ފަންވަތް ދުނިޔެ ޠާލިބާނު މީހުންނަކީ ޔަހޫދީންތޯ އެވެ؟
ބެލި ޢަދަދު: 433
ޠާލިބާނު މީހުންނަކީ ޔަހޫދީންތޯ އެވެ؟ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 6
ދެރަވަރަށްމޮޅު 
ދުނިޔެ - ދުނިޔެ
01 ފެބްރުވަރީ 2010، 02:02 ހޯމަ

ޢަބްދުލްމުޢީދު ޙަސަން


ޠާލިބާނު މީހުންގެ ތެރޭގައި ޔަހޫދީންގެ ދަރިކޮޅަކަށް ނިސްބަތްވާ މީހުން ވަރަށް ގިނަ ކަމަށް ޔަހޫދީން ދެކެ އެވެ. މިކަން ސާބިތުކުރުމަށްޓަކައި ދިރާސާތަކެއް ކުރެވެމުން ދަނީ އިންޑިއާގަ އެވެ. މި ދިރާސާއަށް ޚަރަދުކުރަނީ، ސީދާ އިސްރާއީލުންނެވެ. އިންޑިއާގައި މި ދިރާސާތައް ކުރަން ހަމަޖެއްސީ، ޕާކިސްތާނާއި އަފުޣާނިސްތާނުގައި މިފަދަ ދިރާސާއެއް ނުކުރެވޭނެތީ އެވެ. އިސްރާއީލުގެ ޚާރިޖީ ވުޒާރާއިން މިކަން ކުރަން ނިންމީ، އަފުޣާނިސްތާނުގެ ޕުޝްތޫ ޤަބީލާތަކުގެ މީހުންނަކީ، ގެއްލިފައިވާ ޔަހޫދީންގެ ދިހަ ޤަބީލާގެ ތެރެއިން ޤަބީލާއެއްކަން ކަށަވަރުކުރުމުގެ ބޭނުމުގަ އެވެ. ޠާލިބާނު މީހުންގެ މެޖޯރިޓީއަކީ، ޕުޝްތޫ މީހުންނެވެ.

ޠާލިބާނު މީހުންނަކީ ޔަހޫދީންތޯ ބެލުމަށްޓަކައި، ލޭ ތަޙުލީލުކޮށްގެން ކުރާ މި ދިރާސާއަށް ތިންމަސް ދުވަހާއި އެއްހަރު ދުވަހާ ދެމެދުގެ މުއްދަތެއް ހޭދަވާނެ ކަމަށް ލަފާކުރެވެ އެވެ. ކުރިން ކޮށްފައިވާ މިފަދަ ދިރާސާތަކުގައި، މީހުންގެ ބަސްމަގު ހުންނަ ގޮތާއި އާދަކާދަތައް ވެސް ބެލިފައި ވެ އެވެ. ނަމަވެސް، މިހާރު ކުރެވޭ ދިރާސާ އަމާޒުކުރެވިފައިވަނީ، ލެބޯޓްރީގެ ތަޙުލީލުތަކުން ނަތީޖާއެއް ނެރުމަށެވެ.

ޠާލިބާނުންގެ ޕުޝްތޫ މީހުންނާ ބެހޭ ގޮތުން ކުރިއްސުރެ އެނގިފައިވާ ޙަޤީޤަތްތަކެއް ވެ އެވެ. އަޅުކަންކުރުމާއި ހެދުންއެޅުމާއި ޢާއިލީ ގުޅުންތައް އޮންނަ ގޮތާއި ކައްކައި ކައިބޮއި އުޅޭ ގޮތަށް ދާންދެން، އެބައިމީހުން ޔަހޫދީންނާ އެއްގޮތްވެ އެވެ. ޕުޝްތޫ މީހުން ދިރިއުޅެނީ، އަފުޣާނިސްތާނުގެ ދެކުނާއި އިރު ދެކުނާއި، އަދި ޕާކިސްތާނުގެ އުތުރާއި ހުޅަނގު އުތުރުގެ ސަރަޙައްދުގަ އެވެ. އެބައިމީހުންނަކީ، އެއް ދަރިކޮޅެއްގެ އެއް ވަންހައަކަށް ނިސްބަތްވާ ބަޔެކެވެ. އެބައިމީހުންގެ ތާރީޚާއި އާދަކާދަތަކާއި އަދި އެބައިމީހުންގެ ކިބައިން ފެންނަ އާދަކާދަތަކުން، އެބައިމީހުންނަކީ ޔަހޫދީންގެ ދަރިކޮޅަކަށް ނިސްބަތްވާ ބަޔެއްކަން އެނގެ އެވެ.

ޔަހޫދީންގެ ގެއްލިފައިވާ ދަރިކޮޅުތައް ބިމުގެ ކަންކޮޅުތަކަށް ވިއްސި ވިހާލިވެފައިވަނީ، މީލާދުގެ ކުރީގެ އަށްވަނަ ޤަރުނުގަ އެވެ. ތާރީޚީ ރިވާޔަތް ބުނާގޮތުގައި، މޫސާގެފާނު، މިޞްރުން ނުކުމެވަޑައިގަތްއިރު، އެކަލޭގެފާނާއެކު، ބަނޫއިސްރާއީލު ބާގައިގެ 12 ދަރިކޮޅު މީހުން ވި އެވެ. އެ ދަރިކޮޅުތަކަކީ، ބިންޔާމީން، ރައޫބީން، ލާވާ، ޔަހޫޛާ، ޖާދު، އަޝީރު، ޒަބުލޫން، ސާޢިރު، ޔޫސުފު، ނަފުތާލީ، ދާން، އަދި ޝަމްޢޫނެވެ. އޭގެތެރެއިން ފަލަޞްޠީނުގެ ދެކުނުގައި ވަޒަންވެރިވީ، ޔަހޫޛާގެ ޤަބީލާއާއި، ބިންޔާމީނުގެ ޤަބީލާ އެވެ. އަނެއް ދިހަ ޤަބީލާ ވަޒަންވެރިވީ، ފަލަސްޠީނުގެ އުތުރުގަ އެވެ. ނަމަވެސް އެ ދިހަ ޤަބީލާގެ އަހުލުވެރިން، ބިމުގެ ކަންކޮޅުތަކަށް ވިއްސި ވިހާލިވެގެން ދިޔަ އެވެ. އެ ޤަބީލާތަކުގެ މީހުންނަށް ޔަހޫދީން ދީފައިވާ ނަމަކީ، "ގެއްލުނު ދިހަ ޤަބީލާ" އެވެ. ޔަހޫދީންގެ ގޮތުގައި ދެމިތިބީ ދެ ޤަބީލާއެއްގެ އަހުލުވެރިންނެވެ. އެއީ، ފަލަސްޠީނުގެ ދެކުނުގައި ވަޒަންވެރިވި، ޔަހޫޛާއާއި ބުންޔާމީނުގެ ޤަބީލާ އެވެ.

އަފުޣާނިސްތާނުގެ އާބާދީގެ ބޮޑު ބަޔެއް ތަމްސީލުކުރަނީ، ޕުޝްތޫ މީހުންނެވެ. އަދި އެބައިމީހުންނަކީ ޔަހޫދީ ޤަބީލާއެއްގެ ބަޔެއް ކަމަށް ބުނެވޭ ވާހަކައަކީ، އެބައިމީހުންގެ ތެރޭގައި ފެތުރިފައިވާ ވާހަކައެކެވެ. ޕުޝްތޫ މީހުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު އެ ވާހަކަ ޤަބޫލުކުރާ ކަމަށް ބުނެވެ އެވެ. އަފުޣާނިސްތާނުގެ އެންމެ ފަހުގެ ރަސްގެފާނު، ޡާހިރު ޝާހުގެ އަރިހުގައި އޭނާގެ ނަސަބަކީ ކޮބައިތޯ ދެންނެވުނު ހިނދު، އޭނާ ވިދާޅުވެފައިވަނީ، "އޭނާއަކީ، ޔަހޫދީންގެ ބިންޔާމީން ވަންހައިގެ ބޭފުޅެއް ކަމަށެވެ."


ޡާހިރު ޝާހު

ބައެއް މުޙައްޤިޤުންގެ ނަޒަރުގައި، ޔަހޫދީން "ގެއްލުނު ޤަބީލާތައް" ހޯދުމުގެ ނަމުގައި ކުރަމުން ގެންދާ މަސައްކަތްތަކަކީ، ވަރަށް ހެއްވާ ކަމެކެވެ. އެހެނީ، އެ ޤަބީލާތައް ގެއްލުނު ފަހުން މިހާރު އެތައް ހާސް އަހަރުތަކެއް ފާއިތުވެގެން ހިނގައްޖެ އެވެ. އެޤަބީލާތަކުގެ އަޞްލަކީ ކޮބައިކަން ދެނެގަތުމަކީ، މިހާރު ފަސޭހަކަ ކަމަކަށް ނުވާނެ އެވެ.

އަފުޣާނިސްތާނުގެ ޤަބީލާތައް ޔަހޫދީ ކުރަން އުޅޭކަމުގެ ތުހުމަތުވަނީ، އިސްރާއީލާމެދު ކުރެވިފަ އެވެ. އާބާދީގައި ފަނަރަ މިލިޔަން މީހުން ހިމެނޭ ޕަތާން ޤަބީލާއަކީ، ޔަހޫދީ ޤަބީލާއެއް ކަމަށް އިސްރާއީލުން ވަނީ ބުނެފަ އެވެ. އަދި އެ ޤަބީލާގެ އެތައް ބަޔަކަށް އެކަން ވިސްނުވައިދީގެން ޔަހޫދީން ވަނީ، އެ ޤަބީލާގެ އެތައް ބަޔަކު އިސްރާއީލަށް ގެންގޮސްފަ އެވެ.
<>


މަތީގައި އެވަނީ، ޢަލްޢަރަބިއްޔާ ޓީވީ ޗެނަލްގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ލިޔުމެއްގައި ހިމެނޭ މަޢުލޫމާތު ކޮޅެކެވެ. މި ބާވަތުގެ ލިޔުމެއް، މިއަށްވުރެ ތަފުޞީލުކޮށް، އިސްލާމްއޮންލައިން ޑޮޓް ނެޓް ގައި ވެސް ޝާއިޢުކުރެވިފައި ވެ އެވެ. ޢަލްޢަރަބިއްޔާގެ ވެބްސައިޓުގައި މި ލިޔުމަށް ޚިޔާލު ހުށަހަޅާފައިވާ މީހަކު ލިޔެފައިވެ އެވެ.

ވާހަކައެއްގައި ކިޔައި އުޅެތެވެ.

އަސްވާރަކު އަހެއްގައި ދަތުރުކޮށްފައި ދަނިކޮށް ޙާލުގައި ޖެހިފައިވާ ޔަހޫދީއަކަށް ފެނުނެވެ. އެހިނދު އެ އަހުގައި، އޭނާ ގެންގޮސް ދިނުމަށް އެ އަސްވާރު ގާތުން ޔަހޫދީ ކަލޭގެ އެދުނެވެ. ދެން އެ ޔަހޫދީކަލޭގެއާ މެދު، އަސްވާރުގެ ހިތުގައި ރަޙުމް އުފެދި، އޭނާގެ ފަހަތުގައި އަސްމަތީގައި ޔަހޫދީކަލޭގެ ބައިންދައިގެން ދަތުރު ކުރަން ފެށި އެވެ. ތަންކޮޅަކަށް ދިޔަތަނާ ޔަހޫދީކަލޭގެ ބުންޏެވެ. "ތިބާގެ އަސް ވަރަށް ރީއްޗެވެ."

ޚުޝާމަދުގެ މިބަހަށް، އަސްވާރު ޝުކުރުވެރިވި އެވެ.

ދެން އިރުކޮޅަކުން ޔަހޫދީކަލޭގެ ބުނެފިއެވެ. "މިއީ ވަރަށް ރީތި އަހެކެވެ."

މިފަހަރު އަސްވާރު އެއްވެސް އެއްޗެއް ނުބުނެ ހަމަހިމޭނުން އިނެވެ.

ދެން އަނެއްކާވެސް އިރުކޮޅެއް ފަހުން ޔަހޫދީ ކަލޭގެ ބުނެފި އެވެ. "އަހަރެމެން ދެމީހުންގެ އަސް ހާދަހާ ރީއްޗެވެ."
ޔަހޫދީ ކަލޭގެ މިހެން ބުނުމުން އޭނާ ކުރަން އެއުޅެނީ ކީއްކަން އަސްވާރަށް ވިސްނިއްޖެ އެވެ. އެހެނީ، މި ބީދައިން އޭނާގެ ބަސްމަގު ތަރައްޤީވަމުން ދާ ކަމަށްވަނީނަމަ، ދެން ތަންކޮޅަކަށް ގޮސްފައި ބުނާނީ، "ތިމަންނަގެ އަސް ހާދަހާ ރީއްޗެވެ." މިހެންނެވެ. މިހިސާބަށް ދާއިރު އަހުގެ މިލްކުވެރިކަމަށް ޔަހޫދީކަލޭގެ ދަޢުވާކުރާނެ އެވެ. މިހެންވެ، އަސްވާރު ބުންޏެވެ. "ފުދިއްޖެ އެވެ. އަވަހަށް އަސްމަތިން ފައިބާށެވެ."


މަޞްދަރު:
އަލްޢަރަބިއްޔާ ޑޮޓް ނެޓް.

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (3)Add Comment
...
ލިޔުނީ ޢަބްދުﷲ, 2010-02-01 03:29:04
ސަލާމްލެއްވި ޔޫސުފުގެ ފާނު މިޞްރުގައި ހުންނެވި ދުވަސްވަރު އެކަލޭގެފާނުގެ އެއްބަޑު ބާރަ ބޭފުޅުން މިޞްރަށް ގެންދަވައި މިޞްރުގައި އެމީހުން ވަޒަންވެރި ވިއެވެ. ނަމަވެސް އެމީހުންވީ އެހެންމީހުނާއި ގުޅުންކުޑަ ބަޔަކަށެވެ. އެބައިމީހުން ކައިވެނިވެ އުޅުނީ އެބާރަ ދަރިންގެ ދަރިކޮޅުގެ މީހުނާއެވެ. އެއްވެސް ހާލެއްގައި އެހެން ޤަބީލާތަކުގެ މީހުނާއި ކައިވެނިކުރުން މަނާކަމެއްކަމުގައި އަމިއްލައަށް ކަނޑައަޅިގެން ތިބީއެވެ. ޔަހޫދީން އުފެދިގެން އައީ މިދަރިކޮޅުތަކުންނެވެ. އާދެ ބަނީ އިސްރާއީލު ދަރިކޮޅުންނެވެ. އެމީހުންގެ ނަސްލު އެގޮތަށް ދަމަހައްޓަށް ބޭނުންވި ސަބަބަކީ ޔަހޫދީން ޤަބޫލުކުރާގޮތުގައި އެމީހުންނަކީ ﷲ އުފެއްދެވި ޚާއްޞަ ދަރިކޮޅެކެވެ. އެހެން އިންސާނުން އުފެއްދެވީ އެދަރިކޮޅުގެ ޚިދުމަތުގައެވެ. އެހެންކަމުން ޔަހޫދީ ނޫން އެހެންމީހަކަށް ކިތަންމެ ބޮޑު ލަނޑެއްދީ، މުދާކޮޅު ފޭރިގަތުމަކީ އެމީހުންގެ ޢަޤީދާގައި ހަމަ އެންމެ ހެޔޮގޮތެކެވެ. ސަބަބަކީ އެހެންމީހުންނަކީ ޔަހޫދީންގެ އަޅުންނެވެ. މާދައް ފަންތިއެއްގެ ބައެކެވެ. އެއީ އެމީހުންގެ ދީނީ ޢަޤީދާއެވެ. އެބައެއްގެ ދީނީ ޢަޤީދާ މިގޮތަށް ބައްޓަންވެފައިވާ ބަޔަކު ދިރިއުޅޭނެ ގޮތް ހިތައް ތަޞައްވަރުކޮށްލުން ހުއްޓެވެ. ދުނިޔޭގެ އެންމެ ބޮޑެތި މަހުޖަނުންނަކީ ޔަހޫދީންކަމަށްވުމަކީ ހައިރާންވާން ޖެހޭކަމެއްނޫނެވެ. ޔަހޫދީންނަކީ ފެށުނީއްސުރެ މަކަރާއި ޙީލަތުގައި މަޝްހޫރު ބައެކެވެ. މިގޮތަށް ޤަބީލާތަށް ޔަހޫދީ ކުރުމަކީ އެމީހުން އަލަށް ކުރާކަމެއް ނޫނެވެ. މިހެން މިކަން ކުރަން ޖެހޭ އެންމެ ބޮޑު ސަބަބަކީ ޔަހޫދީއަކަށް ވެވޭ ގޮތުގެ ސަބަބުންނެވެ. ޔަހޫދީއަކަށްވެވޭނީ ޔަހޫދީ ދަރިކޮޅުގެ އަންހެނަކަށް ލިބޭ ދަރިންނެވެ. މާނައަކީ ދަރިފަސްކޮޅު ބަލަނީ މައިފުށުންނެވެ. ބަފައިފުށަކުން ނޫނެވެ. ޔަހޫދީން ދުނިޔޭގެ އެކިކަންކޮޅުތަކަށް ފެތުރި އެހެން ޤައުމުތަކުގެ ސަޤާފަތްތަކާއި މަސްހުނިވާންފެށި ހިސާބުން އެމީހުން އެހެން ދީންތަކުގެ މީހުނާއި ކައިވެނިކުރަން ފެށިއެވެ. ނަމަވެސް ޔަހޫދީއެއްގެ ގޮތުގައި ގުނާނީ ހަމައެކަނި ޔަހޫދީ އަންހެނަކަށް ލިބޭ ދަރިން އެކަންޏެވެ. ހުޅަނގުގެ ޤައުމުތަކުގައި ޔަހޫދީން އާބާދުވެ އެމީހުންގެ އިޖްތިމާޢީ ފިކުރުތަކުގެ އަސަރު ޔަހޫދީންނަށްވެސް ފޯރިއެވެ. އެގޮތުން ގިނަ ދަރިން ނުހޯދުމުގެ ސަޤާފަތު ޢާއްމުވާންފެށިއެވެ. މިކަމުގެ ސަބަބުން ވަރަށް ދެރަ ނަތީޖާއެއް ނިކުންނަށް ފެށިއެވެ. އެއީ ޔަހޫދީ އާބާދީ ބޮޑުވާމިންވަރު މަދުވުމެވެ. އެހެނިހެން ދީންތަކުގެ އާބާދީ ބޮޑުވާ ބީދައިން ޔަހޫދީއާބާދީ ބޮޑުވަމުން ނުދިއުމަކީ އެމީހުނަށްހުރި ނުރައްކަލެއްކަން ޔަހޫދީންނަށް ވިސްނުނެވެ. ނަމަވެސް ދީނީ ޢަޤީދާގެ ސަބަބުން އާބާދީ އިތުރުކުރަން ކުރެވޭނެ މާބޮޑު މަސައްކަތެއްވެސް ނެތެވެ. އެހިސާބުން އެމީހުނަށް ވިސްނުނީ މާމޮޅު ގޮތެކެވެ. އެއީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތެދަނިކަމެތިވެފައި ތިބޭ ޤަބީލާތައް އެއީ ޔަހޫދީ ޤަބީލާތަކެއް ކަމުގައި ދަޢުވާކުރުމެވެ. ޚާއްޞަކޮށް އެބައެއްގެ ނަސްލާބެހޭގޮގުން މާބޮޑު ޙަޤީޤަތެއް އެނގެން ނެތް ޤަބީލާތަކަވެ. މިމަޅީގައި މަދުން ނަމަވެސް ބައެއް ޤަބީލާތައް ޖެހެއެވެ. ފަޤީރުކަމުން ސަލާމަތްވެވި އިސްރާއީލަށް ހިޖުރަކުރުމުގެ ހުވަފެނުގައި ޖެހި ބައެއް ޤަބީލާތައް އެމީހުންނަކީ ޔަހޫދީން ކަމަށް ވުމަށް ދެކޮޅެއްނުހަދައެވެ. މިގޮތުން ހިނގާފައިވާ އެންމެ ހެއްވާ އެއް ހާދިސާއަކީ އިތިއޯޕިއާ ގެ ހަނގުރާމަ ނިމުނުތަނާހެން އެޤައުމުގެ އެތައް ޤަބީލާއެއް ޔަހޫދީ ނަސްލުގެ ޤަބީލާތަކަކަށްވުމެވެ. އަދި އެތަށް ޤަބީލާއެއް އިސްރާއީލަށް ހިޖުރަކުރިއެވެ. މިކަމުގައި ހެއްވާކަމަކީ ޔަހޫދީންނަކީ ފެށުނީއްސުރެ ނަސްލީ އިމްތިޔާޒް ގެންގުޅޭ ބަޔަކަށްވެފައި ޚާއްޞަކޮށް ކަޅުނަސްލުގެ މީހުނާއި މެދު އެމީހުން ދެކޭ ލާއިންސާނީ ގޮތެވެ. އެފަދަ ބައެއްގެ ބޮޑު "ކަޅު" ޤަބީލާތަކެއް ހަމަ ކުއްލިއަކަށް ފާޅުވުމެވެ. މިގޮތްގޮތުންވެސް އެމީހުންގެ އާބާދީ އިންދިރާސް ވުމުން ސަލާމަތްކުރައް އެބަޖެހެއެވެ. މިއަދު މުޅިދުނިޔޭގެ ޔަހޫދީ އާބާދީއަކީ ގާތްގަނޑަކަށް ފަނަރަ މިލިއަނެވެ. މިއީ މުސްލިމުންނާއި އަޅާބަލާއިރު ވަރަށް މަދު ޢަދަދެކެވެ. މިޞްރުގައި އެކަނިވެސް އަށްޑިހަ މިލިއަނަށްވުރެ ބޮޑު އާބާދީއެއް އޮވެއެވެ. އެހެންކަމުން މިކަމަކީ އިސްރާއީލުގެ މުސްތަޤުބަލަށް އޮތް ވަރަށްބަނަ ވިލާ ގަނޑެކެވެ. ޕަޓާނީ ދަރިކޮޅަކީ ޔަހޫދީ ނަސްލުގެ ބައެއްކަމަށް ބުނެފިނަމަ އެކަން ޤަބޫލުކުރާނެ އެތަށް ބަޔަކު އެމީހުންގެ ތެރޭގައިވެސް އުޅޭނެއެވެ. އަދި އެކަންވާނީ ޔަހޫދީ ދައުލަތަށް ލިބޭ ވަރަށްބޮޑު ޣަނީމާއެއްކަމުގައެވެ. މިފަދަ ދިރާސާތައް ކުރުމަށް ހަވާލުކުރާނީވެސް ގިނަފަހަރަށް ކޮންމެވެސް ޔަހޫދީއަކާއެވެ. ނުވަތަ ފައިސާއަށް ވިކި ހުސްވެފައިވާ މީހަކާއެވެ. އެހެންކަމުން އެކަމުގެ ނަތީޖާވެސް މިހާރުވެސް ވަރަށް ސާފެވެ. އަޅުގަނޑުމެން މުސްލިމުންގެ ޢަޤީދާ ވަރަށްސާދާއެވެ. ޕަޓާނީ ދަރިކޮޅުގެ އަސްލުގުޅިފައިވަނީ ޔަހޫދީ ދަރިކޮޅަކާއި ކަމުގައި ވުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެކަމުން މުސްލިމުންގެ ހިތުގައި އަޅާވޭނެތް ނެތެވެ. ހުރިހައި އިންސާނުންނަކީވެސް އާދަމުގެފާނުގެބުރިކަށިފުޅަށް ނިސްބަތްވެ އެ އަސްލުން އައި ދަރިންނެވެ. އެމީހުންގެތެރޭގައި ވަކިންޚާއްޞަ ނަސްލެއްނެތެވެ. ﷲ ގެ ޙަޟްރަތުގައި ކަޅެއް ދޮނެއް ޔޫރަޕެއް އޭޝިޔާއެއް ތަފާތެއް ނެތެވެ. އެންމެ ކަމަކުން ފިޔަވައެވެ. އެންމެނަށްވެސް ވާދަކުރެވޭ ކަމެކެވެ. ﷲ އަށް ތަޤުވާވެރިވުމުގައެވެ. ޙައްޤު ގޮތް އިޚްތިޔާރުކޮށް މުސްލިމެއްކަމުގައިވާ ޙާލު މަރުވެއްޖެނަމަ އެކަމުގެ ފައިދާހުރީ ހަމަ އެމީހަކަށެވެ. އެއާއި ޚިލާފަށް ނަސްލީ ތަފާތުކުރުންތަކާއި، ޓެކުމާއި ފޭރުން އަދި ލާއިންސާނިއްޔަތަކީ އެއީ ދީންކަމުގައި ހަދައިގެން ހުރެ މަރުވެއްޖެނަމަ އެކަމުގެ ގެއްލުންވެސް ހުރީ ހަމަ އެމީހަކަށެވެ.
...
ލިޔުނީ ދަރިވަރެއް, 2010-02-01 08:33:39
ޢަލްޢަރަބިއްޔާގެ ވެބްސައިޓުގައި މި ލިޔުމަށް ޚިޔާލު ހުށަހަޅާފައިވާ ބޭފުޅާ ކިޔައިދީފައިވާ ވާހަކައަކީ ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ.އެ ވާހަކައިގައި ނަންގަނެވިފައިވާ އަސްވާރު ކަންތައް ކުރި ގޮތަށް އަފުޣާނިސްތާނުގެ "ޕުޝްތޫ" ދަރިކޮލުގެ މީހުން ކަންތައް ނުކޮއްފިނަމަ އިސްރާއިލީން އެބައިމީހުންގެ އަތް ދަށަށް އެދަރިކޮޅުގެ އެންމެން ލާނެއެވެ.އަދި އެދަރިކޮޅު ނޫން އެހެން ދަރިކޮޅުތަކާއި ވަންހަތައް ވެރިކުރަން ފަށާނެއެވެ.
...
ލިޔުނީ Œޢ އ, 2010-02-01 14:01:51
ވަރަށް ފައްކާ ލިޔުމެކެވެ. ވވވވވ ޝައުޣުވެރިއެވެ.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 


އިތުރު މަޒްމޫނު


މިވަގުތު ފަންވަތުގައި

މިވަގުތު 36 ކިޔުންތެރިން އޮންލައިން

ހޮޅުއަށީގައި

އެކަކުވެސް ނެތް

ހަމަ މި ގަލަމުން

ފަންވަތުގެ ޖަވާހިރު

ސުވަރުގޭގެ ތަޅުދަނޑިއަކީ ނަމާދެވެ.
ނަމާދުގެ ތަޅުދަނޑިއަކީ ވުޟޫއެވެ.
ވުޟޫއުގެ ތަޅުދަނޑިއަކީ ބިސްމިއެވެ.
ބިސްމީގެ ތަޅުދަނޑިއަކީ ޔަޤީންކަމެވެ.
ޔަޤީންކަމުގެ ތަޅުދަނޑިއަކީ ވަކީލުކުރުމެވެ.
ވަކީލުކުރުމުގެ ތަޅުދަނޑިއަކީ އުންމީދެވެ.
އުންމީދުގެ ތަޅުދަނޑިއަކީ ކިޔަމަންގަތުމެވެ.
ކިޔަމަންގަތުމުގެ ތަޅުދަނޑިއަކީ މާތް ﷲ ގެ އެއްކައުވަންތަކަމާއި އެކަލާނގެ ރުބޫބިއްޔަތު ޤަބޫލުކުރުމެވެ.

ދެކޭގޮތް

މިވެބްސައިޓް
 

މެހެމާނުނުންގެ އަދަދު

މިހާތަނަށް : 1300558
free counters
ބެލި ޢަދަދު: 433