| ހުޅުމާލެއިން 3 ކޮޓަރީގެ އެޕާރޓްމަންޓެއް...... 9915519 |
މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ޅަ އަންހެންކުދިންނާއި މުސްކުޅިންގެ ކާވެނި |
|
|
| ދުނިޔެ - ދުނިޔެ | |||
| 06 ފެބްރުވަރީ 2010، 08:32 ހޮނިހިރު | |||
|
ޢަބްދުލްމުޢީދު ޙަސަން 1 ފެބްރުއަރީ 2010 ވީ ހޯމަދުވަހު، ސުޢޫދީ ޢަރަބިއްޔާގެ ކޯޓަކަށް އެ ކުއްޖާ ހާޒިރުކުރެވުނީ ކާވެނި ފަސްޚު ކުރުމަށްޓަކަ އެވެ. ކޯޓުގައި އަންހެން ކުއްޖާ ބުނި ބަހަކީ، އެދުވަހު ޝަރީޢަތުގެ މަޖިލިސް ސިއްސުވާލި ހަމައެކަނި ސަޕްރައިޒް ކަމަކަށް ނުވި އެވެ. ފަސްޚުކުރުމުގެ މައްސަލަ ހުށަހެޅި ފަރާތް ކަމުގައިވާ އަންހެން ކުއްޖާގެ މަންމަގެ ފަރާތުން މާގިނަ ސަޕްރައިޒްތައް ފެނިގެން ދިޔަ އެވެ. މި މައްސަލައިގެ ދަޢުވާ ދޫކޮށްލާނެ ކަމަށް އަންހެން ކުއްޖާގެ މަންމަ ބުނީ ޝަރުޠުތަކަކާ އެކުގަ އެވެ. އެއިން ކޮންމެ ޝަރުޠަކީ ސަޕްރައިޒެއް ކަމުގައިވި އެވެ. އޭގެ ތެރޭގައި އަންނަނިވި ޝަރުޠުތައް ހިމެނެ އެވެ. 1. މި ކާވެނި ފުރިހަމަ ކާވެންޏެއް ކަމުގައި ވާނީ، އަންހެން ކުއްޖާ ފުރިހަމަ ކުރަން ބޭނުންވާ ތަޢުލީމީ މަރްޙަލާތައް ފުރިހަމަކޮށް ނިމުނު ދުވަހަކުންނެވެ. 2. މިކާވެނި ފުރިހަމަ ކާވެންޏެއް ކަމުގައިވާނީ، އަންހެން ކުއްޖާގެ ފިރިހެން ކޮއްކޮ، އަންހެން ކުއްޖާގެ މަންމަގެ ބެލުމުގެ ދަށަށް އައުމުންނެވެ. (އަންހެން ކުއްޖާގެ މަންމައާއި ބައްޕަ ވަނީ ވަރިވެފަ އެވެ.) 3. މި ކާވެނި ފުރިހަމަ ކާވެންޏެއް ކަމުގައިވާނީ، އަންހެން ކުއްޖާގެ މަންމަގެ މައްޗަށް، އަންހެން ކުއްޖާގެ ބައްޕަ ހުށަހަޅާފައިވާ މައްސަލަތައް ދޫކޮށްލުމުންނެވެ. ބައްޕަ ނުވަތަ ކާފަ ގެ ޢުމުރުގެ މީހުންނާ އަންހެން ކުދިން ކާވެނިކުރުމަކީ، ސުޢޫދީ ޢަރަބިއްޔާގައި ކުރާ ކަމެކެވެ. ބައެއް ފަހަރު މުނިކާފަގެ ޢުމުރުގެ މީހުންނާ ދެވާ ކަމަށް ވެސް ބުނެވެ އެވެ. އަދި އަނބިމީހާއަށް އެނގުމަކާ ނުލައި އިތުރު މީހުންނާ އިނުމަކީ ސުޢޫދީ ޢަރަބިއްޔާގެ ފިރިހެނުން ކޮށްއުޅޭ ކަމެކެވެ. ނަންގަނެވިދިޔަ އަންހެން ކުއްޖާގެ ބައްޕަ، އެ ކުއްޖާގެ މަންމަ ވަރިކުރުމުގެ ކުރިން އޭނާގެ ގާތުގައި ނުބުނެ، އިތުރު ތިން މީހުންނާ ކާވެނިކޮށްފައި ވެ އެވެ. ޢުމުރުން ހަނގު އަންހެން ކުދިންނާ، މުސްކުޅި ފިރިހެނުން ކާވެނިކުރުމަކީ، ސުޢޫދީ ޢަރަބިއްޔާގެ ބައެއް ފަރާތްތަކުން ކަންބޮޑުވާ މައްސަލައެކެވެ. މީގެ ކުރިން ވަނީ، 8 އަހަރުގެ ޅަ އަންހެން ކުއްޖަކާއި 58 އަހަރުގެ ފިރިހެނެއްގެ ކާވެނި، ސުޢޫދީ ޢަރަބިއްޔާގެ ކޯޓަކުން ބާޠިލުކޮށްފަ އެވެ. ސުޢޫދީ ޢަރަބިއްޔާގައި ޅަ އަންހެން ކުދިން، މުސްކުޅިންނާ ކާވެނި ކުރަނީ މުދަލުގެ ދަހިވެތި ކަމުގަ އެވެ. އެ ކާވެނިތައް ކުރަނީ ޅަ އަންހެން ކުދިންގެ ޢާއިލާތަކުގެ މީހުން، މުސްކުޅި ފިރިހެނުންގެ އަތުން ފައިސާއާއި މުދާ އަތުލުމަށްޓަކަ އެވެ. އެއީ އިންސާނީ ނަސްލު ދެމިއޮތުމުގެ މާތް މަތިވެރި މަޤުޞަދުގައި ކުރާ މުޤައްދަސް ކާވެނިތަކެއް ނޫނެވެ. އަންހެން ކުދިން މީހުނާ އިނުން ހުއްދަވާ ޢުމުރެއް ކަނޑައެޅުމުގެ ޤާނޫނެއް ހެދުމާ ބެހޭގޮތުން، ސުޢޫދީ ޢަރަބިއްޔާގެ ނޫހަކުން ޢާއްމުންގެ ރައުޔު ހޯދާފައި ވެ އެވެ. ޢާއްމުންގެ ތެރެއިން 66.16 އިންސައްތަ ބުނެފައިވަނީ، އެފަދަ ޤާނޫނެއް ހެދިފައި އޮންނަން ޖެހޭނެ ކަމަށެވެ. 27.27 އިންސައްތަ ބުނެފައިވަނީ، އެފަދަ ޤާނޫނެއް ހެދުމުގެ ބޭނުމެއް ނެތް ކަމަށެވެ. 6.57 އިންސައްތަ ބުނެފައިވަނީ ޅަ އަންހެން ކުދިންނާއި މުސްކުޅިންގެ ކާވެނީގެ މައްސަލައާ މެދު އެބައިމީހުން އަޅާނުލާ ކަމަށެވެ. އަންހެން ކުދިން މީހުނާ އިނުމަށް ހުއްދަވާނެ ޢުމުރަކީ، 18 އަހަރު ކަމަށް ސުޢޫދީ ޢަރަބިއްޔާގެ ބައެއް ޢިލްމުވެރިން ވިދާޅުވެފައި ވެ އެވެ. އަދި ޤާނޫނީ ގޮތުން އެކަން އެގޮތަށް ކަނޑައެޅުމަކީ ދީނީ ގޮތުން ހުއްދަ ކަމެއް ކަމަށް ވެސް އެބޭކަލުން ވިދާޅުވެފައި ވެ އެވެ. އެހެނީ އެއީ ހަތަރު މަޛުހަބުގެ ތެރެއިން ޙަނަފީ މަޛުހަބާ އިއްތިފާޤުވާ ކަމެކެވެ. އަންހެން ކުއްޖަކު ބާލިޣުވުމުން ކާވެނި ކުރުމަކީ، ދީނީ ގޮތުން ހުއްދަ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. ނަމަވެސް އެފަރާތްތަކަށް ރައްދު ދެއްވަމުން، ރިޔާޟު ޔުނިވަރސިޓީގެ ކުއްލިއްޔަތުއް ޝަރީޢާގެ ކުރީގެ ޢަމީދު، ޑރ. ސުޢޫދު ބިން ޢަބްދުﷲ ވިދާޅުވެފައިވެ އެވެ. "ހަމައެކަނި ބާލިޣުވުމަކީ، އަންހެން ކުއްޖަކު ކާވެނިކުރުމަށް އަހުލުވެރިކުރުވާ ކަމެއް ނޫނެވެ." އޭނާ ވިދާޅުވާ ގޮތުގައި ކާވެނި ކުރުމަށް އަހުލުވެރިވާނީ، ރަނގަޅަށް ތަންދޮރު އޮޅުންފިލާ ޢުމުރަށް ވާޞިލުވުމުންނެވެ. ތަންދޮރު އޮޅުންފިލުމަކީ، ގެއްލުންހުރި ކަންތައްތަކާއި ފައިދާހުރި ކަންތައްތައް ވަކިކޮށް ދެނެގަންނަން އެނގުމެވެ. މިޒަމާނުގައި އަންހެން ކުއްޖަކަށް ތަންދޮރު އޮޅުންފިލާނީ، އެންމެ އަވަހަށް ވެސް، ޢުމުރުން 15 އަހަރު ފުރޭ ފަހުންނެވެ. ކާވެނި ކުރުމުގެ ކުރިން ދެނެގަންނަން ޖެހޭ އެތައް ކަންތައްތަކެއް މިޒަމާނުގައި އެބަހުއްޓެވެ. ޑރ. ސުޢޫދު ބިން ޢަބްދުﷲ ދެކެވަޑައިގަންނަވާ ގޮތުގައި، ޅަ އަންހެން ކުދިންނާއި މުސްކުޅި ފިރިހެނުން ކާވެނިކުރުމަކީ، މާތްވެގެންވާ އިސްލާމްދީނުގައި އޮތް ކަމެއް ނޫނެވެ. އަދި ބުއްދީގެ ހަމަތަކުން ބެލިޔަސް އެކަން ކުރުން ހުއްދަކުރެވޭނެ ޖާގައެއް ނެތެވެ. ޔަމަނުކަރައިގެ ސުންނީ ޢިލްމުވެރިންނާއި ޝީޢީ ޢިލްމުވެރިން ވިދާޅުވެފައިވަނީ، ޅަ އަންހެން ކުދިންނާއި މުސްކުޅި ފިރިހެނުން ކާވެނި ކުރުމަކީ، ދިރިތިއްބާ ޅަ އަންހެން ކުދިން ވަޅުލުން ފަދަ ކަމެއް ކަމަށެވެ. މަޞްދަރު: އިސްލާމްއޮންލައިން ޑޮޓް ނެޓް. ނޯޓް: ކިޔުންތެރިއަކަށް މާނަ އެނގިވަޑައިނުގަންނަވާ ލަފުޒެއް މި ލިޔުމުގައި ވާނަމަ، ފާހަގަކޮށްދެއްވުން އެދެމެވެ. ފަންވަތުގައި ލަފުޒުތަކުގެ މާނަ ގެނެސްދިނުމަށް ހަމަޖެހިފައިވަނީ، ފަންވަތުގެ " ފަންމާފާނު" ގަ އެވެ. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)
![]()
...
ލިޔުނީ މާލިޝް, 2010-02-06 05:29:14
މުއީދު ލިޔުއްވާ ލިޔުއްވުން ތަކުގަ ހުންނަ އަރަބި ބަސް ތަކުގެ މާނަ ލިޔުއްވުން އެދެމެވެ.
... ލިޔުނީ ޢަބްދުﷲ, 2010-02-06 06:32:13
މިފަދަ ޢަމަލުތަކަކީ ދީނުގެ ނަމުގައި ދީނަށް ހުތުއރުވުމެކެވެ. މިފަދަ ޢަމަލުތަކަކީ އެއްވެސް ޙާލެއްގައި ދީނީކަމެއް ނޫނެވެ. މިއީ އެބައިމީހުންގެ ތެރޭގައިވާ ޢާދައެކެވެ. މިއީ އެއްވެސް ޙާލެއްގައި ރަނގަޅު އާދައެކޭ ނުބުނެވޭނެއެވެ. ޝަރްޢީ ޙުކުމްތައް އެޙުކުމުގެ ސަބަބުގެ ވަށައިގެން ކަމަށް އުޞޫލުލް ފިޤްހުގައި ކިޔަވައިދެއެވެ. ދީނުގެ ޙުކުމްތައް ދެނެގަތުމަށް ނުދަންނަމީހުން ކަންތައް ކުރަންޖެހޭގޮތަކީ ދަންނަމީހުންކުރެން އެހުމެވެ. މިލިޔުމުންވެސް ފާހަގަކުރެވޭހެން ދީނީ ޢިލްމުވެރިންގެ ރައުޔު މިކަމުގައި ވަރަށް ސާފެވެ. ނަމަވެސް ހިތާމައަކީ އަޅުގަނޑުމެންގެތެރޭގައި ބައެއް ބޭފުޅުން ދެކިވަޑައިގަންނަވާގޮތުގައި ވަކިޤައުމެއްގައި ކަންކުރެވޭގޮތް އެއީ ދީނެވެ. ނަމަވެސް ސަޢޫދީގައި ކުރިއަސް ގޯސްކަމެއްވިއްޔާ ވާނީ ގޯހަކަށެވެ. އެކަމެއް އެހެން ޤައުމުތަކަށް ޕްރޮމޯޓް ކުރުމުގެ ބަދަލުގައި އެތަނަކުންވެސް ޖެހޭނީ އެކަމެއް ފޮހެލާށެވެ. އިސްލާމްދީނަކީ އެދީނަކަށް އަޅުގަނޑުމެން ފަޚްރުވެރިވާ ދީނެވެ. ދެދުނިޔޭގެ ބާއްޖަވެރިކަމަށް މަގުދައްކާ ދީނެކެވެ. މިދީނުގެ ނަމުގައި ދީނަށް ހުތުރުއަރުވަން މަސައްކަތް ކުރެވިގެންނުވާނެއެވެ.
ޚިޔާލު ހުށަހަޅާ
|
| އިތުރު މަޒްމޫނު |
|---|
|
އެކަކުވެސް ނެތް
''އަޅުގަނޑަށް ވިންސޭ ގޮތުގައި ހަމައެއް ނަހަމައެއް ބެލުމަކާނުލައި ބަސް އުފެދިފައިވާ އަޞްލަށް ޙުރުމަތްތެރިކަމެއް ނުބަހައްޓައި އެބަހަކާ ނުގުޅޭ ފަދަ ބޭރުބަސްތަކުގެ ލަފްޒުތައް ބަހަކަށް ވައްދަން މަސައްކަތް ކުޅައުމަކީ އެބަހަކަށް ޚިދުމަތް ކުޅައުމުގެ ބަދަލުގައި ބަހަށް ކުރެވޭ ވަރަށްވެސް ބޮޑު ޚިޔާނާތްތެރި ކަމެކެވެ.'' - މުޙަންމަދު އަމީން- |