިޤުތިޞާދީ ޙާލަތު ވަރަށް ދަށެވެ.
ހެއިޓީ އަކީ، ދުނިޔޭގެ އުތުރު ބިތުގައިވާ އެންމެ ފަޤީރު ޤައުމެވެ.
އަދި އެއީ މުޅި އެމެރިކާގެ ދެ ބައްރުގައި ވެސް ވާ އެންމެ ފަޤީރު ޤައުމެވެ.
ހެއިޓީގެ އާބާދީގެ ގާތްގަނޑަކަށް 70 އިންސައްތައިގެ ބޮލަކަށް ދުވާލަކު ޖެހެނީ، އެންމެ ދެ ޑޮލަރެވެ.
އާބާދީގެ ދެބައިކުޅަ އެެއްބައި މީހުންނަށް ވަނީ ވަޒީފާ ނުލިބިފަ އެވެ.
2004 ވަނަ އަހަރުން ފެށިގެން، އދ. ގެ ޞުލްޙަ ބަލަހައްޓާ ލަޝްކަރެއް ހެއިޓީގައި ވެ އެވެ.
ހިފެހެއްޓުމެއް ނެތި ގަސް ކެނޑުމުގެ ސަބަބުން، ހެއިޓީގެ ޖަންގަލިތަކުގައި މިހާރު ވަނީ، 2 އިންސައްތަ އެވެ.


ރަށްވެހިން

ހެއިޓީގެ ރައްޔިތުންގެ ބޮޑުބަޔަކީ، އެފްރިކާގެ ކަޅު ނަސްލުގެ މީހުންނެވެ.
އެބައިމީހުންނަކީ، މީލާދީ ސަނަތުން 17 ވަނަ ޤަރުނާއި 18 ވަނަ ޤަރުނުގައި، އެފްރިކާގެ ބައްރުން އަޅުންގެ ގޮތުގައި ގެންދެވުނު މީހުންގެ ދަރިފަސްކޮޅެވެ.


ކާރިސާ ކުރިމަތިވާ ޤައުމެއް

ދާދި ފަހުން ވެސް، ހެއިޓީއަކީ، އެކިއެކި ކާރިސާތަކާ ކުރިމަތިލާން ޖެހިފައިވާ ޤައުމެކެވެ. 2008 ވަނަ އަހަރު، ތިން ޠޫފާން އެ ޤައުމަށް އައިސްފައި ވެ އެވެ. އެ ޠޫފާންތަކުގައި 793 މީހުން މަރުވެ، 300 މީހުން ގެއްލިފައި ވެ އެވެ. މި ޢަދަދުތަކަކީ، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ޢަދަދުތަކެވެ. އަދި ކާބޯތަކެތި އަގުބޮޑުވުމުގެ ސަބަބުން، 2008 ވަނަ އަހަރު، އެ ޤައުމުގައި ވަރަށް ބޮޑު ސިޔާސީ ހަމަނުޖެހުން ތަކެއް ވެސް ވަނީ ހިގާފަ އެވެ.


ހެއިޓީއާއި ފާޙިޝް ޢަމަލު

ހެއިޓީއޭ ބުނުމުން އެއިޑްސް ބަލީގެ މަތިން ހަނދާންވާނެ އެވެ. އެ ބަލީގެ ފެށުމާ، ހެއިޓީއާ ވަނީ ގުޅިފަ އެވެ. 1981 ވަނަ އަހަރު، ފެންމަތިވި، އެއިޑްސް ބަލި ފެށިގެން އައީ، އެއްޖިންސުން ޖިންސީ ގުޅުން ހިންގާ އެމެރިކާގެ ބަޔަކަށް އެބަލި ޖެހިފައިވާ ކަން އެނގުނު ހިސާބުން ފެށިގެންނެވެ. އެ މީހުންނަށް އެބަލި ޖެހުނީ ހެއިޓީންނެވެ. ހެއިޓީއަށް އެބަލި ދިޔައީ، ޒަޔަރ މީހުންގެ ފުށުން ކަމަށް ބުނެވެ އެވެ.

ހެއިޓީއަކީ، އެދުވަސްވަރު، ހުރިހައި ވައްތަރެއްގެ ޖިންސީ ގުޅުން ހިންގުން ހުއްދަކުރެވިފައި އޮތް ޤައުމެކެވެ. އެހެންކަމުން، ވަރަށް ގިނަބަޔަކު ޗުއްޓީ ހޭދަކޮށްލަން އެޤައުމަށް ގޮސްއުޅުނު ކަމަށް ބުނެވެ އެވެ. އެއިޑްސް ޖެހުނު އެމެރިކާގެ މީހުންނަކީ ވެސް އެގޮތުން އެޤައުމަށް ދިޔަ ބަޔެކެވެ.


ބިންހެލުމުގެ ސަބަބުން ލިބުނު ބައެއް ގެއްލުންތައް ދައްކުވާދޭ ފޮޓޯތައް

ރިޔާސީ ގަނޑުވަރު


ފޮޓޯގެ ކަނާތްފަރާތުގައި، ބިމާ ހަމަވެފައިވާ ޢިމާރާތްތައް


ވެއްޓިފައިވާ ޢިމާރާތެއް


ގެއްލުން ލިބިފައިވާ ޢިމާރާތެއް


ޙާލުގައި ޖެހިފައިވާ އެތައް ހާސް ބަޔެއް
(ތިން މިލިޔަން މީހުން ޙާލުގައި ޖެހުނު ކަމަށް ބުނެވޭ)


މީހުން ސަލާމަތްކުރުމުގެ މަސައްކަތް


މަޞްދަރުތައް:
ބީބީސީ.
އިސްލާމްއޮންލައިން ޑޮޓް ނެޓް.
ވިކިޕީޑިއާ.
www.france24.com

www.echobeirut.com

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)Add Comment
...
ލިޔުނީ ‰މުޞްލިޙު މުޙައްމަދު އިސްމާޢީލް, 2010-01-14 02:05:20
އަޅުގަނޑު އިއްޔެ ފަންވަތް ސައިޓަށް ޒިޔާރަކުރިން، އެކަމަކު ފެނުނީ 2009 ޖެނުއަރީ 12 ވަނަ ދުވަހު އައި ބިންހެލުމެއްގެ ވާހަކަ.. އެހެންވެ އަޅައި ނުލައި ހުއްޓައި، ރޭގައި ޓީވިން އެޚަބަރު ގޮވީ އެނގުނީ ފަންވަތު ސައިޓުގައި އޮތީ ހަމަ މިޚަބަރު ކަން.. (އެހެންވީމަ ބިން ހެލުން އައި ތާރީޚް ރަނގަޅުކޮށްލުމަށް ލިޔުންތެރިޔާއަށް ދަންނަވަން).
...
ލިޔުނީ އިދާރާ, 2010-01-14 20:32:30
މުޞްލިޙު މުޙައްމަދު އިސްމާޢީލާއި އެ ނޫން ބައެއް ބޭފުޅުން ފާހަގަ ކޮށްލެއްވި އިމްލާ ކުށް މިހާރު އެ ވަނީ އިޞްލާޙު ކުރެވިފަ އެވެ. ފަންވަތުގެ ސަމާލުކަމަށް އެ ކަން ގެނެސްދެއްވި ކަމަށްޓަކައި ތިޔަ އެންމެ ބޭފުޅުންނަށް ޝުކުރު ދަންނަވަމެވެ. އަދި ލިޔުންތެރިޔާގެ އަގުހުރި މަސައްކަތްޕުޅުގެ އަގުވަޒަން ކޮށް ލިޔުންތެރިޔާ އަށް ވެސް ޝުކުރު ދަންނަވަމެވެ -އެޑިޓަރ-.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 


އިތުރު މަޒްމޫނު


މިވަގުތު ފަންވަތުގައި

މިވަގުތު 27 ކިޔުންތެރިން އޮންލައިން

ހޮޅުއަށީގައި

އެކަކުވެސް ނެތް

ހަމަ މި ގަލަމުން

ފަންވަތުގެ ޖަވާހިރު

ސުވަރުގޭގެ ތަޅުދަނޑިއަކީ ނަމާދެވެ.
ނަމާދުގެ ތަޅުދަނޑިއަކީ ވުޟޫއެވެ.
ވުޟޫއުގެ ތަޅުދަނޑިއަކީ ބިސްމިއެވެ.
ބިސްމީގެ ތަޅުދަނޑިއަކީ ޔަޤީންކަމެވެ.
ޔަޤީންކަމުގެ ތަޅުދަނޑިއަކީ ވަކީލުކުރުމެވެ.
ވަކީލުކުރުމުގެ ތަޅުދަނޑިއަކީ އުންމީދެވެ.
އުންމީދުގެ ތަޅުދަނޑިއަކީ ކިޔަމަންގަތުމެވެ.
ކިޔަމަންގަތުމުގެ ތަޅުދަނޑިއަކީ މާތް ﷲ ގެ އެއްކައުވަންތަކަމާއި އެކަލާނގެ ރުބޫބިއްޔަތު ޤަބޫލުކުރުމެވެ.

ދެކޭގޮތް

މިވެބްސައިޓް
 

މެހެމާނުނުންގެ އަދަދު

މިހާތަނަށް : 1300641
free counters
ބެލި ޢަދަދު: 628