މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ސުވަރުގެއަށް ދިއުމަށް ބައްޕައާއި ބޭބެ ދެއްކި މަގު |
|
|
| ދުނިޔެ - ދުނިޔެ | |||
| 05 ފެބްރުވަރީ 2010، 09:47 ހުކުރު | |||
|
ޢަބްދުލްމުޢީދު ޙަސަން އެއީ ޕާކިސްތާނު އަންހެންކުއްޖެކެވެ. ނަމަކީ މީނާ އެވެ. ޢުމުރަކީ 13 އަހަރެވެ. އެ އަންހެން ކުއްޖާ ލައްވާ ޖާނުން ފިދާވުމުގެ ހަމަލައެއްދީ އެތައް ބަޔަކު މަރާލުމަށް، އެ އަންހެން ކުއްޖާގެ ބައްޕައާއި ބޭބެ އެތައް ފަހަރަކު މަސައްކަތްކޮށްފައި ވެ އެވެ. އެކަމާ ބެހޭ ގޮތުން އެ އަންހެން ކުއްޖާ ދައްކާ ވާހަކަތަކަކީ، ތެދު ކަމަށް ޕާކިސްތާނުގެ ފުލުހުން ޤަބޫލުކުރެ އެވެ.ޕާކިސްތާނުގައި ހުންނަ ބިބީސީގެ މުރާސިލަކަށް އެކަމާބެހޭ މަޢުލޫމާތު ދެމުން، މީނާ ބުނެފައި ވެއެވެ. އަޅުގަނޑުގެ ބައްޕައާއި ބޭބެ އަޅުގަނޑުގެ ގާތުގައި އެތައް ފަހަރަކު ބުނެފައިވެ އެވެ. "ބައްޕައާއި ބޭބެ ބުނާ ގޮތަށް މީނާ ޖާނުން ފިދާވުމުގެ ހަމަލައެއްދީ ބޮމެއް ގޮއްވާލައިފިނަމަ، ބައްޕައާއި ބޭބެއަށްވުރެ މާކުރިން މީނާ ސުވަރުގެއަށް ދާނެ އެވެ." އެ ދެ މީހުންގެ މިބަހަށް ރައްދު ދެމުން އަޅުގަނޑު ބުނަމެވެ. "ބައްޕައާއި ބޭބެ ބުނާ ގޮތަށް މީނާ ޖާނުން ފިދާވުމުގެ ހަމަލައެއްދީ ބޮމެއް ގޮއްވާލައިފިނަމަ، ބައްޕައާއި ބޭބެއަށްވުރެ މާކުރިން މީނާ ނަރަކައަށް ދާނެއޭ" ނުބުނަނީ ކީއްވެހެއްޔެވެ؟ މީނާ ބުންޏެވެ. ކޮންމެ ދުވަހަކު އެމީހުން އަޅުގަނޑުގެ ގާތުގައި އެވާހަކަ ދައްކަ އެވެ. އެކަން ކުރުމަށް އެ ދެ މީހުން އަޅުގަނޑަށް ޕްރެޝަރު ކުރެ އެވެ. ނަމަވެސް އަޅުގަނޑު ބުނަމެވެ. "އަޅުގަނޑު ޖާނުން ފިދާވުމުގެ ހަމަލައެއްދިނުމުން، އެ ހަމަލައިން މަރުވާނެ މުސްލިމުންނާ މެދު ބައްޕައާއި ބޭބެ ބުނަނީ ކީކޭ ހެއްޔެވެ؟" އަޅުގަނޑު މިހެން ބުނުމުން، އެ ދެ މީހުން އަޅުގަނޑުގެ ގައިގައި ތަޅަ އެވެ. އަނިޔާކުރެ އެވެ. ބިރުދައްކަ އެވެ. ނަމަވެސް އަޅުގަނޑު އެ ދެ މީހުންގެ ބަހަކަށް ނުހެއްލެމެވެ. މެރުން ނޫން އެހެން ހުރިހައި އަނިޔާއެއް އެ ދެ މީހުން އަޅުގަނޑަށް ދީފައި ވެ އެވެ. ![]() މީނާ ބުންޏެވެ. އަޅުގަނޑުގެ އަންހެން ކޮއްކޮއަށް ކިޔަނީ ނާހީދެވެ. އެއްދުވަހަކު ނާހީދުގެ ގައިގައި ބައްޕައާއި ބޭބެ ބޮމެއް ހަރުކުރި އެވެ. އޭތި ބަރުކަމުން ނާހީދު އަށް އެއާއެކު ހިނގައި ނުގަނެވޭނެ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ބައްޕައާއި ބޭބެ އޭނާއަށް ދެކޮޅުހަދައި ޖާނުން ފިދާވުމަށް އެންގި އެވެ. ނާހީދު ބިރުން ވަރަށް ބާރަށް ރޮއިގަތެވެ. އަދި ސަލާމަތް ކޮށްދިނުމަށް އެދި މަންމައަށް ގޮވަން ފެށި އެވެ. މަންމައަށް އެ އަޑު އިވިގެން ދުވެފައި އައިސް ނާހިދު ސަލާމަތްކުރީ މަންމަ އެވެ. މަންމަ މިކަން ކުރީތީ، ބައްޕައާއި ބޭބެ މަންމަގެ ގައިގައި ތަޅައި އަނިޔާކުރި އެވެ. އަދި އެ ދެ މީހުން ބުންޏެވެ. "މިކުއްޖާ މިކަން ކުރިޔަ ނުދޭން ތިއުޅެނީ ކީއްވެ ހެއްޔެވެ؟" މީނާ ބުނާ ގޮތުގައި، ބޭނަޒީރު ބުއްޓޫ އަވަހާރަކޮށްލެވުނު ހަމަލައިގެ ހުރިހައި ކަމެއް ރާވައި ޕްލޭންކުރެވުނީ މީނާމެންގެ ގޭގަ އެވެ. އެކަމުގައި މީނާގެ ބޭބެ ވަނީ ބައިވެރިވެފަ އެވެ. ބޭނަޒީރު ބުއްޓޫ އަވަހާރަވުމުން މީނާގެ ބޭބެ އާއި އޭނާގެ އެކުވެރިން އުފާފާޅުކޮށް ވަރަށް ދަންވަންދެން ބަޑިޖަހަން ތިބި ކަމަށް މީނާ ބުނެފައިވެ އެވެ. މީނާގެ އަމިއްލަ ނަފުސާ ބެހޭގޮތުން ވާހަކަ ދައްކަމުން ބުންޏެވެ. ކިޔަވަން އަޅުގަނޑު ބޭނުމެވެ. ކިޔަވައިގެން ވާން ބޭނުންވަނީ ޑަކުޓަރަކަށެވެ. ޙާލުގައި ޖެހިފައިވާ މީހުން ވަރަށް ގިނައެވެ. އެމީހުންނާ އަޅާލުމަށް އަޅުގަނޑު ބޭނުމެވެ. މެޑިކަލް ޑަކުޓަރަކަށް ވުމަކީ އަޅުގަނޑު ކުރާ އުންމީދެކެވެ. ބޭސް ފަރުވާ ކުރުމަށްޓަކައި ކުރަން ޖެހޭ ޚަރަދުތައް ނުކުރެވޭ އެތައް ފަޤީރުންނެއް އެބަތިއްބެވެ. އެމީހުންނަށް ހިލޭ ބޭސްކޮށްދިނުމަކީ އަޅުގަނޑު ނުހަނު ކުރާހިތްވާ ކަމެކެވެ. ނަމަވެސް އަޅުގަނޑުގެ ބޭބެ ބުނީ "ކިޔަވަން އުޅޭ ކޮންމެ ކުއްޖަކީ އެމެރިކާގެ ރަޙުމަތްތެރިއެކެވެ." ![]() މީނާ ސަލާމަތްވި ގޮތް ކިޔާދެމުން ބުންޏެވެ. އަޅުގަނޑުމެންގެ ގެ ހުންނަނީ ފަރުބަދައެއްގެ މަތީގަ އެވެ. އަޅުގަނޑުމެންގެ ބަކަރިއެއް ފިލައިގެން ދިއުމުން، އެ ބަކަރި ހޯދުމަށްޓަކައި އަޅުގަނޑު ފަރުބަދަ މަތިން ފޭބީމެވެ. ދެން އަޅުގަނޑު އެ ބަކަރީގެ ފަހަތުން ދުވަނިކޮށް، ހެލިކޮޕްޓަރެއްގެ އަޑު އިވުނެވެ. އެ ހެލިކޮޕްޓަރުން ވަރަށް ބާރު އަޑުތަކެއް އިވުނެވެ. ދެން އަޅުގަނޑު ފަހަތަށް އެނބުރި ގެއާދިމާއަށް ބަލައިލީމެވެ. އެހިނދު ފެނުނީ މުޅި ގެ ފުނޑުފުނޑުވެފައިވާ މަންޒަރެވެ. ގެ ހުރި ތަނުން ހޯސްލާފައި ދުންތަކެއް އަރަމުން ދިޔަ އެވެ. ގެޔަށް ލިބުނު ގެއްލުމުގައި ޢާއިލާގެ އެއްވެސް މީހަކު ސަލާމަތްވި ކަމެއް އަޅުގަނޑަކަށް ނޭނގެ އެވެ. މަޞްދަރު: ބީބީސީ.
|
| އިތުރު މަޒްމޫނު |
|---|
|
އެކަކުވެސް ނެތް
ސުވަރުގޭގެ ތަޅުދަނޑިއަކީ ނަމާދެވެ. ނަމާދުގެ ތަޅުދަނޑިއަކީ ވުޟޫއެވެ. ވުޟޫއުގެ ތަޅުދަނޑިއަކީ ބިސްމިއެވެ. ބިސްމީގެ ތަޅުދަނޑިއަކީ ޔަޤީންކަމެވެ. ޔަޤީންކަމުގެ ތަޅުދަނޑިއަކީ ވަކީލުކުރުމެވެ. ވަކީލުކުރުމުގެ ތަޅުދަނޑިއަކީ އުންމީދެވެ. އުންމީދުގެ ތަޅުދަނޑިއަކީ ކިޔަމަންގަތުމެވެ. ކިޔަމަންގަތުމުގެ ތަޅުދަނޑިއަކީ މާތް ﷲ ގެ އެއްކައުވަންތަކަމާއި އެކަލާނގެ ރުބޫބިއްޔަތު ޤަބޫލުކުރުމެވެ. |